ސްމާޓް ޑިވައިސްތަކަށް އެލާރޓް އަންނަ ގޮތަށް ބޮޑު އިންގިލާބެއް!

އަޙްމަދު ދާއޫދު 20 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްމާޓް ޑިވައިސްތަކަށް އެލަރޓް އަންނަ ގޮތް މިހާރަށްވުރެ ފަސޭހަކުރުމަށް ގޫގުލްއިން އެކްސްޕެރިމެންޓެއް ހަދައިފިއެވެ.

މި އެކްސްޕެރިމެންޓަކީ "ލިޓްލް ސިގްނަލްސް" ނަމަކަށް ކިޔާ އެކުންފުނީގެ އެކްސްޕެރިމެންޓަލް ޕްރޮޖެކްޓަކާއެކު އެލާޓްތައް ޑެލިވަރީ ކުރުމުގައި މިހާރަށް ވުރެ މަޑުމައިތިރި އަދި ހިތްގައިމު ގޮތެއް ތަޖްރިބާ ކުރުމުގެ ގޮތުން ހެދި އެކްސްޕެރިމެންޓެއްކަމަށް އެކުންފުނިން ބުނެއެވެ.

މި އެކްސްޕެރިމެންޓްގައި އެ ކުންފުނިން ވަނީ ސްމާޓް ޑިވައިސްތަކަށް އެލާޓް ކުރުމަށް، އިތުރު ހިތްފަސޭހަ ގޮތަކަށް، ސަމާލުކަން އަތުލާ ހަ ޝައުޤުވެރި ސްމާޓް ހޯމް ގެޖެޓްތައް އާއްމުކޮށްފައެވެ.

ލިޓްލް ސިގްނަލްސް ކަލެކްޝަންގައި ގޫގުލްގައި ހަ އެއްޗެއް ހިމެނޭ އިރު، އެއީ އެއާ، ބަޓަން، މޫވްމަންޓް، ރިދަމް، ޝެޑޯ، އަދި ޓެޕް އެވެ. އޭގައި ހިމެނޭ ޑިވައިސްތަކަކީ ކޮބައިކަން މަތީގައިވާ ވީޑިއޯއިން ފެނެއެވެ. އެ ވީޑިއޯގައި އެފަދަ ކޮންސެޕްޓްތައް ދައްކާލައި، އެ ޑިވައިސްތަކުގެ ހަރަކާތްތައް ނުވަތަ ސިގްނަލް އަންނަގޮތް ބަޔާންކޮށްދީފައި ވީ ނަމަވެސް، އެ ސިފަކުރުންތަކަކީ އަޅުގަނޑުމެންގެ ވިސްނުމަށް ދެނެގަންނަން އެހާފަސޭހަ ކޮންސެޕްޓްތަކެއް ނޫނެވެ.

މިސާލަކަށް، ބަޓަން ހީވަނީ "ކޮމިއުނިކޭޓް ކޮށް ކޮންޓްރޯލް ފޯރުކޮށްދިނުމަށް ބޭނުންކުރާ ސްކޭލް އަދި ސައުންޑް އެއްކޮށްލާ އެއްޗެއް ހެންނެވެ. އެންމެ މަތީ ޓްވިސްޓްތަކާއި، އިތުރު ތަފްޞީލުހޯދުމަށް ކަނާތްފަރާތަށް، ވާތްފަރާތަށް، ކުޑަތަންކޮޅެއް މައްޗަށް، ގެންދަން މޫވްކޮށްލަންޖެހެއެވެ. އަދި މަޢުލޫމާތު ލިބުމުން އެބައިތައް ބޮޑުވަމުން ދެއެވެ. އެއްކޮށް ފުލްވުމުން ޓޯން އެއް ކުޅެލައެވެ. އަސްލު އޭގެ ސީދާ ހަޤީޤީ ވިސްނުމަކީ ކޮބައިކަން ދެނެގަނެވިފައި ނުވާއިރު އަދި ވީޑިއޯއިން ހަޤީޤަތުގައި އެމަންޒަރު އޮޅުން ފިލާ މިންވަރަށް ނުފެނެއެވެ.

އެހެންނަމަވެސް ، ވަށައިގެންވާ ކޮމްޕިއުޓިންގެ ވިސްނުމާ އެކު ގޫގުލް އިން މި ކަން އިއުލާންކޮށްފައިވާ އިރު އަދި މި ފަދަ މޮޅު އީޖާދީ އުފެއްދުން ތަކަކާއި އެކު އެކްސްޕެރިމެންޓް ކޮށްފައިވާއިރު، މިއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. މި ކޮންސެޕްޓްގެ ވާހަކަ ދައްކާތާ އަހަރުތަކެއް ވެއްޖެ އެވެ. އަދި އޭގެ ބައެއް ޑިވައިސްތަކުގައި ކުދި ކުދި އެލެމެންޓްތައް ވެސް އިތުރު ކުރަމުން އަންނަ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި މި ޕްރޮޖެކްޓަށް ގޫގުލްގެ އެހީތެރިޔާ "ރިއެކްޝަން އެކްސްޕެރިމެންޓްސް އެންޑް ތިންކް ސްޓާޓާސް" ގެ ސިލްސިލާއެއް ގެ ނަމުން މުހާތަބު ކުރާއިރު، ހަގީގަތުގައި ވެސް މިއީ ހަގީގީ އެއްޗަކަށް ހެދިދާނެ އެވެ.

ގޫގުލް އިން އިލެކްޓްރޯނިކްސް އާއި ކޯޑް އެއްކޮށްގެން މޫސުމާ ބެހޭ ގޮތުން އަންގައިދޭ ފޭން އެއް ހެދުމާއި އެހެން އެއްޗެހި ހަދަން ވީ ގޮތުގެ ބައެއް އިރުޝާދުތައް ގޫގުލް އިން ފޯރުކޮށްދެ އެވެ. އަދި އިލެކްޓްރޯނިކްސް އަމިއްލައަށް އިންޓަގްރޭޓް ކުރާނެ ގޮތް ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ކޮންމެ އޮބްޖެކްޓަކަށް 3ޑީ ފައިލް ވެސް ފޯރުކޮށްދިނެވެ. ލިޓްލް ސިގްނަލްސް ވެބްސައިޓުން ޒިޕް ފައިލްގެ ގޮތުގައި ފައިލްތައް މިހާރުވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ގޫގުލް އާއި ލަންޑަން ބޭސްޑް ޑިޒައިން ސްޓޫޑިއޯ މެޕް ޕްރޮޖެކްޓް އޮފީސް ގުޅިގެން އުފައްދާފައިވާ މި ޕްރޮޑަކްޓްތަކުގައި ހަ ގެޖެޓް ހުރެ އެވެ. ވީޑިއޯ ޑިސްކްރިޕްޝަންގައި ގޫގުލް އިން ބަޔާންކުރާ ގޮތުގައި އެމީހުންގެ މިއުފެއްދުންތައް މުސްތަޤުބަލްގައި ސްމާޓް ޑިވައިސްތަކާއި، ގުޅުވާލާނެއެވެ. އޭރުން މިހާރަށްވުރެ މާފަސޭހަ އަދި ހިތްގައިމު ގޮތަކަށް ޑިވައިސްތަކުގެ ކޮންޓްރޯލް ލިބި އެލަރޓް އިޙްސާސް ކުރެވޭނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.