އެންޑްރޮއިޑް އެޕްތަކުގައި ނުރައްކާތެރި ބަގްތަކެއް، ސަމާލުވޭ!

އެންޑްރޮއިޑް ފޯނާއި، ޓެބްލެޓްފަދަ ޑިވައިސްތަކުގެ ސިސްޓަމް އެޕްތަކުގެ ތެރެއިން ބައެއް އެޕްތަކުން ހައި ސެވިރިޓީގެ ހަތަރު ވަލްނަރެބިލިޓީއެއް ފެނިފައިވާ ކަމަށް މައިކްރޯސޮފްޓްގެ ޑިވެލޮޕަރުންގެ ޓީމަކުން ހާމަކޮށްފި އެވެ.

މިއީ ޑިވައިސްގެ ވެރިފަރާތުގެ މުހިންމު މައުލޫމާތު ތަކެއް ހެކަރުންނަށް ހޯދޭނެ ފުރުޞަތެއް ފަހިކޮށްދޭ ފަދަ ނުރައްކާތެރި ބަގެއްކަމަށް އެޓީމުން ވަނީ ބުނެފައެވެ.

މިހާރު އިސްރާއީލުގެ ޑިވެލޮޕަރުން އެމްސީއީ ސިސްޓަމްސް އިން މިމައްސަލަ ހައްލުކޮށްފައިވާއިރު، މި މައްސަލަތަކުގެ ސަބަބުން ތެރެޓް އެކްޓަރުންނަށް ރިމޯޓް ނުވަތަ ލޯކަލް ހަމަލާތައް އެފަދަ ޑިވައިސްތަކަށް ދިނުމުގެ ފުރުސަތު އޮންނާނެއެވެ. އޭގެއިތުރުން ސިސްޓަމަށް އެކްސެސްވެ ޕާސަނަލް މައުލޫމާތު ހޯދުމަށް ވެކްޓަރެއްގެ ގޮތުގައި މި ބަގްތައް ބޭނުންކުރެވިދާނެ އެވެ.

"މި ދުވަސްވަރު ގިނަ އެންޑްރޮއިޑް ޑިވައިސްތަކަށް އަންނަ ޕްރީ އިންސްޓޯލް ނުވަތަ ޑިފޯލްޓް އެޕްލިކޭޝަންތަކުގެ ތެރެއިން ގިނަ އެޕްލިކޭޝަންތަކުގައި ވާ ފަދައިން، އެއަށް އަސަރުކުރާ ބައެއް އެޕްތައް ޑިވައިސްއަށް ރޫޓް އެކްސެސް ނުލިބި ފުރިހަމައަށް އަންއިންސްޓޯލް ނުވަތަ ޑިސެބިލް ނުކުރެވޭނެ،" މައިކްރޮސޮފްޓް 365 ޑިފެންޑަރ ރިސާޗް ޓީމުން ހުކުރު ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.

ކޮމާންޑް އިންޖެކްޝަން ޕްރޫފް އޮފް ކޮންސެޕްޓް (ޕީއޯސީ) އެކްސްޕްލޮއިޓް ކޯޑް

މި ނާޒުކުކަންތައްތައް ހޯދައި ރިޕޯޓްކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް އަލަށް މިފެނުނު ކަމަށް ބުނާ ބަގުތައް ހެކަރުންގެ އެއްވެސް ބަޔަކު އަދި ބޭނުން ކުރަމުންދާ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.

ވެބްވިއު އަށް އެއްގޮތް ޖާވާސްކްރިޕްޓް ކޯޑެއް އިންޖެކްޓް ކުރުން

އެންޑްރޮއިޑް ޑިވައިސްއަކަށް އަސަރުކުރާ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ސެލްފް ޑައިގްނޯސްޓިކް މެކޭނިޒަމްތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ސުވާލު އުފެދޭ ވަލްނަރެބަލް ފްރޭމްވޯކް ބޭނުންކުރާ އެޕްތަކުގެ ފުރިހަމަ ލިސްޓެއްވެސް މައިކްރޮސޮފްޓުން ހާމަކޮށްފައެއް ނުވެ އެވެ.

މީގެ މާނައަކީ ވެސް ފްރޭމްވޯކްގެ މަސައްކަތްތައް ކުރުމަށް އޯޑިއޯ، ކެމެރާ، ޕަވަރ، ލޮކޭޝަން، ސެންސަރ ޑޭޓާ، އަދި ސްޓޯރޭޖް ފަދަ އެކްސެސް ލިބިފައިވާ ކަމެވެ. އެ ހިދުމަތުގައި ފާހަގަކުރެވުނު މައްސަލަތަކާ އެކު މައިކްރޮސޮފްޓުން ބުނީ ހަމަލާދޭ ފަރާތަކަށް ޕަރސިސްޓެންޓް ބެކްޑޯރސް އިންޕްލާންޓްކޮށް ކޮންޓްރޯލް ނަގަން ހުއްދަ ދެވޭނެ ކަމަށެވެ.

މި އަސަރު ކުރި ބައެއް އެޕްތަކަކީ ޓެލަސް، އޭޓީ އެންޑް ޓީ، ރޮޖާސް، ފްރީޑަމް މޮބައިލް، އަދި ބެލް ކެނެޑާ ފަދަ ބައިނަލްއަގްވާމީ ބޮޑެތި މޯބައިލް ހިދުމަތްދޭ ކުންފުނިތަކުންއުފައްދާފައިވާ ނުވަތަ އެފަދަ ކުންފުނިތަކުގެ އެޕްތަކެވެ.

އެފަދަ އެފްތަކުގެ ތެރޭގައި :

Mobile Klinik Device Checkup (com.telus.checkup)

Device Help (com.att.dh)

MyRogers (com.fivemobile.myaccount)

Freedom Device Care (com.freedom.mlp.uat), and

Device Content Transfer (com.ca.bell.contenttransfer)

މީގެ އިތުރުން މައިކްރޮސޮފްޓުން ލަފާދެނީ އެޕް ޕެކޭޖް "com.mce.mceiotraceagent" މޯބައިލް ފޯނު މަރާމާތުކުރާ ފިހާރަތަކުން އިންސްޓޯލްކޮށްފައި ހުރެދާނެ އެޕަކަށް ނުވަތަ އެޕްތަކަކަށް ސަމާލުކަންދީ، ފެނިއްޖެނަމަ ފޯނުތަކުން އަން އިންސްޓޯލް ކުރުމަށެވެ.

ފޯނު ޕްރޮވައިޑަރުން ޕްރީ އިންސްޓޯލް ކުރި ނަމަވެސް ގޫގުލް ޕްލޭ ސްޓޯރުން ވެސް މި ސަސްސެކްޓިބަލް އެޕްތައް ލިބެން ހުރިއިރު، އެޕް ސްޓޯރފްރަންޓްގެ އޮޓޮމެޓިކް ސޭފްޓީ ޗެކްތަކުން ރައްކާތެރި އެޕްތަކެއްކަމަށް ދައްކަފާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.