ސެމްސަންގ އިން ސްމާޓްފޯނު އުފައްދާ ނިސްބަތް ބޮޑުތަނުން ކުޑަކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުންނަމަ ސެމްސަންގުން ވަނީ މި އަހަރު އުފައްދާ ސްމާޓްފޯނުގެ އަދަދު 30 މިލިއަނަށް ކުޑަކޮށްފައެވެ.
ސްމާޓްފޯނު ގެ މާކެޓްގައި މިހާރު ކަންކަން ހިނގަމުންދާގޮތުންނާއި، ކޮވިޑްގެ ޕެންޑަމިކްގެސަބަބުން ސްމާޓްފޯނު އިންޑަސްޓްރީ ހީނަރުވުމަކަށް މިސްރާބު ޖެހި ހިސާބުން ދުނިޔޭގެ މިބާވަތުގެ ބޮޑެތި ކުންފުނިތަކުންވަނީ އެމީހުންގެ އުފެއްދުންތަން ބޮޑުތަނުން މަދުކުރަން ފަށާފައެވެ.
ކޮވިޑްގެ ކުރިން ސްމާޓްފޯނުގެ މާކެޓްތައް ފުޅާވެ ކޮންމެ ދެ އަހަރަކުން އެއްފަހަރު ނުވަތަ އެއަށްވުރެވެސް ކައިރިކައިރީގައި ފޯނުތައް އަޕްގްރޭޑް ކުރުމުގެ ޝަރަފުވެރި ދުވަސްތައް ނިމިގެން މިހާރުމިވަނީ ގޮސްފައެވެ. މިކަންކަން އިތުރަށް ގޯސްވީ ފާއިތުވި ދެ އަހަރު ދުވަހުގެ މާލީ ދަތިތަކާއި ސަޕްލައި ޗޭންގެ ދަތިކަމުންކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.
މި ހުރިހާ ސަބަބަކާހުރެ، އުފެއްދުންތެރިކަމުގެ ދާއިރާ ފަހަތަށް ޖެހެމުންދާ ކަމީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ދެކުނު ކޮރެއާގެ މައިލް ބިޒްނަސް ނިއުސްގެ އާ ރިޕޯޓެއްގައި ބުނެފައި ވަނީ ދުނިޔޭގެ މަޝްހޫރު ސްމާޓްފޯނު އުފައްދާ ކުންފުނިން 2022 ވަނަ އަހަރަށް 30 މިލިއަން ޔުނިޓްގެ އުފެއްދުން ދަށްވެފައިވާ ކަމަށެވެ. މާޗް މަހު އެކުންފުނިން ވަނީ އެކުވެރި ޓެކް ޖަޔަންޓްސް މައިކްރޮސޮފްޓް އާއި އެޕަލް އަށް ފަހު ރަޝިޔާގައި އެމީހުންގެ ވިޔަފާރި ހުއްޓާލާފަ އެވެ.
އެޕަލް އަށް ވެސް ދަނީ އެ ވޭން އިހްސާސް ކުރަމުންނެވެ. ދާދިފަހުން ބްލޫމްބާގް ރިޕޯޓްތަކުން ފާހަގަކޮށްފައިވާ ގޮތުގައި އައިފޯން އުފައްދާ ކުންފުނިން 2022 ވަނަ އަހަރު 20 މިލިއަން ފޯނު އުފެއްދުމުގެ އަދަދުތައްކޮންޓްރޯލް ކުރަމުންދާއިރު، 2021 ވަނަ އަހަރުން ފެށިގެން އައިފޯން އުފައްދާ ނިސްބަތްވަނީ ވަރަށްބޮޑުތަނުން ދަށްކުރަން ފަށާފައެވެ. އިންޑަސްޓްރީގެ މެކްރޯ ޓްރެންޑްތަކަށް ބަލާއިރު، އައިފޯން 14 ނެރުންވެސް ވެގެންދާނީ އެކުންފުންޏަށް ލިބިދާނެ ބޮޑު މާލީ ގެއްލުމަކަށެވެ.
އައިފޯން 14 ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނެރެން ނިންމާފައި ނުވި ނަމަވެސް އެ ފޯރި މިހާރު ވެސްވަނީ އަންނަން ފަށައިފައެވެ.
އެޕަލްގެ ޓޮޕް އެނަލިސްޓް މިންގް-ޗީ ކުއޯ ލަފާކުރާ ގޮތުގައި އައިފޯން 14 ގެ ލައިންއަޕްގައި ހަތަރު ޑިވައިސްއެއް ހިމެނޭއިރު އޭގެ ތެރޭގައި އަޕްގްރޭޑް ކޮށްފައިވާ ދެ 'ޕްރޯ' މޮޑެލް ހިމެނެ އެވެ. އެހެންވީމާ، މިއިން އެއްވެސް ކަމެއް ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދީފައި ނުވި ނަމަވެސް، ވިސްނަންޖެހޭ ޤަބޫލުކުރެވޭ ވަރަށް ގިނަ ލަފާތަކެއް އެބަހުއްޓެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.