މަޝްހޫރު އައިކޮނިކް ޑާންސިން ބެބީ ރީމާސްޓަރކޮށް އެންއެފްޓީއެއްގެ ގޮތުގައި މިންޓް ކޮށްފިއެވެ.
1990 ގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ 2000 ގެ ކުރީކޮޅު މަޝްހޫރުވެގެންދިޔަ އެނިމޭޓެޑް ތުއްތު ކުއްޖަކު ނަށަމުން ދިޔަ އެނިމޭޝަނެއް އެއް މުޅި އިންޓަނެޓްގައި ބުރުޖަހަމުން ދިޔަ ހަނދާން ހުންނާނެ އެވެ.
މި އެނިމޭޝަނުން ހަގީގަތުގައިވެސް އިންޓަނެޓްގެ އައުކަމާއި ސާފުކަމުގެ ރަމްޒެއް ދޭހަކޮށްދޭއިރު، މިހާރު އެއީ އެން.އެފް.ޓީ ފޯމެޓްގެ އެނިމޭޝަނެކެވެ. އަދި ހަމަ އެއާއި އެކު އެ ފައިލް ނުވަތަ އެ އެނިމޭޝަން މިހާރު އެވަނީ ފިކުރީ މުދަލެއްގެ ގޮތުގައި ހިމާޔަތްކޮށް އޮންލައިން މާރކެޓްގައި މާރކެޓް ކޮށްފައެވެ.
ދުނިޔޭގެ މީޑިއާގައި ވައިރަލްވެފައިވާ މި ތުއްތު ކުއްޖާ ( އެނިމޭޝަން ) ގެ ތާރީޚު ވަކިން ރަނގަޅަށް ލިޔެވިފައި ނުވި ނަމަވެސް ނޯ ޔޯ މީމް އިން ބުނާ ގޮތުގައި ތުއްތު ކުއްޖާގެ ސޯސް ފައިލް ނެރުނީ 1996 ވަނަ އަހަރު ކެރެކްޓަރ ސްޓޫޑިއޯ ޕެކޭޖެއްގެ ތެރެއިންނެވެ.
ކެރެކްޓަރ ސްޓޫޑިއޯ އަކީ އޮޓޯޑެސްކްގެ 3ޑީ މެކްސް ސޮފްޓްވެއާގެ ތެރޭގައި ހިމެނޭ 3ޑީ ރެންޑަރިން ސޮފްޓްވެއާއެކެވެ. ދާދި ފަހުން ބަޒްފީޑަށް ނެރުނު ވީޑިއޯއެއްގައި މައިކަލް ޖިރާޑް ވިދާޅުވީ އޭނާ ޑާންސިން ބެބީ ކޯޑް ލިޔުނީ ނަމޫނާ ފައިލެއްގެ ގޮތުގައި ކަމަށާއި ލޫކަސްއާޓްސްގެ ރޮން ލުސިއާ ކުޅުނީ ތުއްތު ކުއްޖާގެ ތަފާތު ވައްތަރުތަކާ އެކު ކަމަށެވެ. އީމެއިލް މެދުވެރިކޮށް ތުއްތު ކުއްޖާގެ އެނިމޭޝަން ފެތުރެން ފެށިއިރު، އެނިމޭޝަން މަގުބޫލު ކުރުމަށް ޖިރާޑް ޝޯ އެލީ މެކްބީލް އަށް ނަކަލު ކުރި އެވެ.
ދަ ޑާންސިންގ ބެބީ މިހާރު ވަނީ އެޗްޑީ ކޮލިޓީގައި ރީމާސްޓަރ ކޮށްފައެވެ. އެއީ އެންއެފްޓީ އެއްގެ ގޮތުގައެވެ. މި ޖީއައިއެފްގެ އަސްލު އުފެއްދި ފަރާތްތަކުން ވިއެނާގައި ހުންނަ ޑިޒައިން ސްޓޫޑިއޯ އެޗްއެފްއޭ-ސްޓޫޑިއޯއާ ގުޅިގެން އިންޓަނެޓްގެ ތާރީހަށް މި މީމް އިތުރަށް ފުރިހަމަ ކޮށްލި އެވެ. "ޑާންސިން ބޭބީ ފުރަތަމަ ވައިރަލްވިތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އަޅުގަނޑުމެން ނެރޭނީ ޑިޖިޓަލްކޮށް ރިސްޓޯރ ކޮށްފައިވާ، އޮމާން ހައި ޑެފިނިޝަން 1/1 އާޓްވޯކެއް އޮރިޖިނަލް ކްރިއޭޓަރުންގެ ގޮތުގައި އެންއެފްޓީގެ ގޮތުގައި، އެހެންވީމަ ޑާންސިން ބޭބީއަށް އަބަދަށްޓަކައި ދެމިހުންނާނެ،" އެޗްއެފްއޭ-ސްޓޫޑިއޯ އިން ނެރެފައިވާ ނޫސްބަޔާނެއް ގައި ބުނެފައިވެއެވެ.
އަސްލު ޑާންސިން ބޭބީ އެންއެފްޓީ އަކީ މިފަދަ ފަންނާނުން އުފެއްދި އާޓްވޯކްގެ އިތުރު 6 ވަރޝަން ހިމެނޭ ބޮޑު “ޑާންސިން ބެބީ ކަލެކްޝަން” ގެ ބައެކެވެ.
ފާއިތުވި މަސްތަކުގައި އެންއެފްޓީތަކުގެ މަގުބޫލުކަން ކޮންމެވެސް ވަރަކަށް ދަށްވަމުން އަންނަތަން ފެނުނެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ދާދިފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންއެފްޓީ ކުރިއަރަން ފަށާނެ ކަމަށާއި، އެންއެފްޓީގެ ވިޔަފާރި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެންމެ މައްޗަށް ދިޔަ މިންވަރަށްވުރެ %92 ދަށްވެފައިވާއިރު، އެކްޓިވް ވޮލެޓްތަކުގެ އަދަދު 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެންމެ މައްޗަށް ދިޔަ މިންވަރަށްވުރެ %88 ވަނީ ދަށްވެފައެވެ.
އެވްރެޖްކޮށް އެންއެފްޓީގެ އަގު ގާތްގަނޑަކަށް 4800 ޑޮލަރު ދަށްވެ، ޖުމްލަ ކުމިއުލެޓިވް ޑެއިލީ ސޭލްސް 134 މިލިއަން ޑޮލަރު ދަށްވެފައިވަނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ.
ދަ ޑާންސިން ބޭބީ އަކީ ބްލޮކްޗޭންއަށް ދޫކޮށްލި ފުރަތަމަ އިންޓަނެޓް މީމްއެއް ނޫނެވެ. ނިޔަން ކެޓްގެ އުފެއްދުންތެރިޔާ ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު މިންޓް ކުރުމަށް ކުލަގަދަ ފެލައިން ރީމާސްޓަރކޮށްފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.