އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކުގެ ކަންފަތްތަކުގެ މެކޭނިޒަމްތައް ދިރާސާކުރާ ސައިންސްވެރިން ވަނީ ސެލްގެ ތަފާތުކުރުމުގެ މާސްޓަރ ސްވިޗެއްގެ ގޮތުގައި އެމީހުން ސިފަކުރާ ޖީން އެއް ފާހަގަކޮށް، އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތަކަށް އަޑުއިވުމުގެ ކުޅަދާނަކަން ހޯދައިދިނުމަށް އެ ޖީންގެ ސަބަބުން އައު ގޮތްތަކެއް ހުޅުވިގެން ދާކަމަށް ބުނެފައެވެ.
މި ހޯދުމަކީ މިފަންނުގައި އަދިމިހާތަނަށް ހޯދިފައިވާ އެންމެ ކާމިޔާބު ހޯދުންކަމަށް ސައިންސްވެރިން ދަނީ ބުނަމުންނެވެ. އަދި ސައިންސްވެރިން ސިފަކުރާ ގޮތުގައި މިއީ އެއްވެސް ވަރަކަށް އަޑުނުއިވޭ މީހުންނަށް ދެވޭ ތެރަޕީތަކުގެ ބިންގަލެވެ.
މި ދިރާސާގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކަންފަތުގެ ހެއާ ސެލްތަކުގެ މައްޗަށެވެ. އެއީ އެތެރޭގެ ކަންފަތް ލައިންކޮށްދޭ ސެންސަރީ ސެލްތަކެކެވެ. އަދި މިއީ އަހަރެމެންގެ އަޑުއެހުމުގެ އިހްސާސަށް އަސާސީ އެއްޗެކެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ނާއި މާބޮޑަށް އަޑުގަދަވުން ފަދަ ސްޓްރެސްތަކުގެ ސަބަބުން މި ސެލްތައް މަރުވުމުގެ ސަބަބުން އަޑުއިވުމުގެ އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ކުރިމަތިވެއެވެ. މި ސަބަބަށްޓަކައި މި ހެއާ ސެލްތަކަކީ ފަރުވާތަކުގެ ރީޖެނެރޭޓިވް ސިފަތައް ހޯދައިދޭ ސައިންސްވެރިންނަށް ވަރަށް މުހިންމު ފޯކަސްއެކެވެ.
2020 ވަނަ އަހަރު އަޅުގަނޑުމެންނަށް މިދާއިރާއިން ޝައުޤުވެރި ކުރިއެރުމެއް ފެނިގެން ދިޔައީ، ސައިންސްވެރިން އެއް ޕްރޮޓީންއެއްގައި ޒީރޯ އެބްރޮނިކް ހެއަރ ސެލްތައް ދުޅަހެޔޮ ޞިއްޙަތެއްގައި ފުރާފުރިހަމަވެގެން ދޭތޯ ނުވަތަ އެހެން އެއްޗަކަށް ބަދަލުވެގެންދޭތޯ ދެނެގަނެވޭނެ ފަދަ ޕްރޮޓީންއެއް ހިމަނައިގެން ކުރިދިރާސާއެވެ.
އުންމީދަކީ މި ޢިލްމުގެ ސަބަބުން މުހިންމު ހެއަރ ސެލްތައް އަލުން އުފައްދައި، އަޑުއިވުމުގެ ހިއްސު އަލުން އާލާކުރާ ޓްރީޓްމަންޓްތަކަށް މަގުފަހިވެ، މި އާ ދިރާސާގެ ސަބަބުން މިފަދަ ފަރުވާތަކަށް އިތުރު ކުރިއެރުން ލިބުމެވެ.
މި ދިރާސާގައި ހިމެނިފައިވަނީ އިވުމާއި، އެތެރޭގެ އަދި ބޭރު ހެއާ ސެލްތައް އަދާކުރާ ތަފާތު ރޯލުތަކާއި، އެއް ޖިންސުން އަނެއް ޖިންސްގެ އުފެއްދުމަށް އަމުރުކުރާ ޖީންއެވެ.
ބޭރުފުށުގެ ހެއާ ސެލްތައް އެމްބްރިޔޯގައި އަލުން ނުއުފެދެއެވެ. ކަންފަތުގައި، އަޑުގެ ރާޅުތަކާ ކުރިމަތިލާއިރު، އަޑުގެ ރާޅުތައް ފުޅާވެ، ކޮންޓްރެކްޓް ވެ، އަޑުގެ ގޮތުގައި އަޅުގަނޑުމެން މާނަކުރާ އެއްޗެއް އުފެއްދުމަށް ޓަކައި ނިއުރޯންތަކަށް ވައިބްރޭޝަން ތައް ވާސިލްކޮށްދޭ އެތެރޭގެ ހެއާ ސެލްތަކަށް އަޑު އިތުރުކޮށްދެ އެވެ.
އެއީ ޕެލޭއެއް ކަހަލަ އެއްޗެއް،" ނޯތުވެސްޓާން ޔުނިވާސިޓީގެ ލީޑް ލިޔުންތެރިޔާ ޖައިމޭ ގަރްސިއާ-އަނިއޯރޯސް ތަފްސީލުކޮށްދެއްވި އެވެ. "ބޭރު ތޮށި ތައް ކްރައުޗްކޮށް ޖަމްޕްކޮށް އެތެރޭގެ ކަންކަން އިތުރަށް ކަންފަތުގައި ފުރިހަމަ ކޮށްދެއެވެ. މިސެލްތައް މިހާ ސާފުކޮށް ޕޮޒިޝަންވެފައި އިންސާނުން ފިޔަވައި އެހެން އެއްވެސް މެމަލްއެއްގައި ނެތެވެ. އެހެން ނޫންނަމަ އަޑު އިވުމަކީ ވާނޭކަމެއް ނޫން." ސައިންވެރިންގެ ދިރާސާގައި ވެއެވެ.
މައިކްރޯސް އާ ބެހޭ އެކްސްޕެރިމެންޓްތަކުގެ ޒަރިއްޔާއިން ސައިންސްވެރިން ވަނީ އެތެރޭގެ ހެއާ ސެލް ތަފާތުކުރުމުގެ މާސްޓާ ރެގިއުލޭޓަރެއްގެ ގޮތުގައި އެމީހުން ސިފަކުރާ ކަންތައްތައް ބަޔާންކޮށްފައެވެ.
ޓީބީއެކްސް2 ނަމަކަށް ކިޔާ މި ޓީމަށް މި ޖީން ހޯދިފައިވީ އިރު، ކަންފަތުގެ ހެއާ ސެލްތައް އެތެރޭގެ ހެއާ ސެލްތަކަކަށް ބަދަލުވެ، ޖީން ބްލޮކް ވުމުން އެ ޖީން ތައް ބޭރު ވައްތަރުގެ ހެއާ ސެލްތަކަކަށް ބަދަލުވެގެން ދިޔަ އެވެ.
"އަހަރެމެންގެ ހޯދުންތަކުން އަހަރެމެންނަށް އެއް ބާވަތް އަނެއް ބާވަތާ ދެކޮޅަށް ހެދުމަށް ފުރަތަމަ ކްލިއަރ ސެލް ސްވިޗް ލިބޭ،" "މީގެ ކުރިން ނުލިބޭ ޓޫލެއްގެ ސަބަބުން އެތެރޭގެ ނުވަތަ ބޭރު ހެއާ ސެލް އެއް ހެދުމަށް ފަސޭހަވާނެ. އަޅުގަނޑުމެން މިވަނީ ބޮޑު ހުރަހެއް ގިރާކޮށްފައި." ގާސިއާ-އަނިއޯވަރސް ވިދާޅުވި އެވެ.
މީގެ ކުރިން ސައިންސްވެރިން ވަނީ އާޓިފިޝަލް ހެއާ ސެލްތައް އުފެއްދުމުގެ ގާބިލްކަން ދައްކުވައިދީފަ އެވެ. ނަމަވެސް އެތެރޭގެ ނުވަތަ ބޭރު ސެލްތަކަށް ތަފާތު ކުރުމުގެ ގާބިލްކަން ސައިންސްވެރިންނަކަށް ނުލިބެ އެވެ. މި ދިރާސާގައި ސްވިޗް ފްލިޕް ކުރުމަށް ސައިންސްވެރިން ނަށް ޖީން ކޮކްޓެއިލް އެއް ގެނެސް އެހެން ސެލްތައް ރީޕްރޮގުރާމް ކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ.
"މިހާރު އަޅުގަނޑުމެންނަށް ދެނެގަނެވިދާނެ، ހާއްސަކޮށް އެތެރޭގެ ނުވަތަ ބޭރު ހެއާ ސެލްތައް ހަދާނީ ކިހިނެއްތޯ، އަދި ފަހުގެ ހެއާ ސެލްތައް މަރުވުމުގެ ފުރުސަތު ބޮޑީ ކީއްވެގެންކަން ދެނެގަނެ، ކަންފަތް ބީރުވަނީ ކީއްވެގެންކަން،" ގަރްސިއާ-އަނިއޯވަރސް ވިދާޅުވި އެވެ.
މި ދިރާސާ ޝާއިއުކޮށްފައި ވަނީ ނޭޗާ ޖާނަލްގަ އެވެ.
ސޯސް: ނޯތުވެސްޓާން ޔުނިވާސިޓީ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.