ޝޯމީ ބޭންޑް 7 އަދި އާ ޝޯމީ ގަޑި ވަރަށް އަވަހަށް ނެރޭނެ

މަޝްހޫރު އެމްއައި ބޭންޑް 6 ބާޒާރަށް ނެރުންތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، އަނެއްކާވެސް ޝޯމީ އިން ބާޒާރަށް ފަހުގެ އިންގިލާބެއް ގެންނަން ތައްޔާރުވެއްޖެ އެވެ.

ޝޯމީގެ "މީ ބޭންޑް 6" ވަނީ ވަރަށް ބޮޑަށް ކާމިޔާބުވެ، މީހުންގެ މެދުގައި ވަރަށް މަޤުބޫލް އެއްޗަކަށްވެފައެވެ. އެގޮތުން ބޭންޑު 6 ނެރުނުތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ވަނީ މިލިއަނަކަށްވުރެ ގިނަ ބޭންޑް ވި ހުސްވެފައެވެ.

ޓުވިޓާ ގައި މުކުލް ޝަރްމާ ކުރި ޕޯސްޓެއްގައި ހާމަކުރި ގޮތުގައި ޝޯމީއިން މިހާރު ވަނީ ޔޫރަޕާއި އޭޝިއާގެ އެކި ކަންކޮޅުތަކުގައި ބޭންޑް 7 ގެ ސީރިއަލް ޕްރޮޑަކްޝަން ގެ މަސައްކަތް ފަށާފައެވެ. ހީވާގޮތުން ޝޯމީ ބޭންޑް 7 ވަރަށް އަވަހަށް ލޯންޗް ކުރަން ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ މާޗް މަހު ބެލްޖިއަމް އާއި އިންޑޮނޭޝިއާގެ ސެޓިފިކޭޝަން އޭޖެންސީތަކުގައި މޮޑެލް ނަމްބަރު "އެމް2129ބީ1" އާ އެކު ބޭންޑް 7 ވަނީ އާންމުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝޯމީ ގައި ސްމާޓް ބޭންޑްގެ ދެ މޮޑެލްއެއް ބާޒާރަށް ނެރެން ހަމަޖެހިފައިވާ އިރު ބޭންޑް 6 ގެ ޑިސްޕްލޭއަށްވުރެ ޝޯމީ ބޭންޑް 7 ގެ ޑިސްޕްލޭ 1.56 އިންޗި ބޮޑުވާނެއެވެ.

މިހެން މިގޮތަށް ވެގެން ގޮސްފި ނަމަ މިކަން ވެގެންދާނީ އަނެއްކާވެސް އިންޤިލާބީ ބޮޑު ބަދަލެއް ކަމުގައެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.