އޭއައިގެ އެހީގައި އާގުބޯޓެއް 500 މޭލަށް ދަތުރުކޮށްފި

ޓޯކިޔޯ ބޭ އިން އަޔަސީ ބޭ އަށް 500 މޭލުގެ ދަތުރެއް ގާތްގަނޑަކަށް ފުރިހަމަކޮށްފައިވާ، ޖުމްލަކޮށް 749 ޓަނުގެ ކަނޑުމަތީގެ އުޅަނދެއް ކަމަށްވާ ސުޒާކާ، ދުނިޔޭގައި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދުއްވި ވިޔަފާރި އާގުބޯޓަށް ވެފައިވާ ކަމަށް، އިލެކްޓްރެކް އިން ރިޕޯޓުކޮށްފިއެވެ.

ދުނިޔެއިން ދަތުރުފަތުރު ކުރުމުގައި އޮޓޮމޭޝަނާއި ދިމާލަށް މިސްރާބު ޖަހާފައި ވާއިރު، ކަނޑުމަތީގައި ބޭނުންކުރާ އުޅަނދުފަހަރުތައް މިކަމުގައި ބާކީކޮށްލާފައެއް ނުވެއެވެ. މި އަހަރުގެ ކުރީކޮޅުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަޕާނުގެ ވަރަށް ބޮޑު ފެރީއެއް އޮޓޯއިން ދަތުރުކޮށްފައި ވެއެވެ. އަދި މިހާރު މިކަން ވަނީ ވިޔަފާރި އާގުބޯޓަކުންވެސް ހާސިލްކޮށްފައެވެ. އާގުބޯޓުން އޮޓޯކޮށް ދުއްވޭގޮތް ހަމަޖެހިގެން ދިޔައީ އިޒްރޭލުގެ ސެޓްއަޕްއެއް އުފެއްދި މެރިޓައިމް ނެވިގޭޝަނަލް ސޮފްޓްވެއަރ އެއް މެދުވެރިކޮށެވެ.

އޯރްކާ އޭއައި

2018 ވަނަ އަހަރު ދެ ނޭވަލް ތަޖުރިބާކާރުން އުފެއްދި އޯރްކާ އޭއައި އިން އަމާޒުކޮށްފައި ވަނީ، އާގުބޯޓުފަހަރުތަކުގެ ދަތުރުތައް އޮޓޯކުރުމަށް، ބޯޓުގެ ސަލާމަތީ ނިޒާމްތަކާއި ސެންސަރުތަކެއް އެއްކުރުމަށެވެ. މިދިޔަ އަހަރު، އޯރްކާ އޭއައި އިން، 800 ކަނޑުދަތުރުކުރާ އުޅަނދުފަހަރުތައް ހުރި ޖަޕާނުގެ ޝިޕިންގ ކުންފުންޏެއް ކަމަށްވާ، އެންވައިކޭ ލައިންއާއި ގުޅިގެން މަސައްކަތްތަކެއް ކުރަން ހަމަޖެހުނު ޚަބަރު ވާނީ ރިޕޯޓުކޮށްފައެވެ. މިދިޔަ އަހަރު ގުޅިގެން ކުރި މި މަސައްކަތުގެ ތެރޭގައި، ދިރާސާ ޓްރަޔަލްގެ ތެރެއިން އޯރްކާ އޭއައި އިން ވަނީ އޭގެ އޮޓޮމެޓިކް ޝިޕް ޓާގެޓް ރިކޮގްނިޝަން ސިސްޓަމް ސުޒާކާއަށް އިންސްޓޯލްކޮށްފައެވެ. ބޯޓުން ކުރިން ކުރި ދަތުރުތަކުން ނެގުނު މައުލޫމާތުތައް ވަނީ އޭއައި ތަމްރީނުކުރުމުގައި ބޭނުންކޮށްފައެވެ.

މި ޓްރަޔަލްތަކުގައި ޑިޒައިނިންގ ދަ ފިއުޗަރ އޮފް ފުލް އޮޓޮނޯމަސް ޝިޕްސް (ޑީއެފްއެފްއޭއެސް) ވެސް ވަނީ ބައިވެރިވެފައެވެ. މިއީ، ކަނޑުމަތީގައި ކުރާ ދަތުފުފަތުރު އޮޓޯ ކުރުމަށް މަސައްކަތް ކުރަމުން ދާ، ޖަޕާނުގެ 30 ކުންފުންޏަކަާއި ނިޕޯން ފައުންޑޭޝަންގެ މައި ކުންފުންޏެވެ.

ދަތުރު

ދަތުރަށްޓަކައި، އޯރްކާގެ ސަލާމަތީ ނެވިގޭޝަން ނިޒާމުގެ ތެރެއިން، ސުޒާކާގައި 18 ކެމެރާ ހަރުކޮށްފައި ވެއެވެ. މީގެ ބޭނުމަކީ ފާރަވެރިވުމާއި، ވަގުތުން މައުލޫމާތު ދެނެގަނެ، ޓްރެކްކޮށް، ވަކި ބައިތަކަކަށް ބަހައި، ރޭންޖެއް އަންދާޒާކުރުމުގެ އިތުރުން ރެއާއި ދުވާލު 360 ޑިގްރީގެ މަންޒަރެއް ފޯރުކޮށްދިނުމެވެ. ޓޯކްޔޯގައި ހުރި ފްލީޓް އޮޕަރޭޝަން މަރުކަޒަކުން ވަނީ މި އުޅަނދުން ލިބުނު ހުރިހާ މައުލޫމާތުތަކެއްގެ އަދާހަމަތައް ބަލަހައްޓާފައެވެ.

ސުޒާކާގެ ދަތުރު ފައްޓާފައި ވަނީ، ދުނިޔޭގައި އެންމެ ބާރުބޮޑު އެއް ފެނުގެ ސަރަހައްދެއް ކަމަށްވާ ޓޯކްޔޯ ބޭ އިންނެވެ. އަދި އަޔަސީ ބޭގައި ހުންނަ ސުމަޓުސަކާއަށް ދަތުރު ނިންމާލާފައި ވަނީ 40 ގަޑިއިރުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި، މި އާގުބޯޓުން ވަނީ 107 ފަހަރު އެއްވެސް އިންސާނެއްގެ އެހީއާއި ނުލައި އެހެން އެއްޗެއްގައި ނުޖެހި އެހެން ދިމާލަކަށް އަނބުރާލާފައެވެ. އަދި މި ދަތުރުގައިވެސް ހަމައެކަނި 400 އާއި 500 އާއި ދެމެދުގެ އަދަދެއްގެ ކަނޑުގެ އުޅަނދުފަހަރުތަކާއި ދުރަށް ގޮސްފައި ވާކަމަށް އިލްކްޓްރެކް އިން ރިޕޯޓުކުރެއެވެ.

"ދުނިޔޭގެ އެންމެ ފުރަތަމަ އޮޓޯ ވިޔަފާރި ދަތުރަކީ ކުރިއަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް،" އޯރްކާ އޭއައި ގެ ކޯ-ފައުންޑަރ އަދި ސީއީއޯ ޔާރޑެން ގްރޮސް ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވެއެވެ. "އަޅުގަނޑުމެން އުއްމީދުކުރަނީ ބޮޑެތި ޝިޕިންގ ކުންފުނިންތަކުން އެޑްވާންސް އޭއައި އަދި ކޮމްޕިއުޓަރ ވިޝަން ޓެކްނޮލޮޖީތައް، އޮޓޯކޮށް ޝިޕިންގ ކުރިއަށް ގެންދިޔުމުގެ ތަސައްވުރާއި އެކު ތަންފީޒުކުރުން."

މިދިޔަ އަހަރު، އޮޓޯކޮށް ކަރަންޓު ބޭނުންކޮށްގެން ބޯޓެއް ދަތުރުކުރި ޚަބަރެއް ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް، ބޯޓު ފަރުމާކުރެވިފައި ވަނީ އޮޓޯކޮށް މަސައްކަތް ކުރުމަށް ކަމުގައި ވިޔަސް ދަތުރުކުރެވިފައި ވަނީ 8.7 މޭލަށެވެ.


ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.