އީލޮން މަސްކްގެ ޓްވިޓާއަށް އާ ސީއީއޯއެއް އައްޔަނު ކުރަނީ

ސޯޝަލް ނެޓްވޯކް (ޓްވިޓަރ) 44 ބިލިއަން ޑޮލަރަށް ވިއްކާލުމުގެ މަސައްކަތް ނިމުމުން ސީއީއޯ ޕަރަގް އަގްރަވާލްގެ ބަދަލުގައި ޓްވިޓާއަށް އާ ޗީފް އެގްޒެކެޓިވްއެއް އެލޮން މަސްކް އައްޔަންކުރަން އުޅޭ ކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފި އެވެ.

ޓްވިޓާގެ ޗެއާމަން ބްރެޓް ޓެއިލަރ އަށް މިދިޔަ މަހު މުސްކް ވިދާޅުވެފައި ވަނީ ސެން ފްރެންސިސްކޯގައި ހުންނަ އެ ކުންފުނީގެ މެނޭޖްމަންޓާ މެދު އޭނާގެ އިތުބާރު ނެތް ކަމަށެވެ.

ނޮވެމްބަރު މަހު ޓްވިޓާގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ހޮވުނު ޕަރަގް އަގްރަވާލް، މިސްޓަރ މަސްކްއަށް ކުންފުނި ވިއްކާލުމުގެ މަސައްކަތް ނިމެންދެން އޭނާގެ ރޯލުގައި ދެމިހުންނާނެ ކަމަށް ބެލެވެއެވެ.

މަސްކްގެ ޕްލޭންތަކާ ބެހޭ ގޮތުން ރޮއިޓާސްއަށް މައުލޫމާތު ދިން މަސްދަރުން ވަނީ ރިޕްލޭސްމަންޓަކީ ކޮން ބޭފުޅެއްކަން ހާމަކުރަން ދެކޮޅު ހަދާފަ އެވެ.

ރިސާޗް ފާމެއް ކަމަށްވާ އިކުއިލާރް އިން ބުނާ ގޮތުގައި ސޯޝަލް މީޑިއާ ކުންފުނީގެ ކޮންޓްރޯލް ބަދަލުވިތާ 12 މަސް ދުވަހުގެ ތެރޭގައި ސީއީއޯ ބަދަލުކޮށްފި ނަމަ އަގްރަވާލް އަށް 42 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެރިޔާ މަސްކު، އަގްރަވާލުއާއި މެދު އޮތް ދެކޮޅު ވެރިކަމާ ގުޅިގެން އަގްރަވާލް އަށް އޭނާގެ މުސްތަގުބަލާ މެދު އޮތް އިތުބާރު ވަނީ ގެއްލިފަ އެވެ.

ނަމަވެސް ޗީފް އެގްޒެކެޓިވް އަގްރަވާލު ވަނީ މިދިޔަ ހުކުރު ދުވަހު ކޮމްޕެނީ ވައިޑް މީޓިންއެއްގައި މުވައްޒަފުންގެ ރުޅިގަނޑު މައިތިރި ކުރުމަށް މަސައްކަތް ކޮށްފަ އެވެ.

މި ބައްދަލުވުން މި އައީ ޓްވިޓާގެ ކޮންޓެންޓް މޮޑަރޭޝަން ޕްރެކްޓިސްތަކަށާއި ސްޕީޗް އެންޑް ސޭފްޓީ ޕޮލިސީތައް ކަނޑައެޅުމުގެ އެންމެ އިސް އެގްޒެކެޓިވްއަށް މަސްކް ތަކުރާރުކޮށް ފާޑުވިދާޅުވުމުންނެވެ.

ރޮއިޓާސްއިން އަޑުއެހި އިންޓާނަލް ޓައުން ހޯލް މީޓިންގައި އެގްޒެކެޓިވްސް ވިދާޅުވީ އެ ކުންފުނިން ކޮންމެ ދުވަހަކު ސްޓާފުން ގެ މަސައްކަތް މޮނިޓާ ކުރާނެ ކަމަށާއި ނަމަވެސް މަސްކްއާއެކު ހަދާފައިވާ ބައިއައުޓް ޑީލްގެ ސަބަބުން މުވައްޒަފުން ހިފެހެއްޓުމަށް އަސަރު ކުރާނެ ގޮތް ބުނަން އަދި މާ އަވަސް ކަމަށެވެ.

މަސްކް ވަނީ ބޯޑާއި އެގްޒެކެޓިވް މުސާރަ އިން ބައެއް އުނިކުރުމަށް ލޯނު ދޭ ފަރާތްތަކަށް ފިއްތުންތައް އަމާޒުކޮށްފަ އެވެ. އެއް މަސްދަރުން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނީ ޓްވިޓާގެ މިލްކުވެރިކަމާ ހަވާލުވާންދެން ސީއީއޯގެ ވަޒީފާ ކަނޑާލުމާ މެދު ގޮތެއް ނުނިންމާނެ ކަމަށެވެ.

ހިއްސާދާރުންގެ އަގު ތަކާއި ޑިއުޓީގެ ވާހަކަ އަޑުއިވުމުން އަހަރެން ފޫހިވެއްޖެ އެވެ. ޑީލް ނިމުމަކަށް އައުމަށްފަހު ގިނަ މުވައްޒަފުންނަށް ވަޒީފާ ގެއްލޭނެ ކަމުގެ ވަރަށް ބޮޑު ފުރުސަތު އޮތް ކަމާ މެދު ތިބާގެ ވިސްނުންތަކަކީ ކޮބައިތޯ؟" ޓްވިޓާގެ އެއް މުވައްޒަފަކު އަގްރަވާލްއާ ސުވާލު ކުރީ އެ ބައްދަލުވުމުގަ އެވެ.

އަގްރަވާލް ޖަވާބުގައި ބުނީ ޓްވިޓާއިން އަބަދުވެސް މުވައްޒަފުންނާ މެދު އަޅާލާ ކަމަށާއި އެ ގޮތުގައި ދެމި ހުންނާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުސްތަގުބަލުގެ ޓްވިޓާ އޯގަނައިޒޭޝަނުން ދުނިޔެއަށާއި ކަސްޓަމަރުންނަށް ކުރާ އަސަރުތަކާ މެދު ސަމާލުވެ ތިބޭނެ،" އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އަގްރަވާލް ވަނީ އާ ލީޑާޝިޕެއްގެ ދަށުން މުސްތަގުބަލުގައި ބަދަލު ލިބޭނެ ކަމަށް ލަފާކުރުމަށް މުވައްޒަފުންނަށް އިލްތިމާސްކޮށް، ފާއިތުވި އަހަރުތަކުގައި އެ ކުންފުންޏަށް މިހާރަށް ވުރެ ރަނގަޅަށް ޕާފޯމް ކުރެވުނީސް ކަމަށް އިއުތިރާފުވެފަ އެވެ.

"ޔެސް، ތަފާތުކޮށް އަދި މާ ރަނގަޅަށް ކަންކަން ކުރެވުނީސް. ތަފާތު ގޮތަކަށް ކަންކަން ކުރެވުނީސް. އަޅުގަނޑު ވަރަށް ބޮޑަށް އެކަމާ ވިސްނަން،" އޭނާ ވިދާޅުވި އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.