އެންމެ އަގުބޮޑު ސްމާޓް ފޯނުތަކަކަކީ ކޮބާ؟

ހަސަން ޒަޔާން 28 އޭޕްރީލު 2022

ސްމާޓް ފޯން ތަކުގެ އަގުތަށް ވެސް މިހާރަކަށް އައިސް އިންތިހާއަށް އެރީއެވެ. ހައި އެންޑް ސްމާރޓް ފޯނެއްގެ އަގަކީ ގާތް ގަޑަކަށް 2000$ ޑޮލަރެވެ. ނަމަވެސް މިއަށް ވުރެ ވެސް ހައި ޕްރައިސްގެ ސްމާރޓްފޯނު އެބަ ހުއްޓެވެ.

"އަގުބޮޑު" ކަމަށް ޝަރުތު ކުރަނީ ކިހިނެއް؟

"އަގުބޮޑު" ފޯނުތަކުގެ ވާހަކަ ދައްކާއިރު ދެ ވައްތަރެއްގެ ފޯނު ތަކެއް އެބަހުއްޓެވެ. އެއް ވައްތަރިކީ ރިއަލިސްޓިކް އަދި އަގު ބޮޑު ފޯނެވެ. ގެލެކްސީ އެސް "އަލްޓްރާ" ސީރީޒް އަކީ ކަށަވަރުން ވެސް އަގުބޮޑު ސީރީޒްތަކެކެވެ. މިއީ ވަރަށް ވެސް އަގުބޮޑު މޮޑެލް ތަކަކެވެ. ނަމަވެސް މި އަގަށް ލިބޭ މި ފޯނަކީ ވަރަށް ރަނގަޅު ފޯނެކެވެ.

ދެވަނަ ވައްތަރަކީ ސްޓޭޓަސް ރަމްޒުތަކެވެ. މި ފޯނުތަކަކީ އެއްވެސް މީހަކު ގަންނަން ނުވަތަ ބޭނުންކުރަން ޕްރެކްޓިކަލް ފޯނުތަކެއް ނޫނެވެ. މި ފޯނުތަކުގައި ގިނަ ފީޗަރސް ހުރެ އެހާމެ އަގުބޮޑެވެ. މަތީ ފަންތީގެ ބްރޭންޑްތަކުން މި ފޯނުތަކުގައި ބްރޭންޑްގެ ނަން ޖަހާލުމަށް ލޯބިކުރެއެވެ.

ތިރީގައި މިވަނީ މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފޯނުތަކުގެ ލިސްޓެކެވެ.

1. ސެމްސަންގް ގެލެކްސީ ފޯލްޑް: 1980$

ސެމްސަންގް ގެލެކްސީ ފޯލްޑްގެ އޮރިޖިނަލް ފޯނު 2019 ވަނަ އަހަރު ރިލީޒްކޮށްފައިވާއިރު، މި ފޯނުގެ އަގަކީ އެއިރު 1980$ އެވެ. މިއީ މެއިން ސްޓްރީމް މާކެޓަށް ފޯލްޑަބަލް ޑިސްޕްލޭއަކާއެކު ފުރަތަމަ ރިލީސް ކުރި ފޯލްޑަބަލް ޑިވައިސްއެވެ.

މިފޯނުގެ ލޯންޗްގެ މައްސަލަތައް ދިމާވި ނަމަވެސް އެއީ ވަރަށް އެކްސައިޓިން ޑިވައިސްއެއް ކަމަށާއި އަގު އެކަށީގެންވާ ކަމަށް ގިނަ ފަރާތްތަކަށް އިހްސާސް ކުރެވުނެވެ. އެއީ ޖީބަށް ފިޓްވާ ޓެބްލެޓެއް ނުވަތަ ފޯނެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ޑިވައިސްއަކަށް މި ފޯލްޑަބަލް ވުމުންނެވެ.

ސޮނީ އެކްސްޕީރިއާ ޕްރޯ 5ޖީ: 2500$

މި ލިސްޓަށް ރިސާޗް ކުރިއިރު ސޮނީ ފޯނެއް ފެންނާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. އެކްސްޕީރިއާ ޕްރޯ 5ޖީ ސޮނީއިން ލޯންޗުކުރީ 2021 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

މި ފޯނު މިހާ އަގުބޮޑުވަނީ ކޮން ކަމަކާ ގުޅިގެން ހެއްޔެވެ؟

މި ފޯނަކީ ވަރަށް ހައި ހާރޑްވެއަރ އަކާއި އެކު އުފައްދާފައިވާ ފޯނެކެވެ.

އެކްސްޕީރިއާ ޕްރޯ 5ޖީ 4ކޭ ކެމެރާ މޮނިޓަރެއްގެ ގޮތުގައި ބޭނުންކުރެވެއެވެ، ފައިލް ޓްރާންސްފަރ ޑިވައިސްއެއްގެ އިތުރުން 5ޖީ މޮޑެމް އެއްގެ ގޮތުގައި މަސައްކަތް ކުރެވެއެވެ. މިއީ ވަރަށް މަތީ ފެންވަރުގެ ވީޑިއޯ އަދި ފޮޓޯގްރަފީގެ ގިނަ މަސައްކަތްތައް ކުރާ ބަޔަކަށް އަމާޒުކޮށް އުފައްދާފައިވާ ފޯނެކެވެ. އެއީ އެންމެންނަށް ހާއްސަ ކަމެއް ނޫން ނަމަވެސް އެއީ މިދާއިރާގެ މީހުންނަށް އަގު ހުރި ކަމަކަށް ވެސް ވެދާނެ އެވެ.

ވަރޓޫ ސިގްނޭޗަރ ކޯބްރާ: 360،000$

މި ލަގްޒަރީ ބްރޭންޑަކީ ޒަމާނުއްސުރެ ލަގްޒަރީ ޑިވައިސްތައް ޕަމްޕްކުރަމުން އަންނަ ބްރޭންޑެކެވެ. ކުންފުނިން ބުނާ ގޮތުގައި ސިގްނޭޗާ ކޯބްރާ އަކީ އެންމެ ސިލަބްލް އެއް ކަމަށާއި 2017 ވަނަ އަހަރު އެކަމަށް 360،000 ޑޮލަރު ހަރަދުވިއެވެ.

މި ފޯނުގެ ހާރޑް ވެއަރގެ ވަކކި ޙާއްސަ ކަމެއް ނެތެވެ. އަނެއް ހެން ބުނާނަމަ ސިގްނޭޗާ ކޯބްރާ އަކީ ސްމާޓްފޯނެއް ވެސް ނޫނެވެ. އެއީ ރަނުގެ ބްލެޓިން އާއި ފޯނުގެ ވަށައިގެން ފޮރުވާފައި ހުންނަ އަގުބޮޑު ކޯބްރާ އިން ޒީނަތްތެރިކޮށްފައިވާ ވަރަށް ބޭސިކް ޖްވެލަރީ ފޯނެކެވެ.

ގޯލްޑްވިޝް ލެ މިލިއަން: 1.3 މިލިއަން ޑޮލަރު

ގޯލްޑްވިޝް ލެ މިލިއަން އަކީ މި ލިސްޓަށް ރިސާރޗް ކުރިއިރު ފެނުނު އެންމެ ހަޑި ފޯނެވެ. މިއީ 2006 ވަނަ އަހަރު 1.3 މިލިއަން ޑޮލަރުށް ތައާރަފްކުރި ފޯނެކެވެ. މި ފޯނަކީ 18 ކެރެޓްގެ ހުދު ކުލައިގެ ރަނުން ރެޕްކޮށްފައިވާ، ބޫމަރޭންގްގެ ސިފައިގެ ފޯނެކެވެ. މި ކުންފުނިން އުފައްދާފއިވަނީ މީގެ އެންމެ 3 ފޯނެވެ.

ފެލްކަން ސުޕަނޯވާ އައިފޯން 6 ޕިންކް ޑައިމަންޑް: 48.5 މިލިއަން ޑޮލަރު

އެހެން ކަސްޓަމް އައިފޯނުތަކާ އަޅާބަލާއިރު މިއީ ވަރަށް އާދައިގެ އައިފޯނުތަކެކެވެ. އެއީ 24 ކެރެޓްގެ ރަން ބޭރުގައި ރެޕްކޮށްފައި ހުންނަ އައިފޯން 6 އެކެވެ. ރޯސް ގޯލްޑް އާއި ޕްލެޓިނަމް ވާޝަންތައް ވެސް ހުރެއެވެ. އެކަމަކު މި ޕްރައިސް މި ފޯނަށް ލިބުނީ ކޮން ފީޗަރ އަކުން ހެއްޔެވެ؟ ފަހަތުގައި އިންނަ "ބިގް'އޯލް ޑައިމަންޑް" އެވެ. މި ސައިޒުގެ ޑައިމަންޑްސް އާންމު ގޮތެއްގައި ވަރަށް އަގުބޮޑު އެއްޗެއްގެ ގޮތުގައި ބެލެވެ އެވެ.

އަދި 48.5 މިލިއަން ޑޮލަރަކީ ތިޔަބޭފުޅުންނަށް ތަންކޮޅެއް މުއްސަނދި އެއްޗަކަށްވާނަމަ، 42.5 މިލިއަން ޑޮލަރަށާއި، 32.5 މިލިއަން ޑޮލަރަށް، އެއަށްވުރެ އަގުހެޔޮ ވާޝަންތަކެއް ލިބޭނެއެވެ.

މި ކަހަލަ ފޯން ތަކަކީ ށޯއޮފް ކުރަން ބޭނުންވާ މުއްސަދިންނަށް ޙާއްސަ ފޯނުތަކެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.