އަމިއްލަ އުފެންދުންތަކަށް ބޮޑަށް ފުރުޞަތު ދިނުމުގެ ގޮތުން އިންސްޓަގްރާމް އިން ކޮންޓެންޓް ރޭންކް ކުރާ ގޮތް މުރާޖަޢާކޮށް އަޕްޑޭޓް ކުރަމުން އަންނަކަމަށް އިންސްޓަގްރާމްގެ ވެރިޔާ އެޑަމް މޮސެރީ ހާމަކޮށްފިއެވެ.
މޮސެރީ މިގޮތަށް ހަމަކުރައްވާފައިވަނީ ތަފާތު ގިނަ ސުވާލުތަކަކަށް ޓްވީޓާ މެދުވެރިކޮށް ޖަވާބު ދެއްވުމުގެ ތެރެއިންނެވެ.
މޮސެރީ ފާހަގަކުރައްވާ ގޮތުގައި މި އަޕްޑޭޓްގެ ފޯކަސްއަކީ އަސްލު ކޮންޓެންޓް އުފައްދާ ފަރާތްތަކެވެ. އިންސްޓަގްރާމް އިން މިކަން ދެނެގަތުމުގެ އެއް މަގުސަދަކީ އެކައުންޓެއްގެ ޕޯސްޓް ހިސްޓްރީއަށް އިޝާރާތްކޮށްލެވޭނެ ގޮތެއް ހެދުމާއި އެކު އަސްލު ކޮންޓެންޓްގެ ވެރިފަރާތް ނޫންނަމަ އެއީ އަސްލު ނޫންކަން ދެނެގަތުމުގެ ފުރުޞަތު ބޮޑުކޮށްދިނުމެވެ.
މިކަން މިގޮތަށް ކުރުމުން ތަފާތު އެކައުންތްތަކުގައި ހުންނަ އެއްޗެތި ރީ-ޕޯސްޓްކުރާ ނަމަ ރީޗް ދަށްވާގޮތްވާނެއެވެ. މިކަމުގެ ސަބަބުން އިތުރު އައު އުފެއްދުންތައް އުފެއްދުމަށް ފާޑަކަށް މަޖުބޫރުވެގެން ދާނެއެވެ. އަދި ޓްރެންޑިން މީމްސް ޕޯސްޓް ކުރުމަކީ މިއަދާ ހަމައަށް، އެންގޭޖްމަންޓް އިތުރު ކުރުމަށް ވަރަށް ފަސޭހަ ގޮތަކަށް ވީނަމަވެސް މުސްތަޤްބަލުގައި އެކަން އެގޮތަށް ނުކުރެވުމަށް ހުޅުވިގެންދާ މަގަކަށް ވެސް މިކަން ވެދާނެއެވެ.
މިކަން މިގޮތައް ވެއްޖެ ކަމަށްވާނަމަ އެކަންތައް ވެގެންދާނީ އިންސްޓަގްރާމްގައި ސޯޝަލް މީޑިއާ މެނޭޖަރުންނާއި ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ބޮލުގެ ރިހުމެއް ކުރިމަތިވެދާނެ ކަމަކަށެވެ. ނަމަވެސް އަސްލު އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ލިބިގެންދާނެ ހިތްހަމަޖެހުމަކާއި ކުރިއެރުމަކަށެވެ.
ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި