އައިފޯން – 14 އިން ފެނިގެންދާނެ އެންމެ ބޮޑު ބަދަލަކީ ކޮބާ؟

އައިމިނަތު މިންހާ 25 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައިފޯންއަށް ހިތްޖެހިފައިވާ އަދި އައިފޯން ބޭނުންކުރަމުން ގެންދާ ފަރާތްތަކުގެ ހިތުގައި މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ އެޕަލް އިން މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯން – 14 އިން ފެނިގެންދާނެ އެންމެ ބޮޑު ބަދަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް އައިފޯން – 14 ނެރޭ ދުވަސް ގާތްވި ވަރަކަށް މިވަނީ އެފޯނުން ފާހަގަ ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދައްކަން ފަށާފައެވެ.

މިގޮތުން ދުނިޔޭގެ ނަން މަޝްޙޫރު ބައެއް މީޑިޔާތަކުން މިހާރުވަނީ އައިފޯން 14 ގެ ޑިޒައިން ހުންނާނެ ގޮތާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކާ އަދި ފޮޓޯތައްވެސް ޢާއްމުކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއްބަދަކީ ކުރީގެ އައިފޯންތަކާއި ޚިލާފަށް މިއަހަރު ނެރުމަށް ހަމަޖެހިފައިވާ އައިފޯނުގެ ކަންތައް ތައްކޮޅެއް ބޮޑަށް ވަށް ކުރެވިފައިވާކަމެވެ. އަދި ހަމަ އެހެންމެ ފޯނުގައި ހަރުކުރެވިފައިވާ ކެމެރާތައް ތަންކޮޅެއް ބޮޑަށް ބޭރަށް ނެރެވިފައިވާކަމެވެ.

ގިނަ މީހުންގެ ކޮމެންޓްތަކަށް ބަލާއިރު ކުރީގެ ފޯނުތަކަށް ވުރެ ބޮޑަށް ފޯނުގެ ކަން ވަށްވުމަކީ ގިނަބަޔަކަށް ކަމުދާކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނު ނަމަވެސް ފޯނުގެ ކެމެރާތައް މިހާރުގެ ފޯނުތަކަށްވުރެ ބޮޑަށް ބޭރަށް ނެރުމަކީ ގިނަބަޔަކަށް މާކަމުދާ ކަމެއްކަމަކަށް ނުވެއެވެ.

އައިފޯން – 14 އާއި ގުޅޭ މަޢުލޫމާތުތައް ގެނެސްދޭ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި އެ ފޯނުގައި ސެލިއުލާ ކަނެކްޓިވިޓީ ނުލިބޭ އެމެޖެންސީ ހާލަތްތަކުގައި ގުޅާލެވޭނެ ގޮތަށް ސެޓްލައިޓް ކަނެކްޓިވީ ހިމަނާފައިވުމަކީ ވަރަށް ގާތްކަމެކެވެ.

އައިފޯން – 14 އާއި ބެހޭގޮތުން އެކިއެކި ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުންދާއިރު މިހުރިހާ ވާހަކައެއްގެ އަސްލު ހަޤީގަތް އެނގިގެންދާނީ މި އަހަރުގެ ސެޕްޓެމްބަރ މަހު ނެރުމަށް ރިޕޯރޓްކޮށްފައިވާ އައިފޯން-14 އާއްމުންނާއި ހިސާބަށް އައުމުންނެވެ. ވާގޮތެއްބަލާލަށް އިންތިޒާރުކޮށްގެން ތިބެމާތޯއެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.