އީލޮން މަސްކްގެ ބިޑް ބަލައިގަތުމަށް ޓްވިޓަރ ތައްޔާރުވަނީ

އަޙްމަދު ދާއޫދު 25 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓާގަތުމަށް އީލޮން މަސްކް ކުރި ބިޑް ބަލައިގަންނާނެ ކަމަށާއި، ޓްވިޓަރ އިން އެކަމަށް ތައްޔާރުވަމުންދާކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އީލޮން މަސްކް ގެ ހުށަހެޅުން ބަލައިގަތުމަށް ޓްވިޓާ އިން އެއްބަސްވަނީ ހިއްސާއަކަށް 54.20 ޑޮލަރަށެވެ.

ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްވަރާތައް އޮމާންކަމާއެކު ކުރިއަށް ދާނަމަ އެއްބަސްވުމަކާއި ހަމައަށް މިއަދު އާދެވިދާނެ އެވެ.

މިދިޔަ ހަފްތާގައި މިސްޓަރ މަސްކް ވަނީ ޓްވިޓަރގެ 9 އިންސައްތަ އަށްވުރެ ގިނަ ޝެއަރ ގަނެ، 9 އޭޕްރީލްގައި އޭނާއަކީ އެކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަށް ވެފައެވެ. އަދި މި އެއްބަސްވުމަށް ފައިސާގެ ގެރެންޓީ ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓަރ ގަތުމަށް މަސްކް އޮފަރ ކުރީ މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ ގާތްގަޑަކަށް 43 ބިލިއަން ޑޮލަރަށެވެ.

މިކަމާއި ގުޅިގެން، ބިލިއަނަރުމޯގަން ސްޓޭންލީ އާއި އެހެން މާލީ އިދާރާތަކުގެ ކަންބޮވުންތައް ހުރި ކަމަށް އެމެރިކާގެ "ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން" ޝާއިއުކުރި ލިޔެކިޔުންތަކުގައި ބުނެފައިވާއިރު، އެ ޑީލް ހެދުމަށް ބޭނުންވާ މިންވަރަށް ލިކުއިޑް ކޭޝް ނެތް ކަމަށް ދެކެވޭ ވާހަކަތަށް މަސްކް ވަނީ ދިފާއު ކޮށްފައެވެ.

ޓްވިޓާއިން އެންމެ ފުރަތަމަ މަސްކްގެ ހުށަހެޅުމާއި މެދު ދެކޮޅު ހެދިނަމަވެސް ފަހުންވަނީ މަސްކްއާއި އެކު މަޝްވަރާކުރަން އެއްބަސްވެފައެވެ.

ޓްވިޓަރގެ ބޯޑުން ބުނެފައިވަނީ "އެސްއީސީ" ފަދަ ރެގިއުލޭޓަރުންގެ ފަރާތުން މިސްޓަރ މަސްކްއާ މެދު އިތުރު ތަހުގީގުތަކެއް ހިންގާތޯ އާއި މިސްޓަ މަސްކް އެ ކުންފުނި ގަތުމަކީ ޓްވިޓަރގެ މުސްތަޤުބަލަށް އޮތް ކިހާވަރެއްގެ ގޮންޖެހުމެއްތޯ ކުންފުނި ވިއްކާލުމުގެ ކުރިން އެނގެންބޭނުންވާ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.