އިންޑިއާއިންވެސް 5 ޖީ އާއި ދިމާއަށް


ދުނިޔޭގައި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ބައެއް ޤައުމުތަކެކޭ އެއްފަދައިން އިންޑިއާ އިން ވެސް 5ޖީ ތައާރަފް ކުރުމުގެ މަސައްކަތް ފަށާފިއެވެ.

ދުނިޔޭގައި ޓެލެކޮމިއުނިކޭޝަންގެ ރޮގުން 2 ވަނަ އަށް އެންމެ ބޮޑު މާކެޓެއް އޮތް އިންޑިއާގެ ޑިޖިޓަލް ކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ޗެއާމަން އަދި ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ސެކްރެޓަރީ ކޭ ރަޖަރަމަން ވިދާޅުވާގޮތުގައި އެ ޤައުމުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނުވަތަ އަންނަ އަހަރު ނިމުމުގެ ކުރިން އެޤައުމުގައި ބޭނުންކުރާ މޯބައިލް ހިދުމަތްތަކަށް 5ޖީ ތައާރަފް ކުރުމަށެވެ.

މީޑިޔާ ރިޕޯރޓްތައް ބުނާގޮތުގައި އިނޑިޔާއަށް 5 ޖީ ތަޢާރަފްކުރުމުން އިންޑިޔާގައި ދިރިއުޅޭ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، އެ ޤައުމުގެ އިޤްތިޝާދު ބޮޑު ކުރިއެރުންތަކެއް ލިބި ގާތްގަޑަކަށް 450 ބިލިއަން ޑޮލަރުގެ ފައިދާ އެ ޤައުމަށް ލިބިގެން ދާނެއެވެ

މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ އަދަދަކަށް ޓެލެކޮމް ޚިދުމަތްދޭ ތަންތަން އިންޑިޔާގައި ހުރި އިރު އޭގެ ތެރެއިން ގިނ ގިނަ ތަންތަނުން މިހާރުވެސް ވަނީ 5 ޖީގެ މޯބައިލް ޚިދުމަތްތައް ފަށާނެކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ.

މިކަންވެގެން ދާނީ އަޅުގަނޑުމެން ދިވެހިންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކާއި ހިތްހަމަ ޖެހުމަކަށްކަން ޔަޤީނެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.