ލޮޓީފައިލްސްއިން 37 މިލިއަންޑޮލަރުގެ ފަންޑިންއެއް ހޯދައިފި

އާރު 03 މޭ 2022

ޑިޒައިނަރުންނާއި ޑިވެލޮޕަރުންގެ މެދުގައި އެނިމޭޝަންސްއަށް ޚާއްސަ ޕްލެޓްފޯރމް ލޮޓީފައިލްސްއިން ސީރީސް ބީ ފަންޑިންގް ރައުންޑްއިން 37 މިލިއަން ޑޮލަރު ސްކޮޔަރ ޕެގް ކެޕިޓަލްގް އިން އިންވެސްޓްކުރިކަން މިއަދު ވަނީ އިއުލާނުކޮށްފައެވެ. މި އިންވެސްޓުމެންޓަށް xyz ވެންޗަރ ކެޕިޓަލް، ގްރޭޓްޕޮއިންޓް ވެންޗަރސް އަދި ކުރީގެ އިންވެސްޓަރުން ކަމުގައިވާ 500 ސްޓާރޓަޕްސް އަދި މައިކްރޮސޮފްޓްގެ ވެންޗަރ ފަންޑް އެމް 12 އިންވެސް އިންވެސްޓުކުރިއެވެ.

ލޮޓީފައިލްސްއިން މި އިންވެސްޓްމެންޓް ޚަރަދުކުރާނީ ޕްރޮޑަކްޓްގެ ރޯޑްމެޕް ފުޅާކުރުމަށާއި އިތުުރުވަމުން އަންނަ ޔޫޒަރ ބޭސް އަށް ޚިދުމަތްދިނުމަށް އެކުންފުނީގެ އޮޕަރޭޝަންސް ފުޅާކުރުމަށެވެ. މިއާއިއެކު އައު ޑިޒައިން ވޯކްފްލޯރ އަދި ކޮލަބޮރޭޝަން ސޮލިއުޝަން އެއް މި އަހަރުގައި އުފެއްދުމަށްވެސް ޚަރަދު ކުރާނެކަމަށް އެކުންފުނިން ބުނެއެވެ. މި އުފެއްދުންތަކާއިއެކު ލޮޓީފައިލްސް ބޭނުންކޮށްގެން ޑިޒައިނަރުންގެ އުފެއްދުންތަކުން 15 ގަޑިއިރު ސަލާމަތްކޮށް %80 ވަގުތު ކްރިއޭޓިވިޓީއަށް އަމާޒުކުރަން އެހީތެރިވެދޭނެއެވެ. ލޮޓީފައިލްސް ބޭނުންކޮށްގެން ވަކި ވަކި ޕްލެޓްފޯރމުތަކަށް ކޯޑުނުކޮށް މޯޝަން ގްރެފިކްސް ލުމުގައި މޯޝަން ޑިޒައިނަރުން އަދި ޑިވެލޮޕަރުންގެ އެތައް ހަފްތާއެއްގެ ވަގުތު ސަލާމަތްކުރެވެއެވެ.

"އަޅުގަނޑުމެންގެ މިޝަންއަކީ މޯޝަން ޑިޒައިން އަދި ގްރެފިކްސް އެނިމޭޝަން ޑިމޮކްރަޓައިޒްކޮށް އެންމެންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ހެދުން " ލޮޓީފައިލްސްގެ ސީއީއޯ ޝިޓީޖް މިންގްލާނީ ހާމަކުރިއެވެ ”ލޮޓީފައިލްސްއިން ޑިޒައިންކުރުމާއި އުފެއްދުމުގެ ވޯކްފުލޯ ޕްރޮސެސް އެއްކޮށް ބަދަލުކޮށްލާ، ޑިޒައިނަރުންނާއި ޑިވެލޮޕަރުންގެ އުފެއްދުންތައް ބޭނުންކުރާ މީހުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ބާރުވެރިކުރުވައެވެ. މިދިޔަ ތިން އަހަރުގައި ލޮޓީފައިލްސްގެ ޓީމު ހޭދަކުރީ މިހާރުވެސް ދުނިޔޭގެ 135،000 އަށްވުރެ ގިނަ ކުންފުނިތަކުގެ ޑިޒައިނަރުންނާއި ޑިވެލޮޕަރުން ބޭނުންކުރަމުންދާ ބްލޫޕްރިންޓެއް ދިރާސާކޮށް ފުރިހަމަ ކުރުމަށެވެ. މި ފުރުސަތަކީ އަޅުގަނޑުމެންގެ ޔޫޒަރ ބޭސް މިހާރަށްވުރެ ވެސް ބޮޑުކުރުމަށް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް" ޝިޓީޖް ހާމަކުރިއެެވެ.

މިއަދުގެ އެންމެ ގިނަ އެޕްތަކާއި، މަޝްހޫރު ވެބްސައިޓްތަކާއި ޕްލެޓްފޯމްތައް މިހާރު ބޭނުންކުރަނީ އޯޕަން ސޯސް ވެކްޓަރ ބޭސްޑް ފައިލް ފޯމެޓް، ލޮޓީއެވެ. ލޮޓީ އަކީ ޖޭ.އެސް.އޯ.އެން އެނިމޭޝަން ފައިލް ފޯމެޓެކެވެ. މި ފޯމެޓަކީ ޑިޒައިނަރުންނަށް ސްޓެޓިކް އެސެޓްސް ފަދައިން ފަސޭހަކަމާއިއެކު ކޮންމެ ޕްލެޓްފޯމެއްގައި އެނިމޭޝަން ލުމުގެ ފުރުސަތު ފަހިކޮށްދޭ ފޯމެޓެކެވެ. ލޮޓީސް އަކީ ވެސް ކޮންމެ ޑިވައިސްއެއްގައި ވެސް މަސައްކަތް ކުރާ އަދި ޕިކްސަލޭޓްނުވެ ސްކޭލް ކޮށްލެވޭ ކުދި ކުދި ފައިލްތަކެކެވެ. ޑިޒައިނަރުންނަށް އެޕް އޮންބޯޑިން އަދި އިން-އެޕް އެނިމޭޝަން، ރިއެކްޝަންސް، އިންފޯގްރެފިކްސް، ސޯޝަލް މީޑިއާ އެސެޓްސް، އެނިމޭޓެޑް އައިކަންސް، ސްޓިކާ، ގޭމިން އެސެޓްސް އަދި މިނޫންވެސް އެތައް އެއްޗެއް އުފެއްދުމުގެ ފުރުސަތު ދެއެވެ.

lottiefiles.com ވެބްސައިޓްގައި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 135،000 އަށް ވުރެ ގިނަ ކުންފުނިތަކުގެ ޔޫޒަރުން ގުނާއިރު، އޭގެ ތެރޭގައި ދުނިޔޭގައި ފަހާގަކޮށްލެވޭ ކުންފުނިތައްކަމުގައިވާ ގޫގުލް، ޓިކްޓޮކް، ޑިޒްނީ، އޫބަރ، އެއާބީއެންބީ އަދި ނެޓްފްލިކްސްގެ އެނިމޭޝަން ޑިޒައިނަރުންނާއި މޯޝަން ޑިޒައިނަރުން ހިމެނެ އެވެ. ކޮންމެ 9 ސިކުންތަކުން އާ އެނިމޭޝަންއެއް ލޮޓީފައިލްސް ވޯކްފްލޯ އާއި ޓޫލިން މެދުވެރިކޮށް ހިނގާއިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޮޓީ މޯޝަންއަށް އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ މަންޒިލެވެ. ލޮޓީފައިލްސްގައި އެންމެ މަގުބޫލު ޑިޒައިން ޓޫލްތައް ކަމަށްވާ އެޑޯބީ އެކްސްޑީ، އެޑޯބީ އާފްޓަރ އިފެކްޓްސް، ފިގްމާ، ވެބްފްލޯ، ވޯޑްޕްރެސް، އަދި މިނޫންވެސް ގިނަ އާލާތްތަކާއެކު އިންޓަގްރޭޝަންތައް ވެސް ހުރެ އެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ މަހު މައިކްރޯސޮފްޓް ވެންޗާ ފަންޑް އެމް12 އިން ސީރީޒް އޭ ފަންޑިންގައި ނުވަ މިލިއަން ޑޮލަރު ހޯދިއިރު، އެ ދުވަހުން ފެށިގެން އެ ކުންފުނީގެ ގްރޯތް އިތުރުވެ ރެޖިސްޓާޑް ޔޫޒަރުންގެ 160 ޕަސެންޓް ގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ. ސީރީޒް އޭ ފައިނޭންސިންގ ގެ ސަބަބުން އެކުންފުންޏަށް ޑިޒައިން އެސެޓް ލައިބްރަރީއެއް ހޯދުމާއި، އެކުންފުނީގެ އޮޕަރޭޝަންތަކާއި ޓީމް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 100 އަށްވުރެ ގިނަ މުވައްޒަފުންނަށް ފުޅާކުރުމާއި، ފުޅާވެފައިވާ ޔޫޒަރ ބޭސްއަކާއެކު ލޮޓީ އަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އެޑޮޕްޓް ކުރުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ.

"ލޮޓީފައިލްސް އާއެކު މަސައްކަތްކޮށް، ދުނިޔޭގެ އެނިމޭޝަން އިންޑަސްޓްރީއަށް އެންމެ ރަނގަޅު ފެންވަރުގެ ސްޓޭންޑަޑްތައް ބިނާކުރާއިރު، މިދަތުރުގެ ބައިވެރިވެވޭތީވެ އަޅުގަނޑުމެންވަރަށް އުފާވޭ" ސްކޮޔަރ ޕެގް ކެޕިޓަލްގެ ޕާޓްނަރ ޕިރޫޒޭ ސަބުންކޫ ހާމަކުރިއެވެ. " ލޮޓީފައިލްސް ކުރިޔަށްދަނީ ޑިޒައިންގެ މުސްތަގުބަލަކީ މޯޝަންކަމަށް ކަމަށްބަލައި ޑިޖިޓަލް އެންގޭޖްމެންޓު ބިނާވެގެންވަނީ އިންޓަރެކްޓިވިޓީގެ މައްޗަށްކަމަށް ބަލައިގެންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ލޮޓީފައިލްސް ކޮމިއުނިޓީއާއި ބޮޑެތި ޓެކް ކުންފުނިތަކުން ފެށިގެން ވަކިވަކި ޑިޒައިނަރުންނާ ހަމައަށް ލޮޓީފައިލްސްގެ މި މަސައްކަތާއިމެދު އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި." ޕިރޫޒް ސަބުންކޫ ހާމަކުރިއެވެ.

އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.