ލިތިއަމް-އައިން ބެޓެރީއެއް ހަ މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 60 ޕަސެންޓް ކެޕޭސިޓީއަށް ޗާޖްކުރެވޭ ޓެކްނޮލޮޖީއެއް ޗައިނާގެ ސައިންސްވެރިން ހޯދައިފިއެވެ.
ސައިންވެރިން ވަނީ މިޓެކްނޮލޮޖީ އުފެއްދުމަށްޓަކައި ބެޓެރީގެ މުހިންމު ކޮމްޕޯނަންޓެއް އަލުން ދެނެގަނެއް ކާމިޔާބު ކަމާއެކު ޓެސްޓްތައް ކޮށްފައެވެ. މި ކާމިޔާބީއަކީ އިލެކްޓްރިކް ވެހިކަލްތަކުގެ ދުނިޔެއަށް ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި ބެލެވިފައިވާ އިރު، ކޮންވެންޝަނަލް ކާރުތަކަށް ރީފިއުލް ކުރާ ވަގުތުތަކަށްވުރެ އެތައް ގުނައެއް ފަހަތުގައި އޮންނަ، އެ ވެހިކަލްތަކުގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ނައްތާލެވިދާނެ ޓެކްނޮލޮޖީއެކެވެ.
ޗައިނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ރިސާޗަރުންގެ އިސްނެގުމާއެކު މި މަސައްކަތް ފޯކަސް ކުރަނީ ލިތިއަމް-އަޔަން ބެޓެރީއެއްގައި ހުންނަ ދެ އިލެކްޓްރޯޑުގެ ތެރެއިން އެއް އިލެކްޓްރޯޑުގެ މައްޗަށެވެ. މިއީ މި ދާއިރާގެ ސައިންސްވެރިންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރި ކަމަކަށް ވާތީ ރީޑިޒައިން ކޮށްފައިވާ އެނޯޑްސް އިން ޕާފޯމަންސް ގެ ބޮޑު ކުރިއެރުމެއް ލިބިދާނެކަމަށް ސައިންސްވެރިން ޤަބޫލުކުރެއެވެ. އޭގެ ތެރޭގައި މިހާރަށް ވުރެ ގިނައިން ހަކަތަ ހިފެހެއްޓުމާއި އެއަށް ވުރެ އަވަހަށް ޗާޖު ކުރުން ހިމެނެ އެވެ.
މި އާ ދިރާސާގެ ލިޔުންތެރިން ބަލާފައިވަނީ ސްޓޭންޑަޑް އެނޯޑްގައި ރަނގަޅުކުރަން ބަލާފައިވަނީ ވަކި ސައިޒެއްގެ ގްރެފީޓް ޕާޓިކަލްސްތަކެއް ހިމަނައިގެން އާ ޕޮރޫސް އާކިޓެކްޗާއެއް ފަރުމާކޮށްގެންނެވެ.
އެނޯޑްގައި ތަފާތު ސައިޒުގެ ޕާޓިކަލްތަކާއި ސްޕޭސްތައް އައިޑިއަލް ޑިސްޓްރިބިއުޝަން އާ އެކު، އެ ޓީމުން ވަނީ ކޮޕަރ ނެނޯވަޔަރާއި ކޮޕަރ ކޯޓިން އެއް އިތުރުކޮށް، އެމީހުންގެ ނޮވެލް ކޮމްޕޯނަންޓް އުފެއްދުމަށް ޓަކައި ހޫނު އަދި ކޫލިންގ ޓްރީޓްމަންޓްތައް ވެސް ބޭނުންކޮށްފައެވެ. ޓެކްއެކްސްޕްލޯރގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެނޯޑް ސްޓޭންޑަޑް ލިތިއަމް-އައޮން ބެޓެރީއެއްގެ ތެރެއަށް ވައްދައި، 5.6 މިނެޓުތެރޭ 60 އިންސައްތައަށް އަދި 11.4 މިނެޓުގެ ތެރޭގައި 80 އިންސައްތައަށް ރީޗާޖް ކުރުމަށް މަގުފަހިކޮށްދެއެވެ.
"ވަރަށް ބާރަށް ޗާޖުކުރާ ލިތިއަމް އައިއޮން ބެޓެރީއެއް" ގެ ގޮތުގައި ސައިންސްވެރިން ސިފަކުރާ މި ޓެކްނޮލޮޖީއަކީ، ޗާޖު ކުރާ މިނެޓަކަށް 10 މޭލު (16 ކިލޯމީޓަރު) ގެ ދިގު ދަތުރެއް އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީގެ "ފާސްޓް ޗާޖް ގޯލް" އަށް އިޝާރާތްކޮށް، އެންމެ އެދެވިގެންވާ އިލެކްޓްރިކް ވެހިކަލްތަކާ ދިމާއަށް އެޅޭ އުންމީދީ ފިޔަވަޅެއް ކަމަށް ސައިންސްވެރިން ދެކެ އެވެ.
މި ދިރާސާ ޝާއިއުކޮށްފައި ވަނީ ސައިންސް އެޑްވާންސް ޖާނަލްގަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.