ޑިމޮކްރަސީ ހަލާކުވުމުގެ އަސްލަކީ ސޯޝަލް މީޑިއާ–ބަރަކް އޮބާމާ

އައިމިނަތު މިންހާ 25 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވަނީ، ސޯޝަލް މީޑިއާ ކުންފުނިތަކަކީ ޑިމޮކްރަސީތައް ބަލިކަށިކުރުމަށް "ރަނގަޅަށް ފަރުމާކުރެވިފައިވާ" ކުންފުނިތަކެއް ކަމަށާ، މި ޕްލެޓްފޯމްތައް ޖަވާބުދާރީ ކުރުވުމާއި، ޑިމޮކްރެޓިކް އޯވަރސައިޓް ކުރުމުގެ ބޭނުންތެރިކަން ބޮޑު ކުންފުނިތަކެއް ކަމަށެވެ.

ބުރާސްފަތި ދުވަހު ސްޓޭންފޯޑްގެ ސައިބަރ ޕޮލިސީ ސެންޓަރާއި އޮބާމާ ފައުންޑޭޝަން ގުޅިގެން ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ، ދުނިޔެ އޮތީ "ތާރީޚުގައި އަނެއްކާވެސް ވަރަށް ހަލަބޮލި، ނުރައްކާތެރި ފައްތަރެއްގައި" ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ފަރުމާކޮށްފައި ވަނީ "އިންސާނިއްޔަތުގެ ބައެއް ނުބައި އިހްސާސްތައް" ނިމުމަކަށް ގެނެސް، އެ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުންނަށް ލިބޭ ހުރިހާ ނުބައި އިނާޔަތްތަކާ އެކު ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެމެރިކާގެ 44 ވަނަ ރައީސް ވިދާޅުވީ މި ޕްލެޓްފޯމްތަކުގެ "ވަރަށް ޑިޒައިން" "ނުބައި މިސްރާބަކަށް" ޔޫޒަރުން ލެނބިގެންދާ ކަމަށާއި، ތަފާތު އިޚްތިޔާރުތައް ކުރަން މާ ލަސްވެސް ނުވެދާނެ ކަމަށެވެ. އަދި "މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދާ ހުރިހާ މައްސަލަތަކަކީ މި އާ ޓެކްނޮލޮޖީގެ ލާޒިމު ބައިޕްރޮޑަކްޓެއް ނޫންކަމަށާ އެއީ ވެސް އިންޓަނެޓްގެ މައްޗަށް ގަދަވެގަންނަން އައި ކުންފުނިތަކުން، ހާއްސަކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ވަރަށް ހާއްސަ އިހްތިޔާރުތަކެއް ކޮށްގެން ނުކުތް ނަތީޖާއެއް،" އޭނާ ވިދާޅުވި އެވެ.

"ދޮގު މައުލޫމާތު ގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުމެންގެ ޑިމޮކްރެސީތައް ނުވަތަ އަޅުގަނޑުމެންގެ ދުނިޔޭގެ ފޭރާން ވީދިގެން އަންނަ ކަރުނައިން ޝިފާއެއް ނުލިބޭނެ ކަމެއް. އެކަމަކު އޭގެ ސަބަބުން ޑިމޮކްރަސީ އިތުރަށް ވަރުގަދަ ކުރުމަށް ބޭނުންވާ އިތުބާރާއި އެއްބައިވަންތަކަން އަލުން ބިނާކުރުމަށް އެހީތެރިވެވިދާނެ،" އޮބާމާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.