އައިފޯންގެ ޑިމާންޑް ބޮޑުވެ، މިއަހަރު އެންމެ ކުރީގައި އެޕަލް!

އެޕަލް ކުންފުނީގެ އައިފޯނަށް އޮތް ވަރުގަދަ ޑިމާންޑް ބޮޑުވެ މިއަހަރުގެ މިހާތަނަށް ފޯނު ވިޔަފާރީގައި އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ކުންފުންޏަކަށް އެޕަލް ވެއްޖެކަމުގައި މާކެޓް އިންޓެލިޖެންސްގެ ރިޕޯޓެއްގައި ބުނެފި އެވެ.

އެޕަލް ކުންފުނީގެ އައިފޯންގެ ބޮޑު ކުރިއެރުމެއް އެޕަލް އަށް ލިބުނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޝިޕްމަންޓްތައް އިތުރުވުމުން ކަމަށާއި، އެހެން ހުރިހާ ބޮޑެތި ބްރޭންޑްތަކުން ވެސް ފެނުނީ އެ ބްރޭންޑްތަކުގެ ޝިޕްމަންޓްތައް ދަށްވަމުން އަންނަ ތަން ކަމުގައި ކަމަށްވެސް އެރިޕޯޓްގައި ވަނީ ބުނެފައެވެ.

ގްލޯބަލް ޓެކްނޮލޮޖީ އެނަލިސިސް ފާރމެއް ކަމުގައިވާ "ކެނަލައިސް" އިން ހާމަކޮށްފައިވާ ގޮތުގައި އައިފޯން ޝިޕްމަންޓްތައް އަހަރުން އަހަރަށް 8 ޕަސެންޓް މައްޗަށް ގޮސް، ޖުމްލަ 56.5 މިލިއަން ޔުނިޓަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގްލޯބަލް ސްމާޓްފޯން ޝިޕްމަންޓްތައް 311.2 މިލިއަން ޔުނިޓަށް އަރާފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 11 އިންސައްތަ ދަށް އަދަދެކެވެ.

ސެމްސަންގް އިން 2022 ވަނަ އަހަރަށް އެ ކުންފުނީގެ ޕޯޓްފޯލިއޯ ރިފްރެޝް ކުރުމަށް ފަހު އަލުން ލީޑް ނެގީ، 73.7 މިލިއަން ޔުނިޓް ޝިޕިން ކޮށް، މީގެ އަހަރެއްހާ ދުވަސް ކުރިން 4 ޕަސެންޓް ދަށްވުމުންނެވެ.

އެޕަލް އިން އާ އައިފޯން އެސްއީ އަކާ އެކު އައިފޯން 13 ސީރީޒްގެ ޑިމާންޑް ބޮޑުވެ، 8 ޕަސެންޓާއި 56.5 މިލިއަން ޔުނިޓްގެ ސޮލިޑް ގްރޯތް ޝިޕްކުރި އެވެ. އެޕަލްއާއި ސެމްސަންގގެ އިތުރުން މިއަހަރުގެ މިހާތަނަށް އެންމެ ގަދަ ފަސްކުންފުނީގެ ގޮތުގައި ހިމެނޭ އަނެއް ތިންކުންފުންޏަކީ ޝޯމީ، އޮޕޯ އަދި ވީވޯއެވެ.

ކެނަލައިސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސެމްސަންގް މުޅި މާކެޓް ލީޑަރެއްގެ ގޮތުގައި ދެމި އޮތް ނަމަވެސް، ސްމާޓްފޯން މޮޑެލްތައް ހެޔޮ އަގުތަކުގައި ވިއްކުމުގެ ވިސްނުން ހުރި ނަމަވެސް، އޭގެ ޝިޕްމަންޓްތައް އަދިވެސް ހުރީ އަހަރުން އަހަރަށް 4 ޕަސެންޓް ދަށަށް ގޮސްފައެވެ. އެހެން ބޮޑެތި ބްރޭންޑްތަކުން ޝިޕްމަންޓްތައް 20-30 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށަށް ގޮސްފައިވާއިރު، އަނެއް ކެޓަގަރީގެ ކުދި ބްރޭންޑްތައްވެސް ވަނީ 7 ޕަސެންޓް ދަށަށް ގޮސްފައެވެ.

އަދި ކޮމްޕޯނަންޓް މަދުވުމުގެ ސަބަބުން ފޯނުގެ އުފެއްދުންތަކަށް ބުރޫ އަރާފާނެ ކަމުގެ އިންޒާރުވެސް ކެނަލައިސް އިން ވަނީ ދީފައެވެ.

ހަރުކަށި ޕެންޑެމިކް ކޮންޓްރޯލް ޕޮލިސީއެއްގެ ސަބަބުން ޗައިނާގެ ބޮޑެތި ސިޓީތައް ލޮކްޑައުންކޮށް، ކުރު މުއްދަތުގައި ކޮންސިއުމަރ މާކެޓަށް ހިޔަނި އެޅި، ވިޔަފާރީގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެ އިތުރުން ކޮމްޕޯނަންޓް ޕްރޮޑަކްޝަން އަދި ލޮޖިސްޓިކްސްއަށް ބުރޫއެރުމުގެ ސަބަބުން މެއިންލޭންޑް ޗައިނާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ގިނަ ވެންޑަރުންގެ Q2 ޝިޕްމަންޓަށް އަސަރުކުރާނެއެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް އިއްޔެ ވަނީ އެޕަލް އަށް މި ކުއާޓަރުގައި 4 ބިލިއަން ޑޮލަރުން 8 ބިލިއަން ޑޮލަރާ ދެމެދުގެ ފައިދާއެއް އެކުންފުންޏަށް ލިބުނު ނަމަވެސް އެ ކުންފުންޏަށް ސަޕްލައި ދަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އަދި ހަތަރު ކޮމްޕޯނެންޓް ކެޓަގަރީއަކުން ދަތިކަން ތަހައްމަލު ކުރަން ޖެހޭ ކަމަށް މާކެޓް އިންޓެލިޖެންސް ރިޕޯޓެއްގައި ލަފާކޮށްފައިވެ އެވެ.

ކުކް އިތުރަށް ވިދާޅުވީ މިދިޔަ ކުއާޓަރުގައި އެ ކުންފުނިން ރެކޯޑް އަދަދަކަށް އައިފޯން އޯނަރުން އާ މޮޑެލްއަކަށް އަޕްގްރޭޑް ކުރި ތަން ފެނުނު ކަމަށާއި، ކުރީގެ އެންޑްރޮއިޑް އޯނަރުންވެސް އައިފޯނަށް ބޮޑުތަނުން ބަދަލުވެފައިވާ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.