ޖީމެއިލް އެކައުންޓް ބެކްއަޕް ކުރާނެ ގޮތް

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އީމެއިލް އެކައުންޓް ބެކްއަޕް ކުރަން ޖެހިދާނެ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އީމެއިލް ޕްރޮވައިޑަރ ބަދަލަކުރަން ބޭނުން ވެދާނެ، ނުވަތަ ސައިބަރ ސެކިއުރިޓީ އާއި ޚިލާފުވާ ހާލަތެއްގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ޓަކައި ޑޭޓާގެ ކޮޕީއެއް ބޭނުންވެދާނެއެވެ. ނަސީބަކުން ގޫގުލްގައި ޖީމެއިލް އެކައުންޓް ސެޓިންގްސް ޕޭޖްގެ ތެރޭގައި ފޮރުވިފައިވާ މި ޕްރޮސެސް ފަސޭހަކޮށްދޭ ފީޗާއެއް ގޫގުލްގައި އެބަހުއްޓެވެ.

ގޫގުލް ޓޭކްއައުޓް އަކީ ގޫގުލް ޑްރައިވް، ގޫގުލް ފޮޓޯސް، ގޫގުލް ޕްލޭ، އަދި އެންމެ މުހިންމު، ޖީމެއިލް އީމެއިލްތައް ހިމެނޭ ގޮތަށް ގޫގުލް ޕްރޮޑަކްޓްގެ އެކި ޑޭޓާ އެކްސްޕޯޓްކޮށް ޑައުންލޯޑް ކުރުމުގެ އިހްތިޔާރު ލިބޭ އޮޕްޝަނެކެވެ.

ޖީމެއިލް ޑޭޓާ އެކްސްޕޯޓް ކުރެވޭނީ އެމްބޮކްސް ނުވަތަ ޖޭސަން ފޯމެޓުތައް ބޭނުންކޮށްގެން ކަމަށާއި ހުރިހާ އީމެއިލްތަކެއް އެކްސްޕޯޓް ކުރާނީތޯ ނުވަތަ ވަކި ލޭބަލް ކުރެވިފައިވާ ކޮންޓެންޓެއް އެކްސްޕޯޓް ކުރާނީތޯ ވެސް ކަނޑައެޅިދާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައި މިވަނީ އެވެ.

1. ގޫގުލް އެކައުންޓަށް ލޮގިން ވެލާށެވެ.

2. ޖީމެއިލް ޕޭޖުން، ޕްރޮފައިލް އައިކަން އަށް ކްލިކް ކޮށްލުމަށްފަހު ގޫގުލް އެކައުންޓް މެނޭޖް ކުރުމަށް އޮޕްޝަން ޚިޔާރު ކުރާށެވެ.

3. މީގެން ގޫގުލް ޕްރޮޑަކްޓްތަކުގެ ސެޓިންމެނޭޖްކުރުމަށް ގޫގުލް އެކައުންޓްގެ ޑޭޝްބޯޑު ހުޅުވިގެން ދެއެވެ. ޑޭޓާ އެކްސްޕޯޓް ޕޭޖް ހުޅުވުމަށް ޑޭޓާ އެންޑް ޕްރައިވެސީ ޓެބަށް ކްލިކް ކޮށްލާށެވެ.

4. ތިރިއަށް ސްކްރޯލްކޮށް 'ޑޭޓާ ފްރޮމް އެޕްސް އެންޑް ސަރވިސް' އަށް ކްލިކް ކޮށްލާށެވެ.

5. ޑޭޓާ ޑައުންލޯޑް ކުރައްވާ އޮޕްޝަން ޚިޔާރު ކުރައްވާށެވެ.

6. ގޫގުލް ޓޭކްއައުޓް ޕޭޖުން އެކައުންޓާ ގުޅިފައިވާ ގޫގުލްގެ ހުރިހާ ޕްރޮޑަކްޓްތަކެއް ދައްކާނެއެވެ. ހުރިހާ އޮޕްޝަންތަކެއް ޑިސެލެކްޓްކޮށް ތިރިއަށް ސްކްރޯލްކޮށް މެއިލް އޮޕްޝަން ޚިޔާރު ކުރާށެވެ.

7. ޑޭޓާ އެކްސްޕޯޓް ކުރެވޭނީ އެމްބޮކްސް ނުވަތަ ޖޭސަން ފޯމެޓަށެވެ.

އެމްބޮކްސް ފައިލްތަކަކީ މޮޒިއްލާ ތަންޑަރބާރޑް ފަދަ އީމެއިލް ކްލަޔަންޓުން ބޭނުންކޮށްގެން އީމެއިލްތަކަށް އެކްސެސް ވުމަށް ބޭނުންކުރާ ފައިލްތަކެކެވެ.

ޖޭސަން އަކީ ހަމައެކަނި ޔޫސަރ ސެޓިންގްސްއަށް ރިޒަރވް ކުރެވިފަވާ ފައިލް އެކެވެ.

8. އެކްސްޕޯޓް ކުރަންޖެހޭ ޑޭޓާ ޕްރިވިއު ބެލުމަށް 'އޯލް މެއިލް ޑޭޓާ އިންކްލޫޑެޑް' ޚިޔާރުކުރާށެވެ.

9. ބޭނުންވާ ލޭބަލްތައް ސެލެކްޓްކޮށް، ލޭބަލްއެއް އިތުރު ނުކުރާނަމަ، ސެޓިންތައް ޑިފޯލްޓްގެ ގޮތުގައި ދޫކޮށްލައި، އޯކޭއަށް ކްލިކްކޮށް ތިރިއަށް ސްކްރޯލް ކޮށްލާށެވެ.

10. އެކްސްޕޯޓް ސެޓިންގްސް ޕްރިވިއު ކުރުމަށް 'ނެކްސްޓް ސްޓެޕް' އަށް ކްލިކް ކޮށްލާށެވެ.

ގޫގުލް ޑްރައިވް، ޑްރޮޕްބޮކްސް، ވަންޑްރައިވް ނުވަތަ ބޮކްސްއަށް އަޕްލޯޑް ކޮށްފައިވާ ފައިލްގެ އެކްސްޕޯޓް ލިންކް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. އެއީ ލޯކަލްކޮށް ފައިލް ޑައުންލޯޑް ކުރުމަށެވެ.

ޑްރޮޕްބޮކްސް، ވަންޑްރައިވް، އަދި ބޮކްސްއަށް، ގޫގުލް އެކައުންޓަށް ލިންކް ކުރަން ވާނެއެވެ. އެއީ އެކްސްޕޯޓް ކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ ކަމެކެވެ.

އީމެއިލް އެކްސްޕޯޓް ކޮށްގެން ޑެލިވަރީ ކުރެވޭނީ، އެކްސްޕޯޓް ކުރާ ތާރީހުން ފެށިގެން 7 ދުވަހުގެ މުއްދަތަށްކަން ފާހަގަކޮށްލާނަމެވެ.

11. އެކްސްޕޯޓް ރަން ކުރެވޭނީ އެއްފަހަރުއެވެ. ޕްރިފަރެންސަށް ބެލުމަށްފަހު ޝެޑިއުލްކޮށްގެން އެއް އަހަރަށް ކޮންމެ ދެ މަހަކުން އެއް ފަހަރު ރަންކުރެވޭނެއެވެ.

12. އެކްސްޕޯޓް ފައިލްތައް ވެސް ޒިޕް ނުވަތަ ޓީޖީޒެޑް ފޯމެޓުތަކުގައި ހުރެދާނެއެވެ. ބޭނުންވާ ކޮމްޕްރެޝަން ފޯމެޓު ޚިޔާރުކޮށް ދެން އޮތް އޮޕްޝަނަށް ދާށެވެ.

13. ގިނަ ޑޭޓާތަކެއް ހުރިނަމަ، ކަނޑައެޅިފައިވާ ސައިޒަށް ބެލުމަށްފަހު، ކޮންޓެންޓް ބައިކޮށްލެވިދާނެއެވެ. މިސާލަކަށް އެކްސްޕޯޓް ސައިޒަކީ 10 ޖީބީ ނަމަ، އަދި ސްޕްލިޓް ސައިޒަކީ 2 ޖީބީ އެވެ. ދެން ޑައުންލޯޑް ކުރުމަށް 5 ފައިލް ޖެނެރޭޓް ކުރެވޭނެއެވެ.

14. ޑްރޮޕްބޮކްސް، ވަންޑްރައިވް، ނުވަތަ ބޮކްސް ލިންކްކޮށްފައިވާނަމަ ޕްރޮސެސް ފެށުމަށް "އެކްސްޕޯޓް ކްރިއޭޓް" އަށް ކްލިކް ކޮށްލާށެވެ.

15. މި ޕްރޮސެސް ނިމުމުން، އެކްސްޕޯޓް ޑައުންލޯޑްކޮށް މެނޭޖްކުރުމަށް، އީމެއިލް އެއް ފޮނުވާނެއެވެ.

16. ފައިލްތައް ޑައުންލޯޑް ކުރުމަށް ކްލިކް ކުރުމުން އެކްސްޕޯޓް ކުރެވޭ ކޮންޓެންޓް އޮޓޮމެޓިކުން ޑައުންލޯޑް ކުރުމުގެ ކުރިން ޕާސްވޯޑް ކަށަވަރު ކުރާނެއެވެ.

17. އެކްސްޕޯޓް ކޮށްފައިވާ މެއިލްބޮކްސް ބެލުމަށް އާކައިވް އެކްސްޓްރެކްޓް ކުރާށެވެ. ޖީމެއިލް އިން ހުރިހާ އެއްޗެއް އެކްސްޕޯޓް ކުރި ނަމަ މިއީ އެއް ފައިލް ކަން ފާހަގަ ކޮށްލާށެވެ. މަލްޓިޕްލް ލޭބަލް ސެލެކްޓް ކޮށްފައިވާނަމަ، ގިނަ ފައިލްތަކެއް ޖެނެރޭޓް ކުރާނެއެވެ.

18. މޮޒިއްލާ ތަންޑަރބާރޑް ނުވަތަ މެއިލްބާރޑް ފަދަ ޑެސްކްޓޮޕް އީމެއިލް ކްލަޔަންޓެއް ބޭނުންކޮށްގެން އެމްބޮކްސް ފައިލްތައް ހުޅުވޭނެއެވެ.

އެކްސްޕޯޓްކޮށްފައިވާ ކޮންޓެންޓްގެ ސައްހަކަން ކަށަވަރުކުރުން.

އެކްސްޕޯޓް ކުރާ ޑޭޓާގައި ބޭނުންވާ އީމެއިލްތައް ހުރިތޯ ބެލުމަށް ޑަބަލް ޗެކް ކުރުމަކީ އަބަދުވެސް ރަނގަޅު ކަމެކެވެ. މޮޒިއްލާ ތަންޑަރބާރޑް އަދި ފީޑް އެކައުންޓް ބޭނުންކޮށްގެން މިކަން ކުރެވޭނެއެވެ.

1. ތަންޑަރބާރޑް ހުޅުވާ، ފީޑް އެކައުންޓެއް ހެދުމަށް 'ފީޑްސް' އަށް ޓެޕް ކޮށްލާށެވެ.

2. އެކްސްޕޯޓް ކޮށްފައިވާ ފައިލްތައް ތަންޑަރބާރޑް އަށް މެޕް ކުރުމަށް 'އެކައުންޓް ސެޓިންގްސް' އަށް ކްލިކް ކޮށްލާށެވެ.

3. 'މެސެޖް ސްޓޯރޭޖް' ސެކްޝަން އިން ބްރައުޒްކޮށް އެމްބޮކްސް ފައިލް (ފައިލްތައް) ހިމެނޭ ފޯލްޑަރ ހުޅުވާލާށެވެ.

4. ތަންޑަރބާރޑް އަލުން ހުޅުވުމަށް އެންގުމުން ރީސްޓާޓް ކޮރުމުން އީމެއިލްތަކަށް އޮފްލައިންކޮށް އެކްސެސް ވެވޭނެއެވެ.

އިމްޕޯޓް ކުރި ބެކްއަޕްތަކުން އީމެއިލްތަކުގެ އިތުރުން ފިލްމާއި ގޭމްތަކާއި އެޕްލިކޭޝަން ވެސް ފެންނާނެއެވެ.


ފަހަރެއްގައި ވަކި އެކައުންޓަކަށް މުހިންމު މަޢުލޫމާތުތަކެއް، ނުވަތަ ކުރީގެ މުއާމަލާތްތަކުގެ ހަނދާންތައް ހިމެނޭ އީމެއިލްއެއް އޮވެދާނެ އެވެ. މިފަދަ ޑޭޓާތައް ގެއްލިގެން ދިއުމަކީ އެންމެ ރަނގަޅު އަދި އެންމެ ގެއްލުން ބޮޑު ވަގުތުގައި ހިތާމަވެރި ކަމަކަށް ވެދާނެ އެވެ.

ގަވާއިދުން ބެކަޕް ތައް ނަގާށެވެ. އެއްވެސް އީމެއިލް ޕްރޮވައިޑަރަކީ ޑޭޓާ ލޮސް ނުވަތަ ވައްކަން ފަދަ ކަމަކުން އިހުމާލުވާ ފަރާތެއް ނޫނެވެ. ފަރުވާތެރިކަން ފުރިހަމައަށް އަދާކުރުމަކީ ނަފްސު ހަމައަކަށް އެޅުވުމަށް ޓަކައި ކުރެވިދާނެ ކަމެކެވެ. ނެޓްވޯކް އެޓޭޗްޑް ސްޓޯރޭޖް (ނާސް) އަދި އެކްސްޓާނަލް ޑިސްކްތަކަކީ ހުރިހާ ޑިޖިޓަލް ކޮންޓެންޓްގެ ބޮޑެތި ޝެޑިއުލް ބެކަޕްތަކަށް ރިކޮމެންޑް ކުރާ ޑިސްކްތަކެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.