އައިފޯން 15 ގައި މުޅިން އައު ޓެލެފޮޓޯ ކެމެރާއެއް

އައިމިނަތު މިންހާ 17 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޑަސްޓްރީގެ މަސްދަރުތަކުން ބުނާ ގޮތުގައި ދެކުނު ކޮރިއާގެ ބޮޑު އޯއައިއެސް އަދި އޮޓޯފޯކަސް އެކްޗުއޭޓާސް ސަޕްލަޔަރަކު ވަނީ އެޕަލްއާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ހަދާފައެވެ.

މިދިޔަ އަހަރު އެމެރިކާ ކުންފުންޏެއް ކަމަށްވާ ޖަހްވާއަށް ޒިޔާރަތްކޮށް ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އޯއައިއެސްމޮޑިއުލް އުފައްދާ ކުންފުނިން މެނުފެކްޗަރިން ފެސިލިޓީއެއް އެޅުމަށް 155 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.

އެޕަލް އިން ގިނަ ފަހަރަށް ޕްރޮޑަކްޝަން ލައިންތައް ހަދަން ސަޕްލަޔަރުންނަށް އަންގަނީ ހަމައެކަނި އެ ކުންފުނީގެ ބޭނުންތަކަށް ކަމަށް ވާތީ، މިއީ ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާ ކަމުގެ ހެއްކެކެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ޖަހްވާ އަކީ އޯއައިއެސް މޮޑިއުލް ސެމްސަންގް އަށް ވެސް ސަޕްލައި ކުރާ ކުންފުންޏެކެވެ.

ޓެލެފޮޓޯ ޔުނިޓްތަކަށް ބޭނުންކުރާނެ ކަމަށް ބެލެވޭ އާ ކެމެރާ ހާޑްވެއާތައް ޝިޕްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އައިފޯން 15 ބާޒާރަށް ނެރޭއިރުއެވެ. މި ހާޑްވެއާ ގެ ޕްރޮޑަކްޝަން 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފަށާނެ އެވެ.

އެޕަލް އިން ޕެރިސްކޯޕް ޓެލެސްކޯޕް ފޮޓޯ ކެމެރާއެއް ހިމެނުމަށް ނިންމުމަކީ ޒޫމް ކެމެރާއެއް އުފެއްދުމުގެ މަސައްކަތްތަކުގައި އުޅޭ ކަމުގެ ހެއްކެކެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.