މިއަހަރުގެ ބަހާރު މޫސުމާއި ދިމާކޮށް އެކްސްބޮކްސްގެ ގޭމް ޕާސްގެ އައު ޕާސްއެއް ތައާރަފުކުރުމަށް ނިންމައިފިއެވެ. މިހާރު އެކްސްބޮކްސް ގޭމް ޕާސްގެ 2 ވާޝަން ލިބެން އެބަހުއްޓެވެ. އެއީ މަހަކު 10 ޑޮލަރުގެ ސްޓޭންޑަޑް ގޭމް ޕާސް އާއި މަހަކު 15 ޑޮލަރަށް ލިބޭ އަލްޓިމޭޓް ގޭމް ޕާސްއެވެ. ރިޕޯޓްތަކުން ބުނާގޮތުގައި މައިކްރޯސޮފްޓުން އަލަށް ތާރަފްކުރުމަށް ހަމަޖެހިފައިވަނީ ގޭމް ޕާސްގެ ފެމިލީ ވާޝަންއެކެވެ. މިމައުލޫމާތު ހާމަކޮށްފައިވަނީ މައިކްރޯސޮފްޓްގެ އެތެރޭގެ ގިނަ މައުލޫމާތު އެނގޭ ފަރާތެއްކަމަށްވާ ބްރެޑް ސޭމްސްއެވެ.
ނަމަވެސް ސޭމްސް ވެސް މި އައު ގޭމް ޕާސް ހުންނާނެ ގޮތަކާއި އޭގެ އަގާއި ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއްނުކުރެއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މި ތާރީހުތަކާއި މައުލޫމާތަށްވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން ބޮޑަށް ބެލެވެނީ މައިކްރޯސޮފްޓުން މިއަހަރުގެ ކޮންމެވެސް ހިސާބެއްގައި އައު ގޭމް ޕާސްއެއް ބާޒާރަށް ނެރުމަށް މަސައްކަތް ފަށާފައިވާކަމަށެވެ.
އެކްސް ބޮކްސް ގޭމްޕާސްގެ ފެމިލީ ވާޝާންއާ ބެހޭ ގިނަ ވާހަކަތަކެއް އެކި ފޯރަމްތަކުގައި ވަނީ ދެކެވެން ފަށާފައިއެވެ. އެހެން ކަމުން ރަސްމީކޮށް މި ގޭމް ޕާސްއާ ބެހޭ އެއްވެސް މައުލޫމާތެއް މައިކްރޯސޮފްޓުން ހާމަކޮށްފައި ނުވިޔަސް ބެލެވޭ ގޮތުގައި މިހާރު އެކުންފުނިން ވަނީ މީގެ މަސައްކަތް ފަށާފައެވެ.
ގޭމް ޕާސްގެ ފެމިލީ ޕްލޭން ތާރަފްކުރާ ވާހަކައާއެކު ގޭމް ޕާސްގެ އަގު ބޮޑުކުރުމަށް އެކުންފުނިން ނިންމާފައިވާކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ. އެގޮތުން ސްޓޭންޑަޑް ގޭމް ޕާސް އުފެއްދުން ހުއްޓާލަން އުޅޭވާހަކަ ވަނީ ފެތުރިފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި