ރަހަ ހެޔޮވަރު ކުރުމަށް ރޮބޮޓްގެ ބޭނުންކުރަން ފަށައިފި

ކާބޯތަކެތި އުފެއްދުމުގެ ޞިނާޢަތުގައި ރޮބޮޓްތައް ފައިތިލަ ސާބިތުކުރާ ތަން އަޅުގަނޑުމެންނަށް ފެންނަން ފަށައިފައި މިވަނީ ވަރަށް ޝައުޤުވެރި ކުރުވަނިވި ގޮތަކަށެވެ. ޑެލިވަރީތައް ހިންގާ ޑްރޮއިޑްތަކުން ފެށިގެން، ސައިބަރނެޓިކް ޝެފުންނާ ހަމައަށެވެ. ފްރަޔާ ސްޓޭޝަންތައް އޮޕަރޭޓްކުރާ ސައިބަނެޓިކް ޝެފުންނާއި، ގަޑިއަކު 300 ޕިއްޒާ، ތައްޔާރުކުރާ ސިސްޓަމްތަކާ ހަމައަށް ރޮބޮޓްތައް މިވަނީ އަރާހަމަކޮށްފައެވެ.

ޔުނިވާސިޓީ އޮފް ކެމްބްރިޖްގެ ދިރާސާކުރާ ފަރާތްތަކުން ރޮބޮޓިކްސްގެ މި ދާއިރާގެ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެ ޔުނިވަރސިޓީގެ ސައިންސްވެރިންވަނީ ކާބޯތަކެތި "ރަހަ" ހެޔޮވަރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މެޝިނެއް އުފައްދައި، އެ މެޝިނުގެ އެހީގައި ކާބޯތަކެތީގެ ލޮނު ނުވަތަ އެހެންވެސް ރަހަތައް ހުންންންޖެހޭ މިންވަރަށް ތަފާތު ކުރުމެއްނެތި ބެހެއްޓޭނެކަން ޔަގީން ކޮށްދީފަ އެވެ.

ސައިންސްވެރިން އުފެއްދި ރޮބޮޓް ޝެފް އަކީ ހަގީގަތުގައި 2020 ވަނަ އަހަރު އެމީހުން ވިސްނަމުން އައި ޕްރޮޖެކްޓެއްގެ ކޮންޓިނިއުއޭޝަނެކެވެ. މި ރޮބޮޓް އުފައްދާފައިވަނީ ޔުނިވާސިޓީ އޮފް ކެމްބްރިޖްގެ ޓީމުން ޑޮމެސްޓިކް އެޕްލަޔަންސް ކުންފުންޏެއް ކަމަށްވާ ބެކޯއާ ގުޅިގެންނެވެ.

ސައިންސްވެރިން ހާމަކޮށްފައިވާގޮތުގައި އެމީހުންގެ ވިސްނުން ގެންގުޅުނީ ހަމައެކަނި ޕިއްޒާއެއް ނުވަތަ ބަރގަރއެއް ތައްޔާރުކުރާ މެޝިނަކަށް ނޫނެވެ. އެކަމަކު އެމީހުން ވިސްނީ ކުރިންވެސް އުންމީދުކުރެވުނު ފަދައިން، އިންސާނުންގެ ފީޑްބެކްގެ މައްޗަށް ބިނާކޮށް، ކާނާގެ ރަހަތައް ރަނގަޅުކޮށެދެވޭވަރުގެ ޤާބިލްކަން ހުރި މެޝިނެއް އުފެއްދުމަށެވެ.

އެތައް އަހަރެއް ވަންދެން ކުރިއަރަމުން އައި މި ޕްރޮސެސްއިން ވެސް ފެންނަނީ ލާވާ ކެމިކަލް ކޮމްޕައުންޑްތައް ކާއެއްޗެހީގެ ތެރެއިން އައިސް، ތުންފަތުގައި ރިސެޕްޓަރުގެ ރަހަ މީރުކޮށް، އޭގެ ސިގްނަލްތައް ސިކުނޑިއަށް ފޮނުވައިދޭ މަންޒަރެވެ. ސައިންސްވެރިން ވިސްނީ ރޮބޮޓިކް ސިސްޓަމަކުން މިފަދަ ކަމެއް ކުރެވިދާނެ ނަމަ، އޭގެ ކެއުން ފްލޭވާގައި އެޖަސްޓްމެންޓްސް ކޮށްލެވިދާނެ ގޮތެއް ހޯދުމަށެވެ. އެންމެ ފަހުން މީގެ ނަތީޖާއަކަށް ވެގެންދާނީ އިންސާނުންނަށް ވުރެ ކުޅަދާނަ ކަމާއެކު ރަހަ ރަނގަޅު ޑިޝް އުފެއްދުމުގެ ޤާބިލްކަން ރޮބޮޓަށް ލިބިގެން ދިއުމެވެ.

ދިރާސާގެ ކޯ-ލިޔުންތެރިޔާ ޑރ އާރސެން އަބުދުލްއަލީ ވިދާޅުވާ ގޮތުގައި ރަހަ ލާއިރު، ޗޫވިން ޕްރޮސެސްއަކީ ވެސް އަހަރެމެންގެ ސިކުނޑިއަށް މެދުނުކެނޑި ފީޑްބެކް ފޯރުކޮށްދޭ ޕްރޮސެސްއެކެވެ. އެހެންވެ ރޮބޮޓިކް ސިސްޓަމެއްގައި ޗޫވިން އާއި ޓޭސްޓް ކުރުމުގެ އިތުރު ރިއަލިސްޓިކް ޕްރޮސެސްއެއް ތަކުރާރުކުރެވިދާނެކަން ވިސްނުނެވެ. އޭގެ ނަތީޖާއަކަށް ވާނީ މީރު އެހާމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓެއް އުފެދުމެވެ.

މި ޓީމުގެ އާ މެޝިނުގައި ރޮބޮޓިކް އާރމްއަކަށް ފިކްސްޑްކޮށް ސެލިނިޓީ ސެންސަރެއްގެ ގޮތުގައި ކޮންޑަކްޝަން ޕްރޯބް ބޭނުންކޮށްފައި ވެއެވެ. އޭގެ ސަބަބުން މި ރޮބޮޓަށް ސްކްރަބްލްޑް އެގްސް އާއި ޓޮމާޓޯގެ ތަފާތު ފާހަގަކުރަން އެނގޭއިރު ކޮންމެ ޑިޝްއެއްގައި ވެސް ޓޮމާޓޯ އާއި ލޮނުގެ ތަފާތު ބާވަތްތައް ހުރެ އެވެ.

ސައިންސްވެރިން ގެ އުންމީދަކީ އެމީހުންގެ ރޮބޮޓިކް ޝެފްއަށް އިތުރު ފަންކްޝަނަލިޓީ އިތުރުކޮށް، މީރު އަދި ތެލުލި ކާނާގެ ރަހަ ތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދޭ އާ ސެންސިންގް އެބިލިޓީސް އިތުރު ކުރުމެވެ.

މި ދިރާސާ ޝާއިއުކޮށްފައިވަނީ ޖާނަލް ފްރޮންޓިއާސް އިން ރޮބޮޓިކްސް އެންޑް އޭއައި ގައެވެ.

ސޯސް: ޔުނިވާސިޓީ އޮފް ކެމްބްރިޖް

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.