ގޭމް މެދުވެރިކޮށް ކުޑަކުދިން އިންޖިނިއަރިންގ ދަސްކުރޭ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިރާސާއަކުން ދެއްކި ގޮތުގައި މަގުބޫލު ވީޑިއޯ ގޭމް "މައިންކްރާފްޓް" ގެ ސަބަބުން މުސްތަގުބަލުގެ އެއާޕޯޓްތައް ޑިޒައިންކޮށްކުރުމާއި ކުދިންގެ ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އަދި މެތަޑް ސްކިލްސް ރަނގަޅު ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ.

މިކަން ހާމަވެގެން ގޮސްފައިވަނީ ކުރިމަގަށް މައިން ކުރާފްޓްގައި ހިމަނާނެ ބައިތަކެއް ބެލުމަށްޓަކައި "މައިނެކްރާފްޓް" ގެ ވީޑިއޯ ގޭމް ބިލްޑިންގެ ނަމުގައި ދުނިޔޭގެ 180 ޤައުމަކުން ނެގުނު މުޅި ޖުމުލަ 2800 ކުއްޖަކު ކޮށްފައިވާ ބިނާކުރުވަނިވި ފަންނުވެރި މަސައްކަތްތަކުންނެވެ.

މީގެތެރެއިންވެސް ފާހަގަކޮށްލެވުނު އެއްކަމަކީ ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ތިބޭ ކުދިންވެސް ނުވަތަ އެއްޤައުމެއްގެ އެކި ސިޓީތަކުގައި ތިބޭކުދިންވެސް އެކުއެކީގައި ގުޅިގެން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންދާކަމެވެ. އެގޮތުން، ޗާލްޓަންގެ ޔެގަރ އެއަރޕޯޓްގައި އާ ރަންވޭ ލައިޓްތައް ފަރުމާކުރުމަށް ނިއުޔޯކްގެ ބަފަލޯގެ ބްރަދަރސް ބްރަޔަން އާއި ޝޯން ބާޓޮލޯ ވަނީ ވެސްޓް ވަރޖިނިއާގެ އަބީ ރޯއާއި އެކު މަސައްކަތްކޮށްފައެވެ.

ގްރޭންޑް ރެޕިޑްސްގެ ގްރޭޑް ތަކުގެ ދަރިވަރުން ވެސް ސްޕޭސް އެސްކޭޕް ޓާމިނަލް ހިފައިގެން އައި އިރު ޑެޓްރޮއިޓްގެ ޓީމަކުން ވަނީ ވައިރަސް ޑިޓެކްޓަރުތަކާއި ރޮބޮޓް ގްރީޓާސް އިތުރުކޮށްފަ އެވެ. އަދި އުމުރުން 11 އަހަރުގެ ދެ ކުދިންނާއި ނުވަ އަހަރުގެ ކުއްޖާ އައީ ބަޔޯލުމިނެސެންޓް ފަންގަސް ހިފައިގެންނެވެ. "އެ އެއްޗިހި ވަރަށް ގިނަ އަލިކަމެއް ދޫކުރޭ."ވަރަށް އެފިޝަންޓް." އަޅުގަނޑުމެން ބަލަނީ އެ އެއްޗިސްސަކީ ތިމާވެއްޓާ ރައްޓެހި ބައެއް،" އެ ކުދިން ބުނިކަމަށް ދިރާސާގައިވެއެވެ. އަދި މިކަމުގެ ސަބަބުން އެކުދިންގެ ވިސްނުން ތަރައްޤީވެ އިންޖިއަނިންގެ ރޮނގުން އެތަށް އެއްޗެސް ދަސްވެގެންދެއެވެ.

މި ހުރިހާ ކަމެއްގެ އިތުން އެއްކުއްޖަކު އަނެއް ކުއްޖަކާއި ދެމެދު އެކުވެރިކަން އުފެދި "ބެސްޓް ފްރޭންޑުންނަށް" ވެގެންދެއެވެ. ވވ

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.