ކުލައުޑު ކޮމްޕިއުޓިންގެ ބޮޑު މަހާސިންތާއެއް ބައްވަނީ

އައިމިނަތު މިންހާ 29 އޭޕްރީލު 2022

"އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކޮންފަރެންސް ފޮރ އާޓިފިޝަލް އިންޓެލިޖެންސް އެންޑް ކްލައުޑް ކޮމްޕިއުޓިންގ" ގެ ނަމުގައި މި މަހުގެ 22 އިން 24 އަށް ސަޢޫދީ ޢަރަބިއްޔާގައި ބައިނަލް އަޤްވާމީ މަހާސިންތާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ސައުދީ އަރެބިޔާގެ ވެރިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ލޯކަލް، ގްލޯބަލް ގަވަރމަންޓް އަދި ޕްރައިވެޓް އިންސްޓިޓިއުޝަންތަކުގައި ޓެކްނޮލޮޖީގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވާނެވެ.

" ސައޫދީ ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އޮތޯރިޓީ، (އެސްޑީއޭއައިއޭ) ގެ ނަމުން މަޝްހޫރުވެފައިވާ މި މަހާސިންތާގައި ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މަހާސިންތާގައި ސައުދީ އެރަބިއްޔާގެ ސަރުކާރުގެ ގިނަ އިދާރާތަކާއި ބޮޑެތި އަމިއްލަ ކުންފުނިތައް ހިމެނޭ ގޮތަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދައުރު ފާހަގަކޮށް ޕަބްލިކް އޮތޯރިޓީ ފޯ ސްމޯލް އެންޑް މީޑިއަމް ބިޒްނަސް ނުވަތަ މޮންޝާއެޓް ވެސް ބޭއްވިގެން ދާނެކަމަށް މަޢުލޫމާތު ލިބެއެވެ.

ޑޭޓާ ސައިންސާއި އާޓިފިޝަލް އިންޓެލިޖެންސް، އިންޓަނެޓް އޮފް ތިންގްސް އަދި ސައިބަރ ސެކިއުރިޓީ ފަދަ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް އަމާޒުކޮށްގެން ބާއްވާ މި މަހާސިންތާގައި މޮންޝާޓްގެ ބައިވެރިވުމުގެ ސަބަބުން ސްޓާޓްއަޕް ކުންފުނިތަކަށާއި، ވިޔަފާރިވެރިންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި މަހާސިންތާ ސައުދީ އަރަބިއްޔާގައި ބޭއްވިގެން މިދަނީ، ހުރިހާ ދާއިރާއަކުންވެސް ސައުދީ އަރަބިއްޔާއިން ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.