އައިފޯނަށް ޚާއްޞަ 'ސްވިޗް ޓު އެންޑްރޮއިޑް' އެޕް ނެރެފި

އަޙްމަދު ދާއޫދު 17 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައިފޯނަށްޚާއްޞަކޮށްގެން 'ސްވިޗް ޓު އެންޑްރޮއިޑް' ނަމުގައި ގޫގުލް އިން އެޕެއް ނެރެފިއެވެ.

އައިފޯނުގެ ޔޫޒަރުންނަށް ފަސޭހަކަމާއެކު އެންޑޮރޮއިޑަށް ސްވިޗް ކޮށްލެވޭގޮތަށް 'ސްވިޗް ޓު އެންޑްރޮއިޑް' މިއެޕް މިއަހަރު އެޕްސްޓޯރުގައި ގޫގުލްއިން ނެރެފައިވާއިރު 2015 ވަނަ އަހަރު އެޕަލް އިންވެސް ވަނީ "މޫވް ޓު އައިއޯއެސް" ނަމުގައި ގޫގުލް ޕްލޭ ސްޓޯރުގައި އެކުންފުނީގެ ފުރަތަމަ އެޕް ނެރެފައެވެ.

އެޕަލް އިން "މޫވް ޓު އައިއޯއެސް" ނެރުނީ ގޫގުލްގެ ޕްލެޓްފޯމުން އެޕަލް އަށް މީހުން ބަދަލުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

އެއް ޕްލްޓްފޯމުން އަނެއް ޕްލެޓްފޯމަށް ފަސޭހައިން ބަދަލު ކޮށްލެވޭގޮތް ވުމަކީ ޔޫޒަރުންނަށް ލިބޭފަސޭހަކައަށްވާއިރު، ގޫގުލް އިން އެންމެ ފަހުން މިވަނީ އަމިއްލަ ސްވިޗިން އެޕެއް ހަދާފަ އެވެ.

ކުރިންވެސް ބައެއް ފަރާތްތަކުން ލަފާކުރިގޮތަށް "ސްވިޗް ޓު އެންޑްރޮއިޑް" މި އެޕް ގެ ސަބަބުން އައިފޯން ގެ އޯނަރުންނަށް އެންޑްރޮއިޑް ފޯނެއްގައި ބޭނުންކުރުމަށް އެމީހުންގެ ޑޭޓާ އެކްސްޕޯޓް ކުރުމަށް އެހީތެރިވެދެއެވެ. އެމެރިކާ ވެސް ހިމެނޭ ގޮތަށް ގިނަ މާކެޓުތަކެއްގައި މިއަދު މި އެޕް ރޯލްކުރި ނަމަވެސް އެ އެޕް ހޯދުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ.

މިހާރުގެ މޯބައިލް ޑައިކޮޓޮމީއަށް މިވީ ވިއްސަކަށް އަހަރުގެ ތެރޭގައި ޕާމް އާއި ވިންޑޯޒް ފޯނުން މަސައްކަތްކޮށްގެން، ތިން ވަނަ ޕްލެޓްފޯމެއް އުފައްދަން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެންޑްރޮއިޑް އަދި އައިއޯއެސް އާ އެކު އަހަރެމެން އެންމެން ވެސް މިތިބީ ކުރިއަށްދިއުމުގައި ފައިހަމަކޮށްފަ އެވެ.

އެއް ޕްލެޓްފޯމެއް ބޭނުން ކޮށް އެޕްލެޓް ފޯމަކަށް ދެވިހިފާފައި ވިޔަސް މި ދެ އެޕް ބޭނުންކޮށްގެން ހުރިހާ ޑޭޓާ ތަކަކާއެކު އަނެއް ޕްލެޓް ފޯމަށް ބަދަލުވުމަކީ ފަސޭހަ ކަމެކެވެ. އެގޮތުން އެޕަލްގެ "މޫވް ޓު އައިއޯއެސް" އަދި އެންޑްރޮއިޑްއަށް އަލަށް ތައާރަފުކުރި ސްވިޗް ފަދަ އެޕްތަކުގެ ސަބަބުން ޕްރޮސެސް އޮޓޮމޭޓްކޮށްގެން، އެމީހަކަށް ފަސޭހަ ޕްލެޓް ފޯމެއް ކޮންމެ ވަގުތަކުވެސް އިޚްތިޔާރު ކޮށްލެވިދާނެއެވެ.

އައިފޯނެއްގައި ހުރި ޑޭޓާ އެންޑްރޮއިޑް އަށް ސްވިޗް ކުރަންބޭނުންނަމަ "ސްވިޗް ޓު އެންޑްރޮއިޑް" އެޕް އިންސްޓޯލް ކުރުމަށްފަހު، ތިބާގެ ކޮންޓެކްޓްސް، ކަލަންޑަރު އިވެންޓްސް، ފޮޓޯ، ވީޑިއޯ ފަދަ ބޭސިކްސް ތައް ނެގުމުގެ އިހްތިޔާރު އޮންނާނެއެވެ.

މީގެ ތެރެއިން ގިނަ ޑޭޓާތަކަކީ އެއްވެސް މައްސަލައެއް ނެތި ގޫގުލްގެ އީކޯސިސްޓަމަށް ޕްލަގް ކޮށްލެވޭނެ ޑޭޓާތަކެވެ. އެހެންނަމަވެސް ކޮންޓެކްޓް ޑޭޓާގައި ބައެއް ކަހަލަ އާދަޔާ ޚިލާފު އޮޅުންތަކެއް ފާހަގަވެދާނެއެވެ. އެކަމަކު މި އެޕް މެދުވެރިކޮށް ގޫގުލް ފޮޓޯސް އާއި ތިބާގެ ހުރިހާ އައިކްލައުޑް މީޑިއާއެއް ސަލާމަތްތެރިކަމާއެކު ސިންކް ކޮށްލެވޭނެއެވެ.

މި ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ވަޔަލެސްކޮށެވެ. އެހެންކަމުން އެންމެ ފަހުގެ އައިފޯނުތަކާއި، އެންޑްރޮއިޑް ފޯނުގެ ޔޫއެސްބީ-ސީ ޕޯޓްގައިވެސް އަދި ކުރީގެ ލައިޓިން ޕޯޓާ ގުޅުވާލަދޭނެ ކޭބަލެއް ކޮންމެހެން ހޯދަން އުޅޭކަން ނުޖެހޭނެ އެވެ.

މިފަދަ ފަސޭހަތަކެއް ހުރިނަމަވެސް އެޕަލްގެ ޕްލެޓްފޯމް ދޫކޮށް އެންޑްރޮއިޑަށް ބަދަލުވާއިރު އިތުރަށް ވިސްނާލަން ޖެހޭ ކަމެއް އެބަ އޮތެވެ.

އެއީ އައިމެސެޖް، އެޕަލްގެ އެންހޭންސްޑް މެސެޖިން ފީޗާ މަސައްކަތް ކުރަނީ އައިފޯން ބޭނުންކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އެސްއެމްއެސް ތައް އިންޓަސެޕްޓްކޮށް، އެ ކުންފުނީގެ ސާވާތައް މެދުވެރިކޮށް ރިލޭޓް ކޮށްގެންނެވެ. އެހެންކަމުން އައިމެސެޖް ރަނގަޅަށް ޑިސެބަލް ނުކުރާނަމަ، އައިފޯން ބޭނުންކުރާ ފަރާތްތަކުގެ މެސެޖުތައް އެންޑްރޮއިޑް ފޯނުން ނުފެންނާނެއެވެ.

އެންޑްރޮއިޑް އަށް ސްވިޗް ކުރާނަމަ އައި މެސެޖް ޑިސޭބަލް ކޮށްލަން ޖެހޭނެއެވެ. އައިމެސެޖް ޑިސެބަލް ކުރުމަށް މެނޫއިން ސެޓިން އަށްގޮސް ބަދަލުކޮށްލެވޭނެއެވެ.

ގޫގުލް އިން މި އެޕްގެ ވާހަކަ ރަސްމީކޮށް ބުނެފައި ނުވާއިރު، އެޕް ސްޓޯރު ސާޗްގައި ވެސް މި އެޕް މިހާތަނަށް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެ ސްޓޯރުގައި ހުންނަ ގޫގުލްގެ ޑިވެލޮޕަރއެކައުންޓްގެ ދަށުން ވެސް ނުދައްކައެވެ.

ނަމަވެސް މެނުއަލްކޮށް ގޫގުލް ސަރޗް ކޮށްގެން މިއެޕް ހޯދޭނެއެވެ. އަދި އިންސްޓޯލްވޗެސް ކުރެވޭނެއެވެ. މިފަދަ ޚަބަރުތައް ގެނެސްދެ ފަރާތްތަކުން ލަފާކުރާގޮތުގައި ގޫގުލް އިން މި އެޕް އިތުރަށް މަޝްހޫރުކުރާނީ ބައެއް އަޕްޑޭޓްތަކަށް ފަހު އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.