އާ ފީޗާރސް ތަކާއެކު އައިއޯއެސް 15.5 ރިލީޒް ކޮށްފި

އާ ފީޗާރސް ތަކާއެކު އައިއޯއެސް 15.5 އެޕަލް ކުންފުނިން ރިލީޒްކޮށްފި އެވެ.

މިހާރު އެޕަލްސް އިން އިންސްޓޯލް ކުރުމަށް މި އަޕްޑޭޓްސް އާންމުކޮށް ހުޅުވާލައިފައި ވާއިރު، އައިއޯއެސް 15.5 އާ ބެހޭ ގޮތުން އެނގެން ޖެހޭ މައުލޫމާތު ތަކުގެ މައްޗަށް ބަލައިލަމާ ހިންގާށެވެ.

ޑިވެލޮޕަރ ބީޓާ ފޭސްއަކަށް ފަހު އައިއޯއެސް 15.5 މިހާރު އާންމުކޮށް އައިފޯނުން ޑައުންލޯޑް ކުރެވޭނެއެވެ. އައިއޯއެސް 15.4 އިން އޮޕަރޭޓިން ސިސްޓަމަށް މާބޮޑު ބަދަލެއް ނާންނަ ނަމަވެސް ކުރިއަށް އޮތްތަނުގައި އައިފޯން ބޮޑެތި އަޕްޑޭޓްތަކުގެ ބިންގާ އަޅާ އެޕްތަކަށް ކުދިކުދި އަޕްގްރޭޑްތަކާއި ކުރިއެރުންތައް ގެނެސްދެ އެވެ. ޔުނިވާސަލް ކޮންޓްރޯލް ފަދަ ބޮޑެތި އާ ފީޗާތަކުގެ ބަދަލުގައި އައިއޯއެސް 15.5 އިން އެޕަލް ކޭޝް، ފޮޓޯ މެމޮރީސް އަދި ޕޮޑްކާސްޓްސް އެޕްގެ އަޕްޑޭޓްތައް ގެނެސްދެ އެވެ.

އައިއޯއެސް 15.5 ރިލީޒްކުރިތާރީޚް:

އެޕަލް އިން އައިޕެޑްއޯއެސް 15.5 އާ އެކު އައިއޯއެސް 15.5 ނެރުނީ މެއި 16 ވީ ހޯމަ ދުވަހު އެވެ.

އައިއޯއެސް 15.5 ޑައުންލޯޑް ކުރާނީ ކިހިނެއް ހެއްޔެވެ؟

އައިއޯއެސް 15.5 ޑައުންލޯޑް ކުރެވޭނީ ސެޓިންގސް > ޖެނެރަލް > ސޮފްޓްވެއާ އަޕްޑޭޓް > ޑައުންލޯޑް އެންޑް އިންސްޓޯލް އަށް ގޮސްގެންނެވެ. 15.5 ގެ އަޕްޑޭޓަކީ ގާތްގަނޑަކަށް 630 އެމްބީ އެވެ.

އެޕަލް ކޭޝް :

15.5 އަށް އައި އެންމެ ބޮޑު ފަންކްޝަނަލް ބަދަލަކީ އެޕަލް ކޭޝް އަށް "ފޮނުވުން" އަދި "ރިކުއެސްޓް" ބަޓަން ހިމެނުމެވެ. އައިއޯއެސް 15.5 ގައި ހުންނަ މި ބަޓަންތަކާއެކު ސީދާ އެޕަލް ކޭޝް ކާޑުން ފައިސާ ލިބި ފޮނުވައި، އެ މުއާމަލާތްތަކަށް މިހާރު ހޭދަކުރަންޖެހޭ ވަގުތު އެތައްތަނަކުން މަދު ކުރެވޭނެ އެވެ.

ޕޮޑްކާސްޓްސް އެޕް:

އައިއޯއެސް 15.5 ގައި އާ ފީޗާއެއްގެ ސަބަބުން ފޯނުގެ ސްޓޯރޭޖް ރަނގަޅަށް ބެލެހެއްޓުމަށް ޕޮޑްކާސްޓް އެޕްގައި ހުންނަ ސެޓިންގްސް ބަދަލުކުރެވޭނެ އެވެ. މި ސެޓިންގް މެދުވެރިކޮށް ފޯނުގައި ރައްކާކޮށްފައިވާ އެޕިސޯޑްތައް ލިމިޓް ކުރެވޭއިރު، ދުވަސްވީ އެޕިސޯޑްތައް އޮޓޮމެޓިކުން ޑިލީޓް ކުރެވޭނެ އެވެ.

ފޮޓޯތަކުގެ މެމޮރީސް ފަންކްޝަން:

އައިއޯއެސް 15.5 އިން ފޮޓޯތަކުގެ މެމޮރީސް ފަންކްޝަން ޓްވީކް ކޮށްދެއެވެ. ފޮޓޯތަކުން ދެން "ސެންސިޓިވް ލޮކޭޝަންސް" އަށް ރެކޮމެންޑް ނުކުރާނެއެވެ. އެހެނީ މި އަޕްޑޭޓަށްފަހު މެމޮރީސް ހުރިހާ ކަމެއް ވެސް ގުޅިފައިވަނީ ހޮލޮކޯސްޓާ އެވެ. އެޕަލް އަށް ކުރިއަށް އޮތްތަނުގައި އެ ތަންތަނުގެ ލިސްޓް ފުޅާވެސް ކުރެވިދާނެ އެވެ.

އައިޓިއުންސް ޕާސްގެ ނަމަށް އެޕަލް ބެލެންސް ވަނީ ބަދަލުކޮށްފައި:

އަނެއް ބަދަލެއްގެ ތެރޭގައި ވޮލެޓްގެ އައިޓިއުންސް ޕާސް ފީޗާގެ ނަން އެޕަލް ބެލެންސް އަށް ބަދަލުކުރުން ހިމެނެ އެވެ. މިހާރު އެޕަލް ވޮލެޓް އިން އެޕަލް ބެލެންސް އަށް ވަކި ކާޑެއް ފެންނާނެ ކަމަށާއި، އެއީ ކްރެޑިޓް ކާޑެއް ވޮލެޓްގައި ފެންނަ ގޮތާ އެއްގޮތަށެވެ.

އެޕަލް ކްލާސިކަލް :

އައިއޯއެސް 15.5 ގައި އެޕަލް ކްލާސިކަލް އެޕް އެއް ނެތެވެ. އެކަމަކު މެކްރޫމަރސް އަށް 15.5 ބީޓާގައި އާ އެޕަލް ކްލާސިކަލް އެޕެއްގެ ރެފަރެންސްތައް ފެނުނު އިރު އެއީ މިދިޔަ އަހަރު އެޕަލް އިން ކްލާސިކަލް މިއުޒިކް ސްޓްރީމިން ސާވިސް ޕްރައިމްފޯނިކް ގަތުމަށް ލިބުނު އެންޑްގޭމް ކަމަށް ފެނެ އެވެ. ކުރިއަށް އޮތްތަނުގައި އައިއޯއެސް އަޕްޑޭޓްތަކުގައި ކްލާސިކަލް މިއުޒިކަށް ސްޓެންޑަލޯން އެޕެއް ހިމެނިދާނެ އެވެ.

އިތުރު ސްޕޯޓްސްކިޓް ސަޕޯޓްސް:

އެޕަލްގެ ކޮންޓެންޓް ކެޓަލަގަށް ލައިވް ބޭސްބޯޅަ ގެނައުމުން އައިއޯއެސް 15.5 އިން ވެސް ސްޕޯޓްސްކިޓަށް އިތުރު ސަޕޯޓެއް ލިބިގެންދެ އެވެ.

އައިއޯއެސް 15.5 އަށް ގެނައި ބަދަލުތައް ހޯދަމުންދާއިރު، އެޕަލްގެ އައިއޯއެސް 16 އާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް އަޑުއިވިފައިވާ ހުރިހާ އަޑުތަކަކަށް ބަލާލާއިރު، އެންމެ ޚާއްޞަ ކަމަކަށް އުންމީދުކުރެވނީ މާސްކް އަޅައިގެން އައިފޯނު އަންލޮކް ކުރާނެ ގޮތާއި އާ ޕްރައިވެސީ ފީޗާސްތައް ހިމެނޭނެކަމަށް ވުމެވެ. އައިއޯއެސް 16 އަށް އިންތިޒާރުކުރައްވާ ފަރާތަކަށްވެސް އޮތީ ފޮނި އުންމީދާއި އެކު ކެތްތެރިކަމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.