ސޮނީއިން މި ހަފްތާގައި ހާމަކޮށްފައިވާ ގޮތުގައި އައު ފާމްވެއާ އަޕްޑޭޓްއަކާއެކު މިހަފްތާގައި ޕީއެސް5 އަށް ވޭރިއަބްލް ރީފްރެޝް ރޭޓް (ވީއާރްއާރް) ސަޕޯޓް ލިބޭނެއެވެ. ނަމަވެސް މީގެކުރިން އެކުންފުނިން ޕީއެސް5 އަށް ހާސަކޮށް ނެރުނު ފާމްވެއާ އަޕްޑޭޓްއަކާއެކު މިހާރުވެސް ވީއާރްއާރް ސަޕޯޓް ޕީއެސް5އަށް ލިބޭކަން މިހާރުވަނީ ހާމަވެފައިއެވެ.
އެގޮތުން މީގެ ކުރީގެ އަޕްޑޭޓެއްގައި ވީއާރްއާރް ސަޕޯޓް ހިމެނިފައި ވިޔަސް އެފީޗާވަނީ ޑިސޭބަލް ކުރެވިފައިއެވެ. އެހެންކަމުން މި ފީޗާ ބޭނުންކުރުމަށްޓަކައި ޕީއެސް5 ރީބޫޓް ކުރުމަށްފަހު ޑިސްޕްލޭ ސެޓިންގްސްއަށް ގޮސް މި ފީޗާ އެނޭބަލްކޮށްލެވޭނެއެވެ. ނަމަވެސް މިފީޗާ ބޭނުންކުރެވޭނީ ޕީއެސް5 މިފީޗާ ސަޕޯޓްކުރާ ޑިސްޕްލޭއަކަށް ގުޅާފައިވާކަމަށް ވާނަނަމައެވެ.
ސޮނީއިން މި ފީޗާ އެނޭބަލް ކޮށްފައިވަނީ ހަމައެކަނި ރަސްމީކޮށް މިފީޗާ ސަޕޯޓްކުރާ ގޭމްތަކަށެވެ. މިއާއެކު އެކުންފުނިން ވަނީ މިފީޗާ ބޭނުންކުރެވޭނެ ގޭމްތަކުގެ ލިސްޓެއް އާންމުކޮށްފައިއެވެ. ނަމަވެސް ޕީއެސް5 ގައި ބޭނުންކުރާ ހުރިހާ ގޭމެއްގައިވެސް މި ފީޗާ ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް ސޮނީއިން ހާމަކުރާގޮތުގައި އެކިގޭމްތަކުގައި މިފީޗާގެ ޕާފޯމަންސް ތަފާތުވާނެއެވެ.
ވީއާރްއާރް އަކީ ކޮމްޕިއުޓަރުގައި ބޭނުންކުރާތާ ގާތްގަނޑަކަށް ގަރުނެއް ވާން ކައިރިވެފައިވާ ޑިސްޕްލޭ ޓެކްނޮލޮޖީއެކެވެ. އެގޮތުން އެންވީޑިއާގެ ޖީ-ސިންކް އަދި އޭއެމްޑީގެ ފްރީސިންކް ގައިވެސް ބޭނުންކޮށްފައިވަނީ މި ޓެކްނޮލޮޖީއެވެ. އެޗްޑީއެމްއައި 2.1 އާއެކު ވާއާރްއާރް ވަނީ އެޗްޑީއެމްއައި ސްޓޭންޑާޑްގެ ބަޔަކަށް ވެފައިއެވެ. މިއާއެކު އެކްސްބޮކްސް ސީރީޒް އެކްސް/އެސް އަދި ޕީއެސް5 އަށް ޑިސްޕްލޭތަކާއި މުވާސަލާތުކުރެވި ގޭމްގެ ރީފްރެޝް ރޭޓާއި އެއްވަރަށް ޑިސްޕްލޭގެ ރިފްރެޝް ރޭޓް ހިފެހެއްޓުމުގެ ގާބިލުކަން ވަނީ ލިބިފައިއެވެ. މީގެ ސަބަބުން ފްރޭމް ރޭޓް އެއްވަރެއްގައި ނުހިފެހެއްޓޭ ގޭމްތަށް ކުޅުމުގައި ފުރިހަމަ ތަޖުރިބާއެއް ލިބޭނެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި