ވިޔަފާރި އަދި ގަވަރމެންޓް އެކައުންޓުތަކަށް "ކުޑަ" ފީއެއް ނެގުމަކީ މަސްކް ޓުވިޓާގެ އާމްދަނީ އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އޭނާ އަންގާރަ ދުވަހު ޓްވިޓާ އިންކް (ޓީޑަބްލިއުޓީއާރް) ގައި ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން މެޓާ ޕްލެޓްފޯމްސް އިންކް (އެފްބީ) ފަދަ ބޮޑެތި ވާދަވެރިންނަށް ވުރެ ފަހަތުގައި އޮތް ކަމެއް ކަމަށް މިކަމުން ދޭހަވެއެވެ.
"ޓްވިޓާ އަބަދުވެސް ކެޝުއަލް ޔޫޒަރުންނަށް ފްރީ ވާނެއެވެ، އެކަމަކު ކޮމާޝަލް/ސަރުކާރު ބޭނުންކުރާ މީހުންނަށް ކުޑަ ފީއެއް ނަގާނެއެވެ،" މަސްކްގެ ޓުވީޓުގައި ބުނެފައި ވެއެވެ. "އެއްޗެއް ނުލިބުމަށް ވުރެ މަދު އެތިކޮޅެއް ލިބުން ވެސް ރަގަނޅު!" އޭނާ ކުރެއްވި އެހެން ޓުވީޓެއްގައި އިތުރަށް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ރޮއިޓާސްއިން ޓްވިޓާއަށް ކޮންޓެކްޓު ކުރމުން ޓްވިޓާއިން ވަނީ އެކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރަން ދެކޮޅު ހަދާފައެވެ.
މިދިޔަ ހަފުތާގައި ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް ކުންފުނިގައި ހަރަދުތައް ކުޑަކުރުމަށް ޓްވިޓާ މޮނިޓައިޒް ކޮށް އެގްޒެކެޓިވް ޕޭ އާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް މަސްކް ބޭންކުތަކަށް އެންގި ގެން ދިއައެވެ.
މަސްކް ވަނީ ވިޔަފާރީގެ އާމްދަނީ އިތުރު ކުރުމަށް ފީޗާސްތައް ތަރައްގީ ކުރަން ރާވާފައިވާ ބޭންކްތަކަށް ވެސް އަންގައިފަ އެވެ، އޭގެ ތެރޭގައި މުހިންމު މައުލޫމާތުތަކެއް ހިމެނޭ ނުވަތަ ވައިރަލް ވާ ޓުވީޓުތަކުން ފައިސާ ހޯދޭނެ އާ ގޮތްތައް ވެސް ހިމެނޭ ކަމަށް ރޮއިޓާސް އަށް މައުލޫމާތު ދިން ސޯސް ތަކުން ބުންޏެވެ.
އަދި އެންމެ އިސް އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނި ޓެސްލާ އިންކް (ޓީއެސްއެލްއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަންވެސް ކުރައްވާ މަސްކް ވަނީ ޓުވިޓާގެ ވެސް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަން ވެސް ކުރައްވާފަ އެވެ.
44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމުގެ އެއްބަސްވުމަށް ފަހު މަސްކް ބުނީ އޭނާ ބޭނުންވީ އާ ފީޗާސްތަކާ އެކު ޕްލެޓްފޯމް އިތުރަށް ވަރުގަދަކޮށް، އިތުބާރު ބޮޑުކުރުމަށާއި ސްޕޭމް ބޮޓްތައް ބަލިކޮށް، ހުރިހާ ޔޫޒަރުންނަށް ފެންނާނެ ގޮތަށް ޓުވިޓާގެ އެލްގޮރިދަމްތައް އޯޕަން ސޯސްއަކަށް ބަދުލު ކުރުން ކަމަށެވެ. މިކަމުގެ ސަބަބުން ޓުވިޓާއަށް ގިނަ ފަރާތްތަކުން ކުރާ އިތުބާރު ބޮޑުވެގެން ދާނެއެވެ.
ޑިވެލޮޕާރ