އެންޑްރޮއިޑް 13 ބޮޑު ކަމެއް ހައްލުކޮށްދޭނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެކްނޮލޮޖީގެ އުފެއްދުންތަކަކީ އަބަދުވެސް އައުކަންތައްތައް ތައާރަފްކުރެވިގެންދާ ގޮތަށް ފަރުމާކުރެވިގެންދާ ތަކެއްޗެވެ. ޚާއްސަކޮށް އެންޑުރޮއިޑް ފޯނުތަކަކީ އެތަކެތި ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ވާނެގޮތްތައް ބަލައި އެކަންތައްތައް ހައްލުކުރެވޭ ގޮތަށް ފަރުމާ ކުރެވިގެންދާއެއްޗެކެވެ.

މިގޮތުން މިފަހަރު މިއޮތީ އެންޑުރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް އުފާވެރި ހަބަރެކެވެ. އެންޑްރޮއިޑް 13 ގައި ޔޫޒަރުންނަށް ލޮކް ސްކްރީން ޝޯޓްކަޓްމެދުވެރިކޮށް ލައިޓްތަކާއި ކެމެރާތައް ނިއްވާލުމަށް ޓަކައި އެމީހުންގެ ޑިވައިސްތައް އަންލޮކް ނުކޮށް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ޔޫޒަރުންނަށް ލިބިގެންދާނެ އެވެ.

އެންޑްރޮއިޑް 13 ގެ ފުރަތަމަ ބީޓާގައި ސްކްރީންގެ އެންމެ ތިރީ ވާތް ފަރާތު އަރިމަތީގައި ހޯމް ބަޓަން އެއް ހިމެނެ އެވެ. އެބަޓަންއަށް ފިތާލުމުން އޮޓޮމެޓިކުން ލިބެން ހުރި ސްމާޓް ހޯމް ޑިވައިސްތައް ގެނެސްދެއެވެ.

އެންޑްރޮއިޑް 13 ގެ ޕިކްސެލް ޑިވައިސް ބޭނުން ކުރައްވާ އެންމެހާ ފަރާތްތަކަށް މި އަހަރުގެ މެދުތެރޭގައި މި ފީޗާ ވަރަށް ތަފާތު ކޮށް ފެނިގެންދާނެ އެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.