އެމެރިކާގެ މެއިސުޗޫސުޓްސް އިންސްޓިޓޫޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގެ ދިރާސާވެރިންތަކެއް ލޮނުފެން ބޯފެނަށް ބަދަލުކޮށްލާ ޖާދުލެއް ފަދަ ޑިވައިސެއް އުފައްދައިފިއެވެ. މިއީ ހަމަ އެންމެ ފިތަކަށް ފިތާލައިގެން ލޮނުފެން، ބޯފެނަށް ބަދަލުކޮށްލެވޭ ގޮތަށް ފަރުމާ ކުރެވިފައި ޑިވައިސްއެކެވެ.
ކުރިން ދިވެހިން ދަތުރު ފަތުރު ކުރުމަށް ބޭނުންކުރާ ބުރިފްކޭހެއްގޮތަށް ފަރުމާ ކުރެވިފައިވާ އެ ޑިވައިސްގެ ބަރުދަނުގައި 10 ކިލޯ ވެސް ނުހުންނައިރު، މި ޑިވައިސްއަކީ ކަރަންޓާއި އަދި ސޯލާ ބޭނުންކޮށްގެންވެސް ބޭނުންކުރެވޭ ޑިވައިސްއެކެވެ.
މި ޑިވައިސްއިން ސާފުކޮށްދޭ ފެނަކީ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބުލިޔު އެޗް އޯ) ގެ މިންގަޑަށް ފެތޭ ފެނަކަށްވާއިރު މި ޑިވައިސް ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރި ވެލެއްވި ޕްރޮފެސަރު ޖޮންޔޫން ހަން ހާމަ ކުރެއްވި ގޮތުގައި މި ޑިވައިސް ތައްޔާރު ކުރުމަށް 10 އަހަރުދުވަސް ހޭދަވެފައިވެއެވެ.
އާދަޔާ ޚިލާފް މި ޑިވައިސް ފަރުމާކުރި އެމްއައިޓީން މަޢުލޫމާތު ދޭ ގޮތުގައި އެ ޑިވައިސް ބޭނުންކުރުމަށް ކޮންމެހެން ކަމުގެ ފަންނީ މީހަކު ބޭނުމެއް ނުވެއެވެ. ސްމާރޓް ފޯނުގެ އެޕެއްގެ އެހީގައިވެސް މި ޑިވައިސް އޮޕްރޭޓްކޮށްލެވޭނެއެވެ.
މީގެ ފުރަތަމަ ޑިވައިސް މިހާރު ޓެސްޓް ކުރެވިފައިވާއިރު ގަޑިއެއްގެ އިރު ތެރޭގައި 0.3 ލީޓަރުގެ ފެން އުފެއްދޭއިރު މިހާރު އެމީހުންގެ މަސައްކަތަކީ ގަޑިއަކު އުފެއްދޭ ފެނުގެ މިންވަރު އިތުރަށް ގިނަކޮށް އަވަސްކުރުމެވެ.
ކަމުގެ ފަންނީ ބޭފުޅުން ހާމަކުރައްވާ ގޮތުގައި އެންމެ ފިތަކަށް ފިތާލައިގެން ލޮނުފެން، ބޯފެނަށް ބަދަލުކޮށްލެވޭ މިފަދަ ޑިވައިސްއެއް ވުޖޫދުވެގެން އައުމަކީ ހަމަ ޖާދުލެއް ފަދަކަމެކެވެ.
ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި