އެޕަލްގެ "ކޮމިއުނިކޭޝަން ސޭފްޓީ އިން މެސެޖްސް" ފީޗާއަކީ، އެ ކުންފުނީގެ މެސެޖިން ސާވިސް ބޭނުންކޮށްގެން ކުޑަކުދިންނަށް ފޮނުވާ ނިވާކަން ކުޑަ ހެދުން ހިމެނޭ ފޮޓޯތައް އޮޓޮމެޓިކުން ނުފެންނާނެހެން ބްލާރ ކޮށްލަދޭ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ.
މިދިޔަ އަހަރު އެމެރިކާގައި ލޯންޗުކުރުމަށް ފަހު، މި ފީޗާ މިހާރު އަންނަނީ އިނގިރޭސިވިލާތް، ކެނެޑާ، ނިއުޒިލެންޑް އަދި އޮސްޓްރޭލިއާގައި އައިއޯއެސް، އައިޕެޑްއޯއެސް އަދި މެކްއޯއެސް ބޭނުންކުރާ ފަރާތްތަކުގެ މެސެޖްއެޕްތަކަށް އަންނަމުންނެވެ. ސީދާ ކަށަވަރު ނުވި ނަމަވެސް ދަ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފީޗާ އިނގިރޭސިވިލާތަށްވެސް ވަރަށް އަވަހަށް އަންނާނެ އެވެ.
އެޕަލްއިން މިހާރުވެސް ބޭނުންކުރަމުން އަންނަ "ފެމިލީ ޝެއަރިން ސިސްޓަމް" އާއި އިންޓަގްރޭޓް ކޮށްފައިވާ މި ފީޗާ އަށް އަހުލުވެރި ކުރާނެ ގޮތުގެ އިރުޝާދު ތައް މިލިންކުން ލިބޭނެ އެވެ.
މިއެޕްގެ މި ފީޗައިން ކޮށްދޭ ކަމަކީ ކުޑަކުދިންނާ ނުގުޅޭ ބާވަތުގެ ފޮޓޯއެއް ފޯނަށް އަތުވެއްޖެނަމަ އެ ފޮޓޯއެއް އޮޓޯއިން ބްލާރ ކޮށްލުމަށްފަހު ޕޮޕްއަޕް މެސެޖަކުން އެ ފޮޓޯއަށް ހުރި އޮޕްޝަންތައް ބުނެދެނީއެވެ. އެފޮޓޯ ފެނުމުގެ ކުރިން ޑިލީޓް ކޮށްލުމާއި، އިތުރު ފަރާތަކަށް ހިއްސާ ކޮށްލުމުގެ ފުރުޞަތު ލިއްބައިދެއެވެ.
އަދި އަބަދުވެސް ތިބާ އިތުބާރު ކުރާ މީހެއްގެ ފަރާތުން ނުވަތަ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލް މީހުންގެ ފަރާތުން އެހީތެރިކަން ހޯދުމުގެ ފުރުޞަތު ލިބުމުގެ އިތުރުން އެމެސެޖް ފޮނުވި މީހާ ބްލޮކް ކޮށްލުމުގެ ފުރުޞަތުވެސް މި ފީޗަރއިން ފޯރުކޮށްދެއެވެ.
އެޕަލް އިން މި ފީޗާ އެންމެ ފުރަތަމަ މިދިޔަ އޯގަސްޓް މަހު އިއުލާނު ކުރިއިރު، މި ނޮޓިފިކޭޝަން އޮޓަމެޓިކުން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފާޑުކިޔުންތެރިން ބުނަމުން އައީ އަސްލު އެ އެޕްރޯޗްގެ ސަބަބުން ކުދިންނަށް އެފަދަ ނުރައްކާތެރި ފޮޓޯތައް ސިއްރުން ބެލުމުގެ ފުރުޞަތު އިތުރަށް ހުޅުވިގެން ހިނގައިދާނެކަމަށެވެ. އެހެންނަމަވެސް މިއަދު އެބުނުމާއިމެދު ގިނަބަޔަކު މިވަނީ ދެކޮޅުހަދާފައެވެ. އަދި އެފީޗަރގެ މުހިންމުކަމާޢި، ބޭނުންތެރިކަން ބޮޑުކަން ގިނަބަޔަކު ދަނީ ބުނަމުންނެވެ.
އެޕަލްގެ މެސެޖް މި ފީޗަރގެ އިތުރުން އެޕަލް އިން ދަނީ ސްޕޮޓްލައިޓް، ސިރީ އަދި ސަފާރީ ސާޗްތަކަށްވެސް އާ ފީޗާއެއް ރޯލްއައުޓް ކުރުން އަވަސް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.