ރޭންސަމްވެއާރ ހަމަލާއަކާ ގުޅިގެން އެމެރިކާގެ ކޮލެޖެއް ބަންދު

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރޭންސަމްވެއާރ ހަމަލާއަކާއި ގުޅިގެން އެމެރިކާގެ ލިންކޮން ކޮލެޖުގެ އެންމެހައި މަސައްކަތްތައް ހުއްޓާލަން ޖެހިއްޖެއެވެ.

ލިންކޮން ކޮލެޖުން ބުނި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން ރެކޯރޑު އަދަދަކަށް އެކޮލެޖުގައި ކުދިން ތިބި ނަމަވެސް މިކަމާއި ގުޅިގެން އެކޮލެޖަށް ދަރިވަރުން ކޮލެޖު ފަސްކުރުމަށް ނުވަތަ ޗުއްޓީ އެއް ނެގުމަށް އިޚްތިޔާރުކުރުމާއެކު އެންރޯލްމަންޓް ގެ ބޮޑު ބައެއް ވަނީ ދަށްވެގެން ގޮސްފައެވެ. އެ ކޮލެޖުން ބުނީ އެ ކޮލެޖަކީ ޑިޕާޓްމެންޓް އޮފް އެޑިޔުކޭޝަންގެ ދަށުން ހިންގާ ކަޅު ނަސްލުގެ މުއައްސަސާއެއްގެ ގޮތުގައި ޝަރުތު ހަމަވާ މަދު ރަށްރަށުގެ ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލް ކަމަށެވެ.

ލިންކޮން އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިންކޮންއަށް ސައިބާ ހަމަލާއެއް ދީ، އެޑްމިޝަންގެ ހަރަކާތްތައް ފެއިލްކޮށްލައި، ހުރިހާ އިންސްޓިޓިއުޝަނަލް ޑޭޓާތަކަށް ވަނުމަށް ވެސް ހުރަސް އަޅާފައިވެއެވެ. " ރެކްރޫޓްމަންޓް، ހިފެހެއްޓުން އަދި ފަންޑްރެއިޒިން މަސައްކަތްތަކަށް ބޭނުންވާ ހުރިހާ ސިސްޓަމެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި އެހެނަސް ނަސީބަކުން ޕާސަނަލް އައިޑެންޓިފިކޭޝަން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވޭ." އެ ކޮލެޖުގެ ހޯމްޕޭޖުގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން ރެކްރޫޓްމަންޓް އަދި ފަންޑްރެއިޒިން ފަދަ ހަރަކާތްތަކަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ލިންކޮން ކޮލެޖުން މައުލޫމާތު ދިން ގޮތުގައި ރޭންސަމްވެއާރ މި ހަމަލާގެ ސަބަބުން އެ ކޮލެޖަށް ވަނީ ވަރަށް ބޮޑު ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި އެ ކޮލެޖުން މިހާރު އަންނަނީ އެކަން ހައްލުކުރުމަށް ވަރަށް ބޮޑަށް މަސއްކަތް ކުރަމުންނެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ރެންސަމްވެއާރ ހެކަރުން ވަނީ ތައުލީމީ އެހެން މަރުކަޒުތަކުގެ އިތުރުން ހޮސްޕިޓަލްތަކާއި ގޭމް ސްޓޫޑިއޯތަކާއި ސިންކްލެއަރ ބްރޯޑްކާސްޓް ގްރޫޕާއި އެނޫންވެސް ގިނަ ކުންފުނިތަކާއި މުއައްސަސާތަކަށް ހަމަލާދީފައެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.