ވަންޕަލަސް "އޭސް" ލޯންޗްކޮށްފި

ހަސަން ޒަޔާން 24 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވަންޕަލަސް "އޭސް" ލޯންޗްކޮށްފިއެވެ. 150 ވޯޓުގެ ޗަރޖިންގ ބްރިކަކާއެކު ނެރުނު މިބފްލެގްޝިޕް ފޯނަކީ ރިއަލްމޭ ޖީޓީ ނިއޯ 3 ގެ ޓްވީކްޑް ޑިޒައިނަކާއެކު ރީބްރޭންޑްކޮށްފައިވާ ފޯނެކެވެ.

މި ފޯނުގެ ފަހަތުގައި ޑުއަލް ޓެކްސްޗާޑް ޑިޒައިނަކާއި، ވާތް ފަރާތުގައި ސްޓްރައިޕް ތަކަކާއި ކަނާތް ފަރާތުގައި އޮމާން ފިނިޝް އެއް ހިމެނެއެވެ.

މި ފޯނާ އެކު މި ލިބެނީ ރިއަލްމީ ޑިވައިސް އެއްގެ ސްޕެކްސް އެވެ. ޑިމެންސިޓީ 8100-މެކްސް 5ޖީ ޗިޕްސެޓް، 6.7 އިންޗީގެ އެފްއެޗްޑީ + 120Hz އޯއެލްއީޑީ ސްކްރީން (ގޮރިއްލާ ގްލާސް 5 އާއެކު)، އަދި ޓްރިޕަލް ރިއަރ ކެމެރާ ސިސްޓަމަކާއިއެކު، 50އެމްޕީ އައިއެމްއެކްސް766 މެއިން ޝޫޓަރަކާއި 8އެމްޕީ އަލްޓްރާވައިޑް ލެންސެއްގެ އިތުރުން 2އެމްޕީ މެކްރޯ ލެންސް ހިމެނެއެވެ.

ވަން ޕްލަސް "އޭސް" އިން ދެން ގެނެސްދެނީ ކޮން ފީޗަރ އެއް؟

މި ފޯން ގެ މައިގަނޑު ސެލިންގ ޕޮއިންޓަކަށް ވާނީ 150ވޯޓްގެ ޗަރޖިން ބްރިކް އެވެ. އެކުންފުނިން ބުނާ ގޮތުގައި 4500 މިލިއެމްޕިއަރ ބެޓެރީ ޒީރޯ އިން 50% އަށް އެންމެ 5 މިނިޓް ތެރޭގައި ޗަރޖް ކުރެވޭނެއެވެ.

މީގެ އިތުރުން ވަން ޕްލަސް އިން ބުނާ ގޮތުގައި 1600 ޗާޖިން ސައިކަލް (ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް) އަށް ފަހު އޭސް އިން 80 ޕަސެންޓް ބެޓެރީ ހެލްތް ހިފަހައްޓާނެއެވެ.

ވަން ޕްލަސް އިން މި ފޯނުގެ 5000މިލިއަންޕަވަރގެ ބެޓެރީ އަކާއި 80ވޯޓްގެ ޗާޖިން އެއް ހިމެނޭ ވާޝަންއެއް ވެސް ވިއްކައެވެ.

ބާޒާރުގެ މި ފޯނުގެ އަގަށްބބަލާއިރު "އޭސް" ގެ ބޭސްމޮޑެލް (8ޖީބީ ރެމް 128ޖީބީ ސްޓޯރެޖް)ގެ ފެށޭއަގަކީ 387$ ޑޮލަރަށެވެ. 12ޖީބީގެ ރެމް އާއި އެކު އަދި 512ޖީބީ ސްޓޯރެޖްގެ ވާރޝަން ގެ ފެށޭއަގަކީ 542$ ޑޮލަރަށެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.