ގޫގުލް ސާޗް އިން މިހާރު ވައިގެ ކޮލިޓީގެ ތަފްސީލީ މައުލޫމާތު ބެލޭނެ ގޮތް ހަދައިފިއެވެ.
މިދިޔަ އަހަރު ގޫގުލް އިން ވަނީ ނެސްޓް ހަބް އާއި އެހެން ބައެއް ސްމާޓް ޑިސްޕްލޭ ބޭނުންކުރާ ފަރާތްތަކަށް ވައިގެ ކޮލިޓީ (އޭކިއުއައި) ޑޭޓާ ބެލޭނެގޮތް ހަދަން ފަށާފައި ވާއިރު، ތަފްޞީލީ މަޢުލޫމާތު ހޯދުމަށް މިހާރު ގޫގުލްސަރޗް ބޭނުން ކުރެވިދާނެއެވެ.
ގޫގުލްއިން ބުނެފައިވަނީ އަދި މިހާތަނަށް ވައިގެ މައުލޫމާތު ސަރޗް ކުރެވޭނީ އެމެރިކާ އާއި އިންޑިއާގެ އިތުރުން އޮސްޓްރޭލިއާގެ ވިކްޓޯރިއާ (އީޕީއޭ ވިކްޓޯރިއާ) އަށް ކަމަށެވެ. އެ މައުލޫމާތުގެ ތެރޭގައި ވައި ތަޣައްޔަރުވާ މިންވަރު ވެސް ހޯދޭނެއެވެ.
މަތީގައިވާ ޗާޓަކީ މިފީޗަރގެ އަލީގައި ހޯދޭ މައުލޫމާތު ދައްކުވައިދޭ ޗާކެވެ. އެ ޗާޓުގެ ތިރީގައި އެވަނީ އެމެރިކާގެ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) އާއި ސްޓޭޝަން ލިސްޓްގެ ތަފުސީލެވެ. ކޮންމެ އެންޓްރީއެއް ވެސް ބަޔާންކޮށްދޭ ޓެކްސްޓް ޑިސްކްރިޕްޝަނަކަށް އަދި އެންމެ ފަހުން އަޕްޑޭޓް ކުރީ ކޮން އިރަކުތޯ އާއި ވަކި ޕްރޮވައިޑަރެއް ތޯ ބެލޭނެއެވެ.
މިފީޗަރ ބޭނުން ކުރުމުގައި އެކަށީގެންވާ ވަރަށް މީޓިއޮރޮލޮޖިކަލް ސްޓޭޝަންތައް ނެތް ނަމަ "އެއާ ސެންސަރުތައް ހިމަނާ" ބޭނުން ކުރެވިދާނެ ކަމަށާއި ނަމަވެސް ގޫގުލް އިން ފާހަގަކުރާ ގޮތުގައި "ސެންސަރު ޑޭޓާގައި ގޮތް ނޭނގޭ ޕާފޯމަންސާއި ފުށުއެރުންތައް ހުރެދާނެއެވެ.
މި ފީޗާ އެންމެ ފުރަތަމަ އިންޑިއާއަށް ތައާރަފުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. މިހާރު އެމެރިކާގައިވެސް ތައާރަފުކުރަމުން ދާއިރު މިފީޗަރ ބޭނުންކުރާފަރާތްތައް ވަރަށް ގިނައެވެ. މިފީޗަރ ތަޢާރަފްކޮށްފައިވަނީ މޯބައިލް އަދި ޑެސްކްޓޮޕް ވެބްގެ އިތުރުން އެންޑްރޮއިޑް އަދި އައިއޯއެސްގައި ގޫގުލް އެޕްތައް ވެސް މަސައްކަތް ކުރާ ގޮތަށެވެ.
މި ފީޗާއަކީ ވަރަށް ބޭނުންތެރި ފީޗާއަކަށް ވާއިރު، މިއީ 2018 ވަނަ އަހަރު ގޫގުލް ވެދަރ އިން ވައިގެ ކޮލިޓީ ޑޭޓާ ޑިސްޕްލޭ ކުރުން ހުއްޓާލުމަށް ފަހު ގެނެސްދޭ ފީޗާއެކެވެ. ދެން އޮތް ފިޔަވަޅަކީ އެންޑްރޮއިޑްގެ ވެދަރ އެޕްގެ އިތުރުން އޭގެ ވިޖެޓްތަކުގައި ވެސް އޭކިއުއައި އެއްކޮށްލުމެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.