މެސެޖް އައުލް އެސްއެމްއެސް އަށް އާ ކޮންސޯލެއް ތައާރަފްކޮށްފި

2017 ވަނަ އަހަރުން ފެށިގެން ގިނަބައެއްގެ އިތުބާރާއެކު އެކި ކުންފުނިތަކަށާއި ސްޓާޓްއަޕްތަކަށް ފޯކަސްކޮށްގެން ޚިދުމަތް ދެމުންއަންނަ މި އެޕްލިކޭޝަން ވެފައިމިވަނީ ދިވެހިންގެ މަޤުބޫލުކަން ލިބިފައިވާ މެސެޖިންގ ކޮންސޯލަކަށް (ބަލްކް އެސްއެމްއެސް ސޮލިއުޝަން) އަކަށެވެ.

ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއެކު 100 އަށްވުރެ ގިނަ ވިޔަފާރިއަށް މިހާރުވަނީ މި ޚިދުމަތް ފޯރުކޮށްދީފައެވެ. ފާއިތުވެދިޔަ 5 ވަރަކަށް އަހަރުގެ ތެރޭގައި އޮއުލް އެސްއެމްއެސްގެ ޚިދުމަތް ފުޅާކުރުމަށް ކުރެވުނު މަސައްކަތުން މިޚިދުމަތްވަނީ ވަރަށް ބޮޑަށް ތަރައްޤީކުރެވިފައެވެ.


މި ޚިދުމަތް ފޯރުކޮށްދެމުން އަންނަ އޮކްސިކާ ކުންފުނިން ބުނީ ކަސްޓަމަރުންނާއި ޑިވެލޮޕަރުންގެ ފީޑްބެކާއި ހުށަހެޅުންތަކާއެކު، ކަސްޓަމަރުންނާ ރަނގަޅަށް ގުޅިގެން މަސައްކަތް ކުރުމަށް ފަސޭހަކޮށް ޔޫޒަރ އެކްސްޕީރިއަންސް، ޔޫސޭޖް އެނަލިޓިކްސް އަދި އިތުރު ސެކިއުރިޓީ ފީޗާސްތަކަށް ފޯކަސްކޮށް، އެމީހުންގެ އެންމެ ފަހުގެ ވަރޝަން މިހާރު ތަޢާރަފް ކޮށްފައިވާ ކަމަށެވެ.

"އާ މެސެޖް އޯއުލް ކޮންސޯލް އާއި އެކު، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެހީތެރިވެދޭނެ އަދި އަޅުގަނޑުމެންގެ އާ ޑޭޝްބޯޑާއި، އާ އެޕްރޫވަލް ޕްރޮސެސްއާއި، ކޮންޓެކްޓް މެނޭޖްމަންޓާއި، ގިނަ ސެންޑަރ އައިޑީ އޮޕްޝަންތަކާއި، އަދި ޓޫ ފެކްޓަރ އޮތެންޓިކޭޝަން އާއި އެކު އައިޑެންޓިޓީ ސެކިއުރިޓީ ފީޗާރސްތައް އިތުރުކުރުމަށް، އަޅުގަނޑުމެން ވަރަށް ބުރަކޮށް މިވަނީ މަސައްކަތް ކޮށްފައި އަދި އެބަދަލުތައް ވަނީ މިހާރު ގެނެސްފައި" – އޮކްސިގާގެ ސީއީއޯ އިސްމާޢީލް ވިދާޅުވިއެވެ.

ފަހުގެ އާ ޑޭޝްބޯޑާއެކު، ކުންފުނިތަކުގެ ތަފާސްހިސާބުތަކާއި، ސަބްސްކްރިޕްޝަންތަކާއި، ޕެކޭޖާއި، އަދި މި އެޕްލިކޭޝަން ބޭނުންކުރުމުގެ ތަފްސީލުގެ އޯވަރވިއުއެއް ހިމަނާފައިވެއެވެ.

އޭގެ އިތުރުން މިހާރު، މި ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހުރިހާ ކަމެއް އެމީހުންގެ އަމިއްލަ ލޭންޑިންގ ޕޭޖުގައި ރައްކާ ކުރެވިފައިހުރެއެވެ. އެގޮތުން ސެންޑަރ އައިޑީ ރިކުއެސްޓްތަކާއި އެޕްރޫވަލް ޕްރޮސެސްއަށް ބަދަލުތަކެއް ގެނެސްފައި ވާއިރު، އާ ޕޮލިސީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ވެރިފިކޭޝަން އަވަސްކޮށް ފަސޭހަކޮށްލިބޭނެއެވެ.

އަދި ވަކިވަކި ޔޫޒަރުންނަށް މިހާރު 3 ސެންޑަރ އައިޑީ މެނޭޖްކޮށް، ރަނގަޅު ކަސްޓަމަރ އެންގޭޖްމަންޓް ސްޓްރެޓެޖީއަކާއެކު އެމީހުންގެ ވިޔަފާރި އެކައުންޓްތައް ރަނގަޅަށް ބެލެހެއްޓޭނެ ގޮތް އަލަށް އިތުރުކުރި ފީޗަރގައި ހިމަނާފައިވެއެވެ.

ޑިވެލޮޕަރުންނަށް ވިސްނައިގެން ފަރުމާކޮށްފައިވާ ރެސްޓް އޭޕީއައި އަދި އޯޓީޕީ އޭޕީއައި އާއި އެކު، ހިދުމަތް ފޯރުކޮށްދީ ކަސްޓަމަރުންނާ ރިއަލް ޓައިމްގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްވެސް ވަނީ ހަދައިދީފައެވެ.

މެސެޖުތައް ކިޔުމަށް އެކްސެސް ހުއްދަ ފޯރުކޮށްދިނުމަށް އެކްސެސް ކޮންޓްރޯލް ފޯ އޭޕީއައި ސެކިއުރިޓީ ރޯލްއައުޓްކޮށްފައިވާއިރު، ޖެނެރޭޓް ކުރެވިފައިވާ ޓޯކަންތަކަށް މެސެޖް ބޮޑީ ކީ ލީކް ވިޔަސް އޭޕީއައިގެ ނުބައި ނުވަތަ ގޯސް ބޭނުންކުރުން ހުއްޓުވޭނެއެވެ. އަދި މިހެން ވުމުން ކަސްޓަމަރުގެ ޑޭޓާ ސިއްރުކޮށްފައި ބެހެއްޓޭނެ އެވެ.

މިހާ ގިނަ ކަންތައްތަކާއެކު މި ޕްލެޓްފޯމުން އަލަށްއިތުރުކުރި ކޮންސޯލް ބޭނުންކޮށްގެން ތާނަ (ދިވެހި) ޓެކްސްޓް އިމޯޖީތަކާއެކު ފޮނުވޭނެގޮތްވެސް މިހާރުވަނީ ހަދާފައެވެ.

ކުރިންވެސް ފާހަގަކޮށްލެވުނު ފަދައިން މެސެޖް އައުލް އަކީ ވިޔަފާރިތަކަށް ކަސްޓަމަރުންނަށް ބަލްކް އެސްއެމްއެސް މެސެޖުތައް ފޮނުވުމުގެ ފުރުސަތު ލިބޭ އޮކްސިކާ ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޑަކްޓެކެވެ.

މެސެޖް އައުލް ފަރުމާކޮށްފައިވަނީ ޑިވެލޮޕަރުންނަށް ވިސްނައިގެން، ކޮންސޯލެއް އުފެއްދުމަށް ފޯކަސްކޮށް، ޑިވެލޮޕަރުންނަށް މުވާސަލާތީ ރަނގަޅު ސްޓްރީމަކާއެކު ކަސްޓަމަރުންނާ ހަމައަށް ފޯރާ އާ އުފެއްދުންތައް ބިނާކޮށް ޑިޒައިން ކުރެވޭނެ ގޮތަކަށެވެ. މެސެޖު އައުލްގެ އިތުރު ޚިދުމަތްތައް ބައްލަވާލެއްވުމަށް މެސެޖު އައުލްގެ ވެބްސައިޓް msgowl.com އަށް ޒިޔާރަތް ކޮށްލައްވާށެވެ.


އޮކްސިކާ އަކީ ރާއްޖޭގައި ސައިބަރ ސެކިއުރިޓީ ސޮލިއުޝަންސް ޕްރޮވައިޑަރުންގެ ގޮތުގައި ކުރިއަރާފައިވާ އަދި ސެކިއުރިޓީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި އެޖައިލް ސޮފްޓްވެއާ ޑިވެލޮޕްމަންޓްކުރުމުގައި އެކި އީޖާދުތައް ގެނައުމަށް ފޯކަސް ކުރާ ކުންފުންޏެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.