ބޭންކް އޮފް މޯލްޑިވްސް ގެ އެޕްލިކޭޝަނަށް ވޮލެޓް ފީޗަރ އިތުރުކޮށް އޭގެ އަދާހަމަ މިއަދުންފެށިގެން ލިބޭނެކަމަށް އެބޭންކުން ކަސްޓަމަރުންނަށް އަންގައިފިއެވެ.
ބީއެމްއެލްގެ ކަސްޓަމަރުންނަށް އެ ބޭންކުން އިއްޔެ ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ ބީއެމްއެލް އެޕަށް ވޮލެޓްގެ ފީޗާސްތައް މިއަދު ލޯންޗް ކުރާނެކަށެވެ.
ބީއެމްއެލް އިން ބުނީ އެއް އެޕަކުން ބޭންކިންގ އާއި ފައިސާ ދެއްކުމަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ބީއެމްއެލްގެ ވޮލެޓް ފީޗާރސްތައް އެ އެޕަށް އިތުރުކޮށްފައިވާ ކަމަށެވެ.
ބީއެމްއެލް އިންބުނީ ފޯނުގައި މިހާރުވެސް ބޭނުންކުރަމުންދާ އެޕަށް މިއަދުން ފެށިގެން އޮޓޯ އަޕްޑޭޓް އަންނާނެކަމަށެވެ. އެކަމަކު އޮޓޯ އަޕްޑޭޓް އަންނާނީ ޑިވައިސްގައި އޮޓޯ އަޕްޑޭޓްވާގޮތަށް ސެޓްކޮށްފައިވާނަމައެވެ.
މިއަދުން ފެށިގެން އޮޓޯ އަޕްޑޭޓް ނުލިބޭނަމަ ޕްލޭސްޓޯރުން ނުވަތަ އެޕްސްޓޯރުން އެ އެޕް އަދާހަމަ ކޮށްލުމަށްވެސް ބީއެމްއެލް އިން އިލްތިމާސްކުރައްވައެވެ.
ވޮލެޓްގެ ހިދުމަތްތައް ބޭނުން ކުރުމަށްޓަކައި ރަނގަޅު މޯބައިލް ނަންބަރު އެޑް ކޮށްލަން ޖެހޭއިރު، އަލަށް ތަޢާރަފް ކުރާ ވޮލެޓްގެ ޚިދުމަތަކީ ނުވަތަ އެ ފީޗަރއަކީ ކަސްޓަމަރުން ހިތްހަމަޖެހޭ ފަސޭހަ ބޭނުންތެރި ފީޗާއަކަށް ވާނެކަމަށް ބީއެމްއެލްއިން އުންމީދުކުރާކަމަށް އެކުންފުނުނިން ބުނެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.