ޓްރުތްސޯޝަލް އެޕް މިމަހު ފަހުކޮޅު ނެރެނީ: ސީއީއޯ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްރޫތް ސޯޝަލް އެޕް މެއި މަސް ނިމުމުގެ ކުރިން ވެބް ބްރައުޒާއެއްގައި ލޯންޗް ކުރާނެ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޑެވީން ނުނެސް ވިދާޅުވެއްޖެ އެވެ.

އެ ކުންފުނީގެ ޗީފް ނުނެސް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެންޑްރޮއިޑް ޑިވައިސްތަކަށް ގޫގުލް ޕްލޭ ސްޓޯރުގައި ލޯންޗް ކުރަން ޓްރުތް ސޯޝަލް އަށް އަދި އެޕްރޫވް ކޮށްފައި ނުވާ ކަމަށެވެ. "މެއި މަހުގެ ފަހުކޮޅު އަޅުގަނޑުމެން ޕީޑަބްލިއުއޭ (ވެބް ބްރައުޒާ) ލޯންޗް ކުރާނަން، މިކަމުގެ ސަބަބުން ކޮންމެ ޑިވައިސްއަކުން ވެސް އެކްސެސް ވެވޭނެ،" ނުނެސް ކުރި ޕޯސްޓް ގައި އިތުރަށް ލިޔެފައިވެ އެވެ.

ޓްރުތް ސޯޝަލްގެ ބެލެނިވެރި ކުންފުނި، ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (ޓީއެމްޓީޖީ) އިން ބިގް ޓެކްއާ ދެކޮޅަށް ތެދުވުމުގެ މިޝަންއާއެކު ލޯންޗްކުރީ، ޓްވިޓާ (ޓީޑަބްލިއުޓީއާރް) އިން ޓްރަމްޕަށް ފިންތުންތައް ކުރިމަތިވާން ފެށުމާ ގުޅިގެންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެޕަލް އެޕް ސްޓޯރުގައި ތައާރަފުކުރި ޓްރޫތް ސޯޝަލް އަކީ އެއް ދުވަސްކޮޅެއްގެ ތެރޭގައި އެތަނުގައި އެންމެ ގިނަ ޑައުންލޯޑް ކުރި ފްރީ އެޕް ކަމަށް ވެގެން ދިޔައެވެ. އަދި މިދިޔަ ހޯމަ ދުވަހު އެންމެ މަގުބޫލު އެޕް ގެ ލިސްޓުގައި ދެވަނަ ގައި މި އެޕް ހިމެނިފައިވެއެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.