ކުރިއަށް އޮތް ސީޒަންގައި ނުކުރުންނާނެކަމަށް އުންމީދުކުރެވޭ އައިފޯން 14 ގެ ތަފާތު ހަތަރު މޮޑެލްއާ މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާއިރު އެމޮޑެލްތަކުގެ ސްކްރީން ސައިޒްގެ ފޮޓޯ ލީކް ވެފައިވާއިރު އެފޮޓޯ ތަކާމެދު އޮތީ ކިހާވަރެއްގެ ޔަޤީން ކަމެއް ބާއެވެ؟
އައިފޯން ބޭނުންކުރާ ފަރާތަކުން އަބަދުވެސް މިފަދަ ވާހަކަތަކަށް ވަރަށްބޮޑަށް އިންތިޒާރު ކުރަމުންދާނެކަމީ އެއްވެސް ޝައްކެތް އޮތް ކަމެއްނޫނެވެ. އެހެންނަމަވެސް ތަފާތު ފަރާތްތަކުން ފަތުރަމުންދާ ވާހަކަ ތަކުގެ ސަބަބުން އަހަރެމެން އިންތިޒާރު ކުރާ ކަންތައްތަކާ މެދު ވަރަށް ބޮޑަށް މިވަނީ އޮޅުން އަރާފަ އެވެ. ހަމަ ޔަގީނުން ވެސް އެނގޭކަމަކީ މިފަހަރުގެ ފޯނުތަކަށް ބަދަލުތަކެއް އަންނާނެ ކަމެވެ.
@SaranByte ނަމަކަށް ކިޔާ ޓްވިޓާ ޔޫޒާއަކުން ޝެއާކުރި މި މުހިންމު ފޮޓޯ ތަކުން ފެންނަ އައިފޯން 14 ގެ ހަތަރު މޮޑެލްގެ ސްކްރީންތައް، ކޮމްޕެއާ ކޮށްލެވޭ ގޮތަށް ތަރުތީބު ކޮށްފައިވާއިރު، ޕްރޯ މެކްސް، މެކްސް، ޕްރޯ އަދި ސްޓޭންޑަޑް ވެސް ހިމެނެއެވެ.
ފޮޓޯތަކަށް ބަލާލުމުން ފުރަތަމަ ކަމަކަށް ފާހަގަވަނީ، އައިފޯން 14 އަދި 14 ޕްރޯ ވެސް އަނެއް ދެ މޮޑެލްއަށް ވުރެ ކުޑަކަމެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ޑިވައިސްގައި 6.1 އިންޗީގެ ސްކްރީނެއް ހުންނާނެއެވެ. އަނެއްބައި ޑިވައިސްތަކުގައި 6.7 އިންޗީގެ ސްކްރީންހުންނާނެއެވެ. މިފޮޓޯއިން މި ތަފާތު ވަރަށް ސާފުކޮށް ދައްކުވައިދެއެވެ.
އަނެއް ޝައުޤުވެރި ފީޗަރއަކީ ފްރޮންޓް ފޭސިންގ ކެމެރާތަކުގެ ޖާގައަށް ރިޢާޔަތްކުރާ ފީޗަރއެކެވެ. ގިނަ ލީކްތަކުން ލަފާދީފައިވަނީ ގިނަ އެންޑްރޮއިޑް ފޯނުތަކުގައި ހުންނަ ފަދައިން އައިފޯން 14 ސީރީޒްގައި ސެލްފީ ކެމެރާއާއި ފޭސް އައިޑީފަދަ 'ޕަންޗް-ހޯލް' ކަޓް-އައުޓް ސެގްމެންޓްތައް ބޭނުންކުރާނެކަމަށެވެ.
ނަމަވެސް އާ ލީކްތަކުން ލަފާދީފައި ވަނީ އައިފޯން 14 އާއިލާގެ ވަކި ފޯނުތަކަކަށް މިފީޗަރ ލިބޭނެ ކަމަށާއި އަނެއްބައި ފޯނުތަކަށް، އައިފޯން 13 އާއިލާ ފަދައިން ނޮޗްގައި ހިފަހައްޓާނެ ކަމަށެވެ. އަދި ހަމަ އެގޮތަށް ފޮޓޯތަކުން ވެސް ފެންނަނީ އައިފޯން 14 ޕްރޯ އަދި ޕްރޯ މެކްސްގައި ކަޓް އައުޓް އަށް ސްޕޮޓްތައް ހުންނައިރު ސްޓޭންޑަޑާއި މެކްސް މޮޑެލްތަކުގައި ނޮޗް އަށް ޖާގަތައް ހުރިކަމެވެ.
ޓްވިޓާގައި އިތުރަށް ބުނެފައިވަނީ އައިފޯން 13 ޕްރޯ ޑިވައިސްތަކަށް ވުރެ މި ދެ ޕްރޯ ފޯނުގައި ބެޒެލް މާ ކުރު ކަމަށާއި އެސްޕެކްޓް ރޭޝިއޯ ތަފާތުކަމަށާއި އޭގެ ސަބަބުން އެ ފޯނުތައް ތަންކޮޅެއް ދިގު އަދި ކުރުކަމަށް ދައްކާ ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.