އަލީބާބާ ކްލައުޑުންތިން ވަނަ ޑޭޓާ ސެންޓަރެއް ހުޅުވައިފި

އަލީބާބާ ކްލައުޑުން ޖަރުމަނުގައި ތިން ވަނަ ޑޭޓާ ސެންޓަރު ހުޅުވައި، ސްޓޯރޭޖް، ނެޓްވޯކިން، ޑޭޓާބޭސް، އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި މެޝިން ލާނިން ފަދަ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެން ފަށައިފިއެވެ.

އަލީބާބާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފްރެންކްފަރޓްގައި ގާއިމްކުރާ އާ ފެސިލިޓީގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޯމަޝަންގެ މަސައްކަތްތައް އިތުރުވެ، މުޅި ޔޫރަޕްގެ އެންޓަޕްރައިސް ކަސްޓަމަރުންނަށް އިތުރަށް އެހީތެރިވެދެވޭނެއެވެ.

މި ސަރަހައްދުގައި އެ ކުންފުނީގެ ކްލައިންޓޭލްގައި ހިމެނެނީ އޮޓޯމޯޓިވް، މެނުފެކްޗަރިން، ރީޓެއިލް، އަދި ގޭމްސް ފަދަ ވަރޓިކަލްސް އެވެ.

ޗައިނާގެ އެންމެ ފަހުގެ ޑޭޓާ ސެންޓަރުން ވެންޑަރުގެ ގްލޯބަލް ފުޓްޕްރިންޓް 84 އެވޭލަބިލިޓީ ޒޯނަށް ކޮއްޕާލަނީ 27 ސަރަހައްދެއްގައި ކަމަށާއި އެއީ، ޗައިނާއިން ބޭރުގައި، ސިންގަޕޫރު , އޮސްޓްރޭލިއާ، ޖަޕާން , އަދި އިންޑޮނޭޝިއާ ހިމެނޭ ސަރަހައްދެކެވެ.

އަލީބާބާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިސައިޓަކީ ލޯކަލް ގޮތުން ޑޭޓާ ރައްކާކޮށްފައި ހުރުމާއެކު އެގައުމުގެ ކްލައުޑް ކޮމްޕިއުޓިން ކޮމްޕްލައިންސް ކޮންޓްރޯލްސް ކެޓަލަގް (ސީ5) ގައި ބަޔާންކޮށްފައިވާ ޖަރުމަނުގެ ސެކިއުރިޓީ ސްޓޭންޑަޑްތަކާއި ގަވާއިދުތަކަށް ފެތޭގޮތަށް ފަރުމާކުރެވި ފުރިހަމަ ކުރެވިފައިވާ ސައިޓެކެވެ. އަދި ޖަރުމަނުގައި ތަންފީޒުކުރާ އެއައި އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ސައްޙަކުރުމަށް ޓެސްޓިން ސްޓޭންޑަޑެއް ކަމަށްވާ ޖަރުމަނުގެ އެއައި ކްލައުޑް ސާވިސަސް ކޮމްޕްލައިންސް ކްރައިޓީރިއާ ކެޓަލަގްގެ ދަށުން އޮޑިޓެއް ވެސް ކްލިއާކޮށްފައިވެ އެވެ.

މި ޑޭޓާ ސެންޓަރުގައި ޑްރައި ކޫލަރުތައް ބެހެއްޓިފައިވާއިރު، އެ ސެންޓަރުގެ ފިނިކުރުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން ގުދުރަތީ ފިނި މާހައުލުގެ ވައި މެކޭނިކަލް ރިފްރިޖަރޭޝަންގެ ބަދަލުގައި ޓެޕްކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން އަހަރަކު 7،000 ގަޑިއިރަށް ވުރެ ގިނައިރު "ހިލޭ" ފިނިކުރުމުގެ ގާބިލްކަން ލިބިގެން ދާނެކަމަށް ވެސް އަލީބާބާއިން ބުނެ އެވެ.

މީގެ އިތުރުން މި ޑޭޓާ ސެންޓަރުގައި ހިންގާ އޮޕަރޭޝަންތަކަށް ކަރަންޓް ދިނުމަށް %100 ފެހި ކަރަންޓް ނެގުމަށް އަމާޒު ހިފާފައިވާ ކަމަށާއި، އޭގެ ތެރޭގައި ދުވާލަކު ކާބަން ފުޓްޕްރިންޓް މޮނިޓަރކޮށް އޮޕްޓިމައިޒް ކުރުމަށް އިންޓެލިޖެންޓް ކްލައުޑް ބެސްޓް ޕްލެޓްފޯމެއް ވެސް ބޭނުން ކުރެވޭނެކަމަށް އަލީބާބާއިން މައުލޫމާތު ދެއެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.