މޫސުމަށް އަންނަ ބަދަލާގުޅޭ އިތުބާރުނުހިފޭ އިޝްތިހާރު ޓްވިޓަރ މަނާކުރަނީ

އައިމިނަތު މިންހާ 27 އޭޕްރީލު 2022


ސައިންޓިފިކް އަޣުލަބިއްޔަތު ދޮގުކުރާ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން އިތުބާރު ނުހިފޭގޮތަށް އިޝްތިހާރުކުރާ ފަރާތްތަކުގެ އެޑްތައް މަނާކުރުމަށް ޓްވިޓާއިން ނިންމައިފިއެވެ. ޓްވިޓާއިން މިގޮތަށް ނިންމާފައިވަނީ ޓުވިޓާ ކުންފުނިން އާރތް ދުވަހާ ގުޅުވައިގެން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައެވެ.

ޓްވިޓާއިން ނެރުނު މި ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މިގޮތައް ނިންމުމުގެ ބޭނުމަކީ "މޫސުމީ ކާރިސާއާ ބެހޭ ގޮތުން ދެކެވޭ މުހިންމު ވާހަކަތަކަށް އެއްވެސް އުނި، އިތުރުކަމެއް އަޔަ ނުދިނުމެވެ.

ޓްވިޓައިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ޕެނަލް އޮން ކްލައިމެޓް ޗޭންޖްގެ އިތުރުން، އެ ޕެނަލް ބޭނުންކުރާ ފަރާތްތަކުން ބައިވެރިވާ ، މޫސުމާ ބެހޭ މުއާމަލާތްތަކަށް އިތުބާރުކުރެވޭ، ރަސްމީ ކޮންޓެކްސްޓެއް ފޯރުކޮށްދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޓުވިޓާ ކުންފުނީގެ ސައިޓުގައި މިހާރުވެސް މޫސުމާ ބެހޭ ހާއްސަ މައުޟޫއެއް އޮންނަ އިރު، މިދިޔަ އަހަރު އދ.ގައި ބޭއްވި މޫސުމާ ބެހޭ ކޮންފަރެންސްގައި އެ ކުންފުނިން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޙަޤީގަތާއި ޚިލާފު ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި "ޕްރީ ބަންކް" ގެ ގޮތުގައި ސިފަކުރާ އެއްޗެހި ހުށަހަޅާފަ އެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.