ސްޓާލިންކްގެ ވަޢުދުތައް ކާމިޔާބު ކުރެވޭނެތަ؟ ރިޕޯޓް

މި އަހަރުގެ ކުރީކޮޅު ޕެސިފިކްގެ ޖަޒީރާ ގައުމެއް ކަމަށްވާ ޓޮންގާ ގެ ކައިރިން ކަނޑުއަޑީގެ ބޮޑު އަލިފާން ފަރުބަދައެއް ގޮވި އެވެ. މި މި ގޮވުމުގެ ސަބަބުން ޓޮންޑޯގެ އެކިސަރަޙައްދުތަކަށް ސުނާމީއެއް އަރައި، އެ ހާދިސާގައި ހަތަރު މީހަކު މަރުވިއެވެ. އަދި ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު، އެހާދިސާގެ ކްލައިމެކްސްއާ ހަމައަށް އާދެވުނުއިރު، ޓޮންގާވަނީ ބޭރު ދުނިޔެއާއި މުޅިންހެން ވަކިވެފައެވެ. އެ ސުނާމީގެ ސަބަބުން ޓޮންގާގެ އާކިޕެލަގޯ ދުނިޔޭގެ އިންޓަނެޓާ ގުޅުވައިދޭ ހަމައެކަނި އިންޓަނެޓް ކޭބަލް ކެނޑި، އިންޓަނެޓް ނުލިބި ގާތްގަނޑަކަށް ހަފުތާއެއް ހާ ދުވަސް އެ ގައުމުން ހޭދަކުރި އެވެ.

ސްޓާލިންކްގެ ޚިދުމަތް ޓޮންގާއަށް

28 ޖަނަވަރީ 2022، ޓޮންގާ، އާޓާ އައިލެންޑުގެ ވަށައިގެން ހަލާކުވެފައިވާ އިމާރާތްތަކާއި ގަސްތަކުގެ ބައިތައް ވަށައިގެން ފެތުރިފައި / ފޮޓޯ: ދަ ސަން

ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު އީލޮން މަސްކް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ސްޓާލިންކް ޓާމިނަލްތައް އަވަސްކަމާއެކު ޖައްވަށް ފޮނުވުމަކީ މުހިންމު ކަމެއްކަމުގައި ޓޮންގާގެ ރައްޔިތުން ބުނެދީފިއެވެ." އެހެންކަމާއި އެކު އެލޮން މަސްކްގެ ކުންފުނި ސްޓާލިންކް އިން ނިންމީ އެ ކުންފުނިން ޓޮންގާ އަށް އިންޓަނެޓްގެ ހިދުމަތް ދިނުމަށް 50 ޓާމިނަލް ފޮނުވުމަށެވެ. މިކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި މަސްކް އަށް ތަފާތު ފާޑުކިޔުންތައް އަމާޒުވިއެވެ.

އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ސްޓާލިންކްގެ ޚިދުމަތް ޓޮންގާއަށް އަށް ފޯރުކޮށްދިނުމުގައި ހޭދަވި މުއްދަތު ދިގުވުމެވެ. ޓޮންގާ ސަރުކާރުން ހާމަކޮށްފައިވާގޮތުގައި ސަބްމެރިން ކޭބަލް މަރާމާތުކޮށްގެން އަލުން ޚިދުމަތް ދިނުމަށްވެސް އެއައަށްވުރެ މަދުދުވަސް ހޭދަވީހެވެ. ޓޮންގާ ސަރުކާރުގެ ޓެލެކޮމް ގްރޫޕުގެ ވެރިޔާ ވިދާޅުވި ގޮތުގައި ސްޓާލިންކްގެ ޓާމިނަލްތައް އެޤައުމާއި ހަމައަށް ވާޞިލްވިއިރު ޓާމިނަލްތަކުގެ އެއްވެސް ބޭނުމެއް ހަގީގަތުގައި ވެސް ނެތް ކަމަށެވެ.

ޖާނަލިސްޓުންގެ ފާޑުކިޔުން

އެމެރިކަން ޖާރނަލިސްޓް ލިޒީ އޯލެރީ ހާމަކޮށްފައިވާގޮތުގައި ސްޓާލިންކް އަކީ ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓް ފޯރުކޮށްދޭ އީލޮން މަސްކްގެ ރޮކެޓް ކުންފުނި ސްޕޭސް އެކްސްގެ ގޮތްޕެކެވެ. މި ސެޓެލައިޓްތައް ގްރޫޕްކޮށްފައި ހުންނަނީ އިންޓަނެޓް ކޮމިއުނިކޭޝަންގައި ބޭނުންކުރާ ޓްރެޑިޝަނަލް ސެޓެލައިޓްތަކަށް ވުރެ ދަށް އޯބިޓެއްގައި އޮޕަރޭޓްކުރާ ކޮންސްޓަލޭޝަންތަކުގަ އެވެ. އެހެންކަމުން ސްޓާލިންކްގެ ވަކި ތަފާތު ވަނީ ކޮން ކަމެއްތޯ އޭނާވަނީ ސުވާލުކޮށްފައެވެ.

ރެސްޓް އޮފް ވޯލްޑްގެ ރިޕޯޓަރެއްކަމުގައިވާ މެގާން ޓޯބިން ސްޓާލިންކާ ބެހޭގޮތުން ބުނެފައިވަނީ ސްޓާލިންކްގެ އިނޮވޭޝަނަކީ ސެޓެލައިޓްތައް ބިމާ ވަރަށް ކައިރިވުންކަމަށެވެ. އެހެންކަމުން އެ ތިއަރީއަކީ މީހުން އިންޓަނެޓާ ގުޅުވާލެވޭ ސްޕީޑް، ވަރަށް އަވަސް، ތިއަރީއެކެވެ. އޭނާ އިތުރަށް ބުނެފައިވަނީ މި ޓެކްނޮލޮޖީގެ އެއް ލިމިޓޭޝަނަކީ ގިނަ ބަޔަކަށް އެއްފަހަރާ އެ ހުރިހާ އެއްޗެއް ބޭނުން ނުކުރެވޭނެ ކަމެވެ. އަދި އެއީ ދުނިޔޭގެ އޯބިޓް ސެޓެލައިޓްތައް މަސައްކަތް ކުރާ މިންވަރު ގެ ފިޒިކްސްއަށް އިންޓެރިމް ލިމިޓެޝަނެއް ގެ ގޮތުގައި ކަނޑައެޅޭ ލިމިޓެކެވެ. އެހެންވެ، ދުނިޔޭގެ އޯބިޓް ގެ ލޯ ސެޓެލައިޓްތަކުން ދޭ ސްޕީޑްގައި އިތުރު މީހުން ގުޅާލެވޭނެ ހަމައެކަނި ގޮތަކީ އިތުރު ސެޓެލައިޓްތައް ބޭނުންކުރުން ކަމުގައިވެސް އޭނާ ހާމަކޮށްފައިވެއެވެ.

ސްޓާލިންކްގެ ސެޓެލައިތައް

ސްޕޭސް އެކްސްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ކޮންސްޓަލޭޝަން ބީމްތައް އޯބިޓް އިން ބްރޯޑްބޭންޑް އެކްސެސް އަށް އެކްސެސް ވާ ގޮތުގެ އާޓިސްޓެއްގެ މިސާލު. (ފޮޓޯ ކްރެޑިޓް: މާކް ގާރލިކް)

ސްޓާލިންކްގައި ސެޓެލައިޓްގެ އަދަދު އަދި 2،000 އަށްވެސް ނާރާއިރު، އެމީހުންގެ ޚިދުމަތް ފުޅާކުރުމަށް މިހާރުވަނީ 4،000 އަށް ވުރެ ގިނަ ސެޓެލައިޓް ތަކަށް ހުއްދަ ދީފައެވެ. އެ ކުންފުނިން ބޭނުންވަނީ 30،000 އާ ގާތްކުރާ އަދަދަކަށް ސެޓިލައިޓްތައް ލޯންޗް ކުރަން ކަމަށާއި، އެ ކުންފުނީގެ ޚިދުމަތް ޤާއިމްވެގެންދާނީ ހަމައެކަނި ލޯ އާރތް އޯބިޓް ލަނޑުދަނޑިތަކުގައި އެކަނި ނޫން ކަމަށް ސްޓާލިންކުން ވަނީ ބުނެފައެވެ.

އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސްގެ ކުންފުންޏެއް ކަމަށްވާ ޕްރޮޖެކްޓް ކުއިޕަރ އިން ބޭނުންވަނީ ސޮފްޓްބޭންކްގެ ތާއީދާއެކު ހިންގާ ވަންވެބް ނަމަކަށް ކިޔާ ކުންފުންޏަކުން ވެސް އިންޓަނެޓް ފޯރުކޮށްދިނުމަށް މިފަދަ ކުދި ސެޓެލައިޓްތަކެއް ލޯންޗުކުރުމަށެވެ. އެކަމަކު މި ވަގުތު ސްޓާލިންކަކީ ދެބަސްވެވެން ނެތްގޮތުގައި މިކަމުގައި އެންމެ ކުރީގައި އޮތް ލީޑިންގ ކޮމްޕެނީއެވެ.

ކަމުގެ މާހިރުން ލަފާކުރާގޮތުގައި ސްޕޭސްއެކްސް ގެ މިތިއަރީއަކީ ހަމަ ކަށަވަރުންވެސް ޓްރެޑިޝަނަލް އިންޓަރނެޓް އިންފްރާސްޓްރަކްޗަރގެ ވަރަށް ގިނަ މައްސަލަތަކަށް ޙައްލު ހޯދައިދޭ ކަމެކެވެ. އެންމެ ފަސޭހަކަމަކީ އެއްވެސް ބޮޑު ފައިބަރެއް ނުވަތަ ކޭބަލެއް ބޭނުންކުރަން ނުޖެހުމެވެ. އަދި ބޮޑު ޓެލެކޮމް ކުންފުންޏެއް މެދުވެރިކޮށް ޚިދުމަތް ގުޅާކަށްވެސް ނުޖެހެއެވެ. ބޮޑެތި ވެރިޒޯން ބިލްތައް ދައްކާކަށްވެސް ނުޖެހޭނެއެވެ. އެހެންވީމާ، އާބާދީގެ ވަކި ބަޔަކަށް، ވަކި ތަނެއްގައި އުޅޭ ބަޔަކަށް، މިއީ ޙަޤީޤަތުގައި ވަރަށް ހިތްގައިމު ވިސްނުމެކެވެ.

އީލޮން މަސްކްގެ ވަޢުދު

2021 ވަނަ އަހަރުގެ ޖޫން މަހު އީލޮން މަސްކް ބުނީ ސްޓާލިންކް ވެގެންދާނީ އިންޓަނެޓްގެ ރީއިމޭޖިން އަކަށް ކަމަށާއި، އެ ރިއިމޭޖަން އަށް ވާސިލްވާން އުނދަގޫތަކެއް ކުރިމަތިވިޔަސް ދުނިޔޭގެ އެކި ހިސާބުތަކަށް ވާސިލްވެވޭނެ ކަމަށެވެ. މޯބައިލް ވޯލްޑް ކޮންގްރެސްގައި އޭނާ ވިދާޅުވީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމައަށް ދާއިރު ދުނިޔޭގެ ހުރިހާ ބައްރެއްގައި އެ މީހުންނަށް ގްލޯބަލް ކަނެކްޓިވިޓީ އޮންނަން ޖެހޭނެ ކަމަށެވެ. އެކަމަކު އަދިވެސް އެކަން ހާޞިލްވެއްޖެތޯ ސުވާލު އުފެދެއެވެ.

އެލޮން މަސްކްގެ މިމަސައްކަތާމެދު ގިނަމީހުން ހަޤީޤަތުގައި ވެސް ވަރަށް ހިތްހަމަޖެހިފައި ތިއްބެވެ. މިއީ ކަނެކްޓިވިޓީއަށް އައި އިންގިލާބެއްގެ ގޮތުގައި ދެކެމުން އައި އިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓަނެޓް ގެ ހިދުމަތް ލިބުމުގެ މައްސަލަތަކަށް އެންމެ ފަހުން ހައްލެއް ގެނެސްދޭނެ ކަމެކެވެ. އަދި އޭގެ ސަބަބުން މަސްކްގެ ވާދަވެރިން ވެސް ހަޤީޤަތުގައި މާޔޫސްކުރުވިއެވެ. މި މަސައްކަތުގެ ތެރެއަށް އިތުރު ކުންފުނިތައް ވަދެ އިތުރު ސެޓެލައިޓްތައް ލޯންޗްކޮށް، ވީހާވެސް އަވަހަކަށް މި ބާވަތުގެ ޓެކްނޮލޮޖީގެ ތެރެއަށް އިތުރު ފަންޑިން ހޯދުމަށް ވަރަށް ބޮޑު ޕްރެޝަރެއް އަންނާނެކަމަށް މަސްކް ދެކެއެވެ. އެކަމަކު އީލޮން ފަޚުރުވެރިވާ ގިނަ ކަންތައްތަކެއް ފަދައިން، މިއީ ކޮންމެކޮންމެ ބަޔަކަށް ކުރެވޭނެފަދަ ފަސޭހަ ކަމެއް ނޫނެވެ.

ސްޓާލިންކްގެ މަސައްކަތައް އަހަރެއް

ސްޓާލިންކްގެ މަސައްކަތައް އަހަރެއް ވީއިރު އެމީހުންގެ ގްލޯބަލް ވަޢުދު ފުއްދުނީ ކިހާ މިންވަރަކަށް ހެއްޔެވެ. ކްލައުޑްފްލޭއަރ ގެ އެންމެ ފަހުގެ ޑޭޓާ އަދި ރެޑިޓްއަށް ސެލްފް-ރިޕޯރޓްކޮށްފައިވާ ޑޭޓާތަކުން ވެސް ދައްކާގޮތުގައި ސްޓާރލިންކް ބޭނުންކުރާ މީހުންގެ 98 އިންސައްތަ އަކީ ހުޅަނގުގެ ގައުމުތަކުގައި އުޅޭ މީހުންނެވެ. އެއީ އުތުރު އެމެރިކާ، ޔޫރަޕް، އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑެވެ. މިހާރު ޗިލީގައިވެސް ހިދުމަތް ލިބެން ފަށާފައިވާއިރު، ކެނެޑާ އާއި އެމެރިކާ އަދި ޔޫރަޕްގައި ވެސް ޔޫޒަރުން ވަރަށް ގިނަ އެވެ. އަދި އެއީ ހަގީގަތުގައި އިންޓަނެޓް ގެ ބޭނުން ޖެހިފައިވާ މީހުން އެ ގައުމުތަކުގެ ރަށްފުށު ހިސާބުތަކުގައި ނޫޅޭ ކަމަށް ބުނުމެއް ވެސް ނޫނެވެ. ސްޓާލިންކް އަކީ ހަމަ ޔަގީނުން ވެސް އެ މީހުންނަށް ދިމާވާ މައްސަލައަކަށް ހައްލު ހޯދައިދޭ ތަރިއެކެވެ. އެކަމަކު މުޅި ދުނިޔެ ގުޅުވައިދޭ ވަޢުދު ފުއްދުމުގެ ގޮތުން، ކުރެވުނީ އެމަސައްކަތުގެ ކިތައްޕަސަންޓް ތޯއެވެ.

ސްޓާލިންކް އަށް ޕްރީއޯޑަރު ދިން އިންޑިއާގެ އައްސާމް ސްޓޭޓުގެ އެއް ވިޔަފާރިވެރިޔަކާ ހަވާލާދީ ރިޕޯޓަރަކު ފާހަގަކޮށްފައިވެއެވެ. ސްޓާލިންކްގެ ސަބަބުން އޭނާގެ ވިޔަފާރިއަށް އިންގިލާބީ ބަދަލެއް އަތުވެދާނެ ކަމަށް ހީކޮށް، ސްޓާލިންކް އަށް ޕްރީއޯޑަރު ދިނެވެ. އޭނާ އެޑްވެންޗާ ޓޫރިޒަމް ސްޓާޓްއަޕް އެއް ހިންގާ އިރު ހީކުރީ ސެޓެލައިޓް އިންޓަނެޓުގެ ސަބަބުން އެ ސަރަހައްދުން މަސައްކަތް ކުރެވޭނެ ޑިޖިޓަލް ނޯމަޑްސް އަށް އޭނާ އަށް އެޓްރެކްޓް ކުރެވޭނެ ކަމަށެވެ. އޭނާ އާއި އޭނާގެ ވިޔަފާރި ބައިވެރިޔާ ވެސް ހީކުރީ އަވަށްޓެރިންނަށް އިތުރު ހިތްވަރެއް ދެވިދާނެ ކަމަށެވެ.

އެމީހުން އިންތިޒާރު ކުރަމުން ދިޔައީ އެމީހުން ތިބި ސަރަހައްދަށް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް އެމީހުންގެ ސްޓާލިންކް ޓާމިނަލް ބޭނުން ކުރެވިދާނެ ކަމަށެވެ. ހަމައެކަނި އެމީހުން ބޭނުންވީ އެމީހުންގެ އަމިއްލަ ވިޔަފާރިއަށް ނުވަތަ އަމިއްލަ ކަސްޓަމަރުންނަށް އެކަންޏެއް ނޫނެވެ. އެމީހުން ހީކުރީ އަވަށްޓެރިންގެ ކުޑަކުދިންނަށްވެސް އިންޓަނެޓް ބޭނުން ކުރެވިދާނެ ކަމަށެވެ.

އެކަމަކު މިއަދާ ހަމައަށް ވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. އިންޑިއާގައި ރެގިއުލޭޓަރުން ސްޓާލިންކް އަށް އަދިވެސް ލައިސަންސް ނުދެއެވެ. އަދި އެ ހިދުމަތަށް ކުރިން ފައިސާ ދައްކާފައިވާ ފަރާތަކަށް އަނބުރާ ފައިސާ ދިނުމަށް ސަރުކާރުން މިދިޔަ ޖެނުއަރީ މަހު އެ ކުންފުންޏަށް އެންގިއެވެ. މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ ކަމަކީ އިންޑިއާގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ ސީދާ ހިއްސާ ސްޓާލިންކްގެ އެއް ވާދަވެރިޔާ ކަމަށްވާ ވަންވެބްގައި އޮންނަކަމެވެ.

ސްޓާލިންކް އަށް ވަނީ އިންޑިއާގެ އިތުރުން އެހެން ތަންތަނުގައި ވެސް ލަސްތަކެއް ކުރިމަތިވެފަ އެވެ. ދެކުނު އެފްރިކާގައި ހިދުމަތް ދޭން ލަފާކުރި ތާރީހަކީ 2022 އިން 2023 އަށެވެ. ޚިދުމަތް ދިނުން ލަސްވެގެން ދަނީ ކޮންސަބަބަކާހުރެކަނ ސްޓާލިންކުން ހާމަނުކުރި ނަމަވެސް އެނގޭ ހަޤީޤަތަކީ ގްލޯބަލް ސެމިކޮންޑަކްޓަރ ގެ ދަތިކަމާ ވެސް އެކުންފުންޏާ ކުރިމަތިވަމުން އަންނަ ކަމެވެ.

ސްޓާލިންކްގެ ޚިދުމަތް ޔޫކްރެއިންގައި

ސްޓާލިންކް ގެ ވަޢުދު ނުފުއްދޭކަމަށް ބުނާއިރު ސްޓާލިންކްއަކީ ޔޫކްރެއިންގައި އަވަސްކަމާއެކު އިންޓަނެޓް ފޯރުކޮށްދިން ހަމައެކަނި ކުންފުޏްނެވެ. އަދި އެމީހުން ޔުކްރެއިންއާއި، ދުނިޔެ ގުޅާލަދިން އަވަސް މިނަކީ މިފަންނުގައި އެފަދަ ދެވަނައެއް ނެތް ލާމަސީލް މަސައްކަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އަރައި، އެޤައުމުގެ މުވާޞަލާތީ ގުޅުން ކަނޑާލުމާއި ގުޅިގެން އެގައުމުގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު [މައިޚައިލޯ ފެޑެރޯވް] އީލޮން އަށް އެޑްރެސްކޮށް ޓްވިޓާގައި އެވާހަކަ ދެއްކިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްޓާލިންކް ޓާމިނަލްތައް އެ ގައުމަށް ޑެލިވަރީކޮށް ސްޓާލިންކްގެ ހިދުމަތް ވަނީ ފަށައިފައެވެ. ގާތްގަޑަކަށް 4 ވަރަކަށް ދުވަހުގެ ތެރޭގައި ޔޫކްރެއިން ވަނީ ދުނިޔެއާއި އިންޓަނެޓްގެ ޒަރީއާއިން ގުޅާލަދީފައެވެ. އެހެންވީމާ، މިއީ ޝައްކެއްވެސްނެތްގޮތުގައި، ވަރަށް އަވަސް ޓާރންއޯވަރ އެކެވެ. ހީވެސްނުކުރާފަދަ ކާމިޔާބީއެކެވެ.

އެއީ ޙަޤީޤަތުގައި ޔޫކްރެއިންގެ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުންނަށާއި، ޚިދްމަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދީފައިވާ ވަރަށް ބޭނުންތެރި ކަމެކެވެ. ވަރަށް ގިނަ ހޮސްޕިޓަލްތަކާއި އެނާޖީ ކުންފުނިތަކަށް ސްޓާލިންކް ގެ ޚިދުމަތްވަނީ ލިބިފައެވެ.

އެކަމަކު ބެކްސްޓޯރީއަކީ ރަޝިއާއިން ހަމަލާ ދިނުމުގެ ކުރިންވެސް ޔޫކްރެއިންއަށް ސްޓާލިންކްގެ ޚިދުމަތް ދިނުމަށް އޮތީ މަސައްކަތް ތަކެއް ކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ރަޝިޔާ އިން ހަމަލާ ދިނުމުގެ ހަ ހަފްތާ ކުރިން، ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ސްޓާލިންކްގެ ޚިދުމަތް ޔޫކްރެއިންއަށް އެހާ އަވަހަށް ލިބިގެން ދިޔައީ އެކަމުގެ ސަބަބުން ކަމުގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔޫކްރެއިންއަށް ޑެލިވަރީ ކޮށްދީފައިވާ ސްޓާލިންކް ޓާމިނަލްތަކުގެ ގާތްގަނޑަކަށް 5،000 ޓާމިނަލް ރަޝިއާއިއިން ހަމަލާ ދިނުމުގެ ކުރިންވަނީ އެޤައުމަށް ގެންގޮސްފައެވެ. އަދި އޭގެ ތެރެއިން 1500 އާ ގާތްކުރާ އަދަދަކަށް ފައިސާ ދައްކާފައިވަނީ ޔޫ.އޭ.އައި.ޑީ. އިންކަން ކަށަވަރުވެފައި ވުމުން ޔޫކްރެއިން އަށް ފޯރުކޮށްދިން ޓާމިނަލް ތަކަކީ ހިލޭސާބަހަށް އީލޮން ހަދިޔާކުރި ތަކެތި ނޫންކަންވެސް ވަނީ ފަޅާއަރާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކަނެކްޓިވިޓީގެ ބައެއް ސީދާ އެމެރިކާ ސަރުކާރުގެ އެހީގައި ވަނީ ހަމަޖައްސައިފަ އެވެ.

ސްޓާލިންކްގެ ރެވެނިއު

ސްޓާލިންކް އަކީ ސްޕޭސް އެކްސް އަށް ކޮމާޝަލް ރެވެނިއު ޖެނެރޭޓަރަކަށް ވާނެ ކަމަށް އީލޮން ފެށުނީއްސުރެ ބުނަމުން އަންނަ އިރު، މިއީ މިހާ ފުޅާ ދާއިރާއެއްގައި ކާމިޔާބު ވާނެ ކަމެއް ކަމަށާއި އިތުރު ރޮކެޓް ލޯންޗްތަކަށް ފަންޑު ކުރާނެ ކަމަކީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. ޓޮންގާ ފަދަ ތަނެއްގެ ހާލަތަށް ބަލާއިރު، ޕެސިފިކް ގެ އެކި ހިސާބުތަކަށް ފެތުރިފައިވާ ލައްކައެއްހާ މީހުންގެ ގައުމަކުން އެ އާމްދަނީގެ އެ ސްކޭލް އަށް ފަންޑު ކުރާނީ ކިހިނެއްތޯ ބެލުމަކީ ހަގީގަތުގައި ވަރަށް އުނދަގޫ ކަމެކެވެ. މީގެ ތެރެއިން ގިނަ މާކެޓުތަކުން ހަގީގަތުގައި ވެސް ސްޕޭސް އެކްސް އަށް ބޮޑު ފައިދާއެއް ލިބޭ ސްޓްރީމެއްގެ ގޮތުގައި ސްޓާލިންކް ވާން ޖެހޭނެ ކަމަށް ހީކުރުމަކީ ހަގީގަތުގައި ވެސް ވަރަށް ޗެލެންޖިން ކަމެކެވެ. އެހިސާބުން އެނގިގެން މިދަނީ މިހާރުވެސް މެދުފަންތީގެ މީހުންނަށް އަތްފޯރާފަށަށް އަގުތައް ތިރިކޮށް އެފަދަ ފަރާތްތަކަށް ޚިދުމަތް ދެމުން ގެންދާކަމެވެ.

ޓޮންގާގައި އިންޓަނެޓްގެ ޚިދުމަތް އަލުންދީ ދުނިޔެއާއި ގުޅުވާލުމުގެ ޕްރޮޖެކްޓް ދުނިޔޭގެ ލޯތަކުން ދިޔައީ ވަރަށް ކައިރިން ބަލަމުންނެވެ. ސްޓާލިންކް އިން އެޤައުމުގައި ހިދުމަތް ދޭ ކަމަށް ހުޅަނގުގެ ގިނަ މީޑިއާތަކުން ރިޕޯޓް ކުރަމުން ދިޔައެވެ. ސްޓާލިންކް ޓަރމިނަލްތައް އެޤައުމަށް ފޮނުވައިފިއޭ ބުނެ ޚަބަރުތަކުގެ ފަލަސުރުޚީ ތަކުގައި އެވާހަކަ ދައްކަމުންދިޔައިރު، ހަގީގަތުގައި ސްޓާލިންކްގެ މަސައްކަތް އެތާންގައި އަދި ފެށެން ކައިރިވެސް ނުވެއެވެ. ޚުދު އެމީހުންގެ މަސައްތަކަށްވެސް ބޭނުންކުރަމުން ދިޔައީ ސަރުކާރުގެ އިންޓަރނެޓެވެ. މިއީ އީލޮންގެ މި ކާމިޔާބީގައި މީޑިއާވެސް ބެނދެވިފައިވާ މިންވަރު ދޭހަވާ ކަމެކެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ޚާއްޞަކޮށް ދިރިއުޅުމުގެ ހާލަތު ދަށް ފަގީރު ހިސާބުތަކުގެ ރައްޔިތުންނަށް ޓެކްނޮލޮޖީ ހޯދައިދޭނެ ކަމުގެ ވައުދު ސްޓާލިންކް އިން ފުއްދައިދެވިދާނެ ކަމުގެ އެއްވެސް އުންމީދެއް އެބައޮތް ހެއްޔެވެ؟ މިއަދާ ހަމައަށް އީލޮން މަސްކްގެ ސްޕޭސްއެކްސްގެ ސްޓާލިންކަށް ކުރެވިފައިވަނީ ކިހާވަރެއްގެ މަސައްކަތެއްބާއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.