އެކްސްބޮކްސް ފްރީގޭމްސް އަށް އިން-ގޭމް-އެޑްސް ތަޢާރަފްކުރަނީ

ހަސަން ޒަޔާން 22 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެކްސްބޮކްސް ގެ ފްރީގޭމް ތަކަށް އިން ގޭމް އެޑްސް ތަޢާރަފްކުރުމަށް މައިކްރޮސޮފްޓުން މަސައްކަތް ކުރާ ކަމަށް ރިޕޯޓު ތަކުން ދައްކައިފިއެވެ.

މައިކްރޮސޮފްޓުން ބަލަނީ އެކްސްބޮކްސް ފްރީ ގޭމްތަކުގެ ތެރެއަށް އިން-ގޭމް އެޑްސް ތައް އިތުރު ކުރާށެވެ.

އާ ރިޕޯޓަކުން ދައްކުވައިދެނީ އެ ކުންފުނިން ބޭނުންވަނީ އިޝްތިހާރުކުރާ ފަރާތްތަކުން އެކްސްބޮކްސްގައި ފްރީ-ޓު-ޕްލޭ ގޭމްތަކުގެ ތެރޭގައި އިޝްތިހާރުތައް ބަހައްޓޭނެ ގޮތަށް ހެދުމާއިއެކު، ތިން ވަނަ ކުއާޓާއާ ހަމައަށް ލައިވްކޮށް މިފީޗަރ ޕަބްލިކަށް ދޫކޮށްލުމަށެވެ.

ބިޒްނަސް އިންސައިޑަރ އިން ނެރިފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި މި އާ ފީޗަރގެ ސަބަބުން ގިނަ ބްރޭންޑް ތަކުން އިޝްތިހާރު ކުރެވޭނެ އިތުރު ގޭމްތައް އިތުރުވެ، އިތުރު ޑިވެލޮޕަރުންނަށް އެޑް ސްޕޭސް ވިއްކުމުގެ ފުރުސަތު ބޮޑަށް ފަހި ވެގެންދާނެއެވެ.

މި އެޑްތައް މިސާލަކަށް ރޭސިން ގޭމެއްގައި ބިލްބޯޑްތަކެއްގައި ދެއްކިދާނެ ކަމަށް އިންސައިޑަރގެ ސޯސްތަކުން ދައްކުވައި ދެއެވެ. އަދި އެކްސްބޮކްސް އިން އެޑްވަޓައިސް ކުރާ ފަރާތްތަކަށް މި ހިދުމަތް ފޯރު ކުރާނެތޯ ނުވަތަ ނޫންތޯ ވެސް ކަށަވަރު ކުރެވިފަކައިނުވެއެވެ.

އިންސައިޑަރގެ މި ރިޕޯޓުގައި ވާގޮތުން މައިކްރޮސޮފްޓުން އެކްސްބޮކްސް ގެ އިން-ގޭމް އެޑްތަކުން ލިބޭ އެޑް ރެވެނިއު ގެ ކަޓް ނެގުމުގެ ޝައުގުވެރިކަން ނެތެވެ. އޭގެ ބަދަލުގައި ލިބޭ ރެވެނިއު ބަހާލެވޭނީ ގޭމް ޑިވެލޮޕަރާއި އެ ތަނެއް ބަހައްޓާ އެޑްޓެކް ކުންފުންޏަށެވެ.

މިހާރު ވެސް އެކްސްބޮކްސް ޑޭޝްބޯޑުގައި ބައެއް އެޑްތައް ފެންނަން އެބަހުއްޓެވެ. ނަމަވެސް އިން-ގޭމް ގެ އެޑްތަކަކީ ގޭމްތަކަށް އާ އެއްޗެއް ނޫން ނަމަވެސް، އިން ގޭމް އެޑްސް އަށް ރަނގަޅު ފީޑްބެކްއެއް ނުލިބެ އެވެ. މިސާލަކަށް އިލެކްޓްރޯނިކް އާޓްސްގެ ޔޫއެފްސީ 4 ގައި އިން-ގޭމް އެޑްތަކަށް ފޭން ރެސްޕޮންސް އަކަށް ބަލާލާށެވެ.

އެމީހުން ބުނަނީ އިން ގޭމް އަށް ހެވީ ލޯޑް ނުވާނޭ ގޮތަށް ހަމައެކަނި ސެލެކްޓެޑް ބްރޭންޑްތަކުން އެޑްތައް ހިމަނާލެވޭ ގޮތަށް މާކެޓްޕްލޭސް އެއް އުފެއްދުމަށް މައިކްރޮސޮފްޓުން ޙިޔާލު ބަހައްޓާކަމަށެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.