ވަންޕްލަސް ޗާޖިން ސްޓޭޝަންތައް – އެއާޕޯޓްތަކުގައި

އަޙްމަދު ނިޔާޒް 22 ނޮވެމްބަރު 2020

ދަތުރަށް ތައްޔާރުވާން ހަދައިގެން ފޯނު ޗާޖްކުރަން ހަނދާން ނުވަނީ ކިތައް މީހުން ހެއްޔެވެ. މުހިންމު ބޭނުންތަކުގައި ސްމާޓްފޯން ބޭނުންކުރާ މީހުންނަށް މި އަށް ވުރެ ވަކިން ބޮޑު ބިރުވެރިކަމެއް ދިމާވާނެ ހެއްޔެވެ. ނުވާނެ އެވެ. އެކަމަކު ވެސް ބުނަމެވެ. ވަންޕްލަސް އިން، އެއާޕޯޓްތަކަށް ޚާއްސަ ޗާޖިން ސްޓޭޝަންތައް އުފައްދައިފި އެވެ.

އެއާޕޯޓްތަކަށް ފަރިތަ މީހުންނަށް އެއާޕޯޓްތެރެއިން ޗާޖިން ސްޓޭޝަންތައް ފެންނާނެ އެވެ. މިއީ އެކަމަކު ވަކި ބްރޭންޑަކަށް ޚާއްސަ ޗާޖިން ސްޓޭޝަންތަކެއް ނޫނެވެ. އަހަރެމެން މި ލިޔުމުގައި މި ވާހަކައްކަނީ ވަކި ބްރޭންޑާކަށް ޚާއްސަ – ވަންޕްލަސް ފޯނުތަކަށް ޚާއްސަ ޗާޖިން ސްޓޭޝަންތަކެއްގެ ވާހަކަ އެވެ.

ވަންޕްލަސް ފޯނެއް ގެންގުޅޭ ނަމަ ޗާޖްނުކޮށް އެއާޕޯޓަށް ދާށެވެ. އެއާޕޯޓްގެ ތެރެއިން ކޮންމެ ވެސް ހިސާބަކުން ނޮޓިފިކޭޝަނެއް ލިބޭނުން އެވެ. އެއީ އެ ހިސާބު ކޮންމެސް ތަނެއްގައި ޗާޖިން ސްޓޭޝަނެއް ހުރިކަން އަންގައިދޭ ނޮޓިފިކޭޝަނެކެވެ.

އިންޑިޔާގެ ބައެއް އެއާޕޯޓްތަކުގައި، ވަންޕްލަސް އިން – ވަންޕްލަސް ޗާޖިން ސްޓޭޝަންތައް އެބަ ބަހައްޓަ އެވެ. މިއީ ޕައިލެޓް ޕްރޮގްރާމެކެވެ. ބޭނުންކުރާ މީހުންނަށް ކަމުދޭތޯ ބަލަނީ އެވެ. މި ސްޓޭޝަންތަކުގެ ޚިދުމަތް އެންމެ ފުރަތަމަ ލިބޭނެ ކަމަށް، ވަންޕްލަސް ވެބްސައިޓްގައި ބުނެފައި ވަނީ ވަންޕްސް 7، ވަންޕަސް 8 އަދި "ވަންޕްލަސް ނޯޑް" ފޯނުތައް ބޭނުންކުރާ މީހުންނަށެވެ.

ފޯނު ޗާޖްކުރަން ހަނދާން ނުވި ނަމަވެސް، ވާގަނޑު ގެންދަން ހަނދާންކުރަން ވާނެ އެވެ. އެހެން ނޫން ނަމަ، ވަންޕްލަސް ފޯނުތަކަށް ޚާއްސަ "ވޯޕް ޗާޖް 30" އެއް ނުލިބޭނެ އެވެ. ފޯނުތައް ޗާޖްކުރުމުގައި ވަންޕްލަސް ފޯނުތަކަށް ވަކި އިސްކަމެއް ނުލިބޭނެ އެވެ.

ވަންޕްލަސް ޗާޖިން ސްޓޭޝަންތަކުގައި – އާދައިގެ ކަރަންޓް ސޮކެޓެއް ހުންނާނެ ކަމަށް ވެސް ވެ އެވެ. މިއީ އެހެން މަރުކާގެ ފޯނުތައް ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑު ނަސީބެކެވެ. އެކަމަކު ވަންޕަސް ޗާޖިން ސްޓޭޝަންތަކުން ފޮނުވާ ނޮޓިފިކޭޝަންތައް، އެހެން ކުންފުނިތަކުގެ ފޯނުތަކަކަށް ނުލިބޭނެ އެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.