ސްނެޕް ޗެޓް ކުންފުނިން އާދަޔާ ޚިލާފް ޑްރޯންއެއް ނެރެފި

ދުނިޔޭގައި މިވަގުތު ހަލުވިކަމާއިއެކު ކުރިއަރަމުން އަންނަ އަދި ދިވެހިންގެ ތެރޭގައިވެސް ވައިގައި ހިފާފައިވާ އަންނަ އެޕްލިކޭޝަނެއްކަމަށްވާ ސްނެޕް ޗެޓް ކުންފުނިން މުޅިން އާވައްތަރެއްގެ ޑްރޯންއެއް މާކެޓަށް ނެރެފިއެވެ.

މިއީ ސެލްފީ ދަނޑިއެއްނެތި ސެލްފީ ނެނގޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޑްރޯންއެކެވެ. ސްނެޕް ކުންފުނިން "އުދުހޭ މިތުރެއް" ގޮތުގައި ސިފަކޮށް "ޕިކްސީ"ގެ ނަން ދީފައިވާ މި ޑްރޯންއަކީ މިއަދު ސެނެޕް ޗެޓް ބޭނުންކުރާ ފަރާތްތަކުން އަޖުމަ ބަލާލަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ އެއްޗަކަށް ވީނަމަވެސް މިވަގުތަށް މި ޑްރޯން ބޭނުންކުރަމުން އަންނަނީ ފްރާންސް އާއި އެމެރިކާގައި އެކަންޏެވެ.

ސްނެޕް ކުންފުނިން ނެރެފައިމިވާ އުދުހޭ ޑްރޯންއަކީ ވައިގެ ތެރޭގައި އުދުހޭއިރު މީތި ބޭނުންކުރާ މީހާ އޭތި ކޮންޓްރޯލް ކުރުމަށް އެއްވެސްކަމެއް ކުރަން ނުޖެހޭގޮތަށް ތައްޔާރުކުރެވި، އޭގެން ނަގާފޮޓޯތައް ވަގުތުން ފޯނުގެ ސްނެޕްޗެޓް އެޕްލިކޭޝަނަން ފޮނުވައިދީ އަދި ޑްރޯން އުދުހި ނިމުމުން އޭތި އަމިއްލަ ޒާތުގައި އައިސް އަތަށް ޖައްސާގޮތަށް ފަރުމާ ކުރެވިފައިވާ އެއްޗެކެވެ.

ސްނެޕް ކުންފުންޏަކީ މިއަދު ދުނިޔޭގައި ކުރިއަރަމުން އަންނަ ކުންފުންޏަކަށްވާއިރު މި ކުންފުނީގެ ފަރާތުން މި ނެރުނު އާދަޔާ ޚިލާފް އުދުހޭ ޑްރޯން (ޕިކްސީ)ގެ ސަބަބުން ސްނެޕް ޗެޓްގެ ޚިދުމަތް ބޭނުންކުރާ ފަރާތްތައް މިހާރަށް ވުރެ އެތަށް ތަނަކުން އިތުވެގެންދާނެ ކަމަށް އެކުންފުނިން އަންދާޒާކުރެއެވެ.


އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.