އެމޭޒަން އިން އޭގެ ކަސްޓަމަރުންނަށް އެންޑްރޮއިޑް ޝޮޕިންގ އެޕް މެދުވެރިކޮށް އީ-ބުކް ތަކާއި އެހެނިހެން ޑިޖިޓަލް ތަކެތި ޑައުންލޯޑުކުރުން ހުއްޓުވައިފިއެވެ.
އޭގެ ބަދަލުގައި އެ ފަރާތުން އެދެނީ ފޮތްތައް އޭގެ ވެބްސައިޓް ނުވަތަ ކިންޑަލް އެޕް މެދުވެރިކޮށް ގަތުމަށެވެ.
އޭޕްރިލް މަހުން ފެށިގެން، ކުންފުނިތަކުން އަހަރީ ޓާރންއޯވާ އެއް މިލިއަން ޑޮލަރަށް ވުރެ މަތީގައި (8 ލައްކަ ޔޫރޯ) ވާނަމަ، އެންޑްރޮއިޑް ގެ ވެރިފަރާތް ކަމަށްވާ ގޫގަލްއަށް ހުރިހާ އިން-އެޕް ޕާޗޭސްތަކުން 30 އިންސައްތަ ކޮމިޝަނެއް ދައްކަން ޖެހެއެވެ. ގޫގަލް އިން ދަނީ ފައިސާ ދެއްކުމުގެ ހުރިހާ ކަންތައްތަކެއް ބަލަހައްޓަމުންނެވެ.
އަދި އެމޭޒަން އިން ބުނާ ގޮތުގައި، މިދިޔަ 2 ހަފްތާގެ ތެރޭގައި ތަޢާރަފުކުރެވިގެން ދިޔަ އޭގެ އުސޫލަކީ 'ގޫގަލް ސްޓޯ ޕޮލިސީ' އާއި ގުޅިގެން ތަޢާރަފުކުރި އުޞޫލުތަކެއް ކަމަށެވެ.
މީގެ ސަބަބުން ގަނެ ވިއްކުމަށް ކުރި އަސަރު ހާމަކުރަން ކުންފުނިން ވަނީ ދެކޮޅު ހަދާފައެވެ.
އޭޕްރިލް މަހުގައި، 2015 ވަނަ އަހަރަށް ފަހު އައި ފުރަތަމަ ކުއާޓަރުގެ ގެއްލުން ރިޕޯޓުކޮށްފައި ވާއިރު، މިއާއި ވިދިގެން ވަނީ އޮންލައިން ގަނެވިއްކުމަށް މަޑުޖެހުމެއް އައިއްސައެވެ.
އަދިވެސް ޝޮޕިންގ އެޕްގައި ތަކެތި ސްޓްރީމް ކުރެވޭނެއެވެ.
އެމޭޒަނުން ވަނީ ހަމަ މިފަދަ އުސޫލުތަކެއް އޭގެ އައިއޯއެސް އެޕްގައި ވެސް ގެންގުޅެފައެވެ. ސަބަބަކީ އެޕަލްއިން ވެސް ހަމަ އެފަދަ ފީއެއް އެމޭޒަން އަތުން ނަގަމުން ދިޔުމެވެ.
އެމޭޒަންގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، މި ބަދަލުތަކަކީ ވަރަށް ވިސްނާފައި ނިންމި ނިންމުންތަކެއް ކަމަށާއި، އޭގެ އެޕްގެ ބޭރުން ޑިޖިޓަލް ތަކެތި ފަސޭހައިން ލިބެން ހުންނާނެ ކަމަށެވެ.
ކިންޑަލް ކިޔުންތެރިއެއް ކަމަށްވާ ކެއިތް މިލްބަރން ބުނި ގޮތުގައި ތަނަކަށް ދާ މަގުމަތީގައި އެޕް ބަލަމުން ދާ ވަގުތުގައި، 'ޑެއިލީ ޑީލް' މެދުވެރިކޮށް އޭނާ އަބަދުވެސް އީ-ބުކް ތައް ގަންނަމުން ދިޔަ ކަމަށެވެ.
"މީގެ ސަބަބުން ކޮންމެ ދުވަހަކު އަހަރެން އެމޭޒަން އަށް ވަންނަ ވަނުން ހުއްޓޭނެ،" އޭނާ ބުނެފައި ވެއެވެ.
"އަހަރެންގެ ކިންޑަލް އާންމުގޮތެއްގައި އެޕްތަކަށް ވަނުމަށް ބޭނުން ނުކުރަން - އަހަރެން އެ ބޭނުންކުރަނީ ކިޔަން.
މީގެ ސަބަބުން އަހަރެން އިތުރު ފޮތްތައް ގަތުން މަދުވާނެ. އެއީ އެ އާދަ ދެން ނުހުންނާނެ."
އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.