ގޫގަލް ލެންސް ވެގެންދާނީ ދުނިޔޭގެ އެންމެ މަޤުބޫލު ސަރޗިންގ ޓޫލް ކަމަށް ގޫގަލް އިން ބުނެފި އެވެ.
މިހާރުވެސް ގޫގުލް ލެންސްގެ ގިނަ ޓްރިކްސްތަކެއް ހުރި ނަމަވެސް، ސީން އެކްސްޕްލޯރޭޝަން ކިޔާ އިތުރު ބޭނުންތެރި ފީޗާއެއް ވަރަށް އަވަހަށް ތަޢާރަފް ކުރަން އުޅޭކަމަށް ގޫގުލްއިން ވަނީ ބުނެފަ އެވެ.
ގޫގަލް އައި/އޯ 2022 ގައި ގޫގަލް އިން ވަނީ ސަރޗް ކުރާޓޫލެއްގެ ގޮތުގައި "ކޮންޓްރޯލް+ އެފް" ޝޯޓްކަޓެއްގެ ގޮތުގައި މަސައްކަތްކުރާ އާ ފީޗާ ޕްރިވިއުކޮށްފަ އެވެ. ފޯނުގެ ކެމެރާ މަންޒަރަކަށް ހުއްޓާލުމުން، ގޫގުލް ލެންސް އިން ވަރަށް އަވަހަށް ޕްރޮޑަކްޓްތަކުގެ މައްޗަށް ބޭނުންތެރި މައުލޫމާތުތައް އޮވަރލޭކޮށް އަވަހަށް އިޚްތިޔާރު ކުރުމަށް އެހީތެރިވެދޭނެ އެވެ.
ގޫގަލް ލެންސްގެ މި ފީޗާއަކީ ސުޕަރ ޕަވަރފޫލް އަދި ޚާއްޞަކޮށް ޝޮޕިންގ އަށް ހޭދަކުރާ ގިނަ ވަގުތު ސަލާމަތް ކުރެވޭނެ ފީޗާއަކަށް ވެދާނެއެވެ. އަދި ގޫގަލް އިން ބުނާ ގޮތުގައި އެ ކުންފުނި ހިންގަނީ ބައެއް ސްމާޓް ރިއަލް ޓައިމް ޓެކްތަކުން ކަމަށާއި އޭގެ ތެރޭގައި ލޯކަލް ޓިޕްސް ދިނުމަށް އެތައް ސްޓްރީމްތަކެއްގެ މައުލޫމާތު އެއްކޮށް ކްރަންޗް ކުރާ ނޮލެޖް ގްރާފްތައް ހިމެނޭ ކަމަށެވެ.
ސީން އެކްސްޕްލޯރޭޝަން ރިލީޒްކުރާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާއިރު، ގޫގަލް އިން ބުނީ "ކުރިއަށް އޮތްތަނުގައި" އެ ސީން އަންނާނެ ކަމަށާއި، ވަކި ޓައިމްސްކޭލެއް ނެތް ކަމަށެވެ. މާނައަކީ އެއީ ގޫގަލް ލެންސްގެ އެންމެ ކުރީގެ ވައުދެއް ކަމަށާއި، އެ ވައުދުތައް މެޗުއަރ ވާން މަދު އަހަރުތަކެއް ނަގާފައިވާ ކަމަށެވެ. އެކަމަކު އެއީ ލެންސްގެ މިހާރު ހުރި ޝޮޕިން ޓޫލްސް އިން ލިބުނު ބޮޑު ކުރިއެރުމެކެވެ. އެހެންކަމުން އަޅުގަނޑުމެން އުންމީދު ކުރަނީ މިއަހަރުގެ ކޮންމެވެސް ދުވަހަކުން އެ ޓޫލް ފެންނާނެ ކަމަށެވެ.
މިދިޔަ މަހު ގޫގަލް ސަރޗަށް މަލްޓި ސަރޗް އައިސްފައިވާ އިރު، ވަރަށް އަވަހަށް 'ނިއަރ މީ' ކިޔާ މިއަށްވުރެ ފުރިހަމަ ވަރޝަނެއް ބޭނުން ކުރެވޭނެއެވެ. ގޫގުލްގެ މިސާލަކީ ވަކި ކެއުމެއްގެ ފޮޓޯއެއް ނެގުމާއި، އެއަށްފަހު އެ ވަކި ކާނާއެއް ލިބޭ ލޯކަލް ރެސްޓޯރެންޓްތައް ހޯދައިލެވޭނެ ގޮތް ހެދުމެވެ.
މިބާވަތުގެ ފީޗާސްތަކުގެ ސަބަބުން އަޅުގަނޑުމެން އެންމެން ހައިރާންވާ ކަމަށާއި، ގޫގަލްގެ ވަރުގަދަ ލެންސް އަދި ސަރޗް ޓެކްގެ އުކުޅުތަކަށް ގިނަބަޔަކު ލެބެމުންދާކަމަށް ދިރާސާވެރިން ބުނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.