ގޫގުލް މެޕަށް އިމަރސިވް ވިއު ފީޗަރ އިތުރު ކުރަނީ!

އާރޓިފިޝަލް އިންޓެލިޖެންޓް (އޭއައި) މެދުވެރިކޮށް ގޫގުލް އިން ވަނީ "ގޫގުލް މެޕްސް" އަށް ވަރަށް އަވަހަށް "އިމަރސިވް ވިއު" ނަމުގައި އިތުރު މުހިންމު ފީޗަރއެއް އިތުރުކުރާނެކަމަށް ބުނެފައެވެ.

މިފީޗަރ އިތުރުކުރުމުން ގޫގުލްއިން ގިނަ އަދަދެއްގެ ލޮކޭޝަން ޑޭޓާ އަދި އެހެނިހެން މައުލޫމާތު ބޭނުންކޮށްގެން، ރިއަލް ޓައިމް ޓްރެފިކާއި ބިޒީނަސް ޑޭޓާގެ އިތުރުން، އިމަރސިވް ވިއު އިން ލޮކޭޝަންތައް ވަރަށް ފުރިހަމައަށް ބަލާލެވޭނެ އެވެ.

ގޫގުލްގެ މި ޚިޔާލަކީ ކޮމްޕިއުޓަރ ވިޝަން އާއި އޭއައިގެ އެތައް ބިލިއަން ސްޓްރީޓް ވިއު އާއި ޖައްވުގެ ތަސްވީރުތައް އެއްކޮށްލައިގެން އިތުރުކުރާ ފީޗަރ އެކެވެ.

މިފީޗަރ ފުރިހަމަ ވުމުން ގޫގުލް މެޕް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރިއަށްވުރެ ފުރިހަމަކޮށް ލޮކޭޝަންތައް ޔޫޒަރަކަށް ހޯދައިލެވޭނެ އެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށާއި ރެސްޓޯރެންޓްތަކަށް ޔޫޒަރުންނަށް އިތުރަށް އެކްސެސްވުމުގެ ފުރުސަތު ވެސް ގޫގުލް އިން ދޭނެ އެވެ.

ގޫގުލް އިން ބުނާ ގޮތުގައި އިމަރސިވް ވިއު ކޮންމެ ޑިވައިސްއެއްގައި ވެސް މަސައްކަތް ކުރާނެ އެވެ. މި އަހަރުގެ ފަހުކޮޅު ލޮސް އެންޖެލިސް، ލަންޑަން، ނިއުޔޯކް، ސެން ފްރެންސިސްކޯ، އަދި ޓޯކިޔޯގައި ރޯލްއައުޓް ކުރަން ފަށާއިރު، އޭގެ ފަހުން އިތުރު ސިޓީތަކެއް ވެސް ފެންނާނެ ކަމަށް ގޫގުލް އިން ބުނެއެވެ.

ތިރީގައި މިވަނީ ގޫގުލް މެޕްސްއަށް އިތުރުކުރާ ފީޗާސްތަކާ ބެހޭ މުހިންމު މައުލޫމާތުގެ މައްޗަށް ބަލައިލައިފައިވާ ވީޑިއޯ އެކެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.