އެޕަލް އިން ތަޢާރަފްކުރި އެންމެ ފަހުގެ އަޕްޑޭޓްސްއަކީ ކޮބާ؟

އަޙްމަދު ދާއޫދު 12 ޖޫން 2022

އެޕަލްގެ ޑިވެލޮޕަރ ކޮންފަރެންސަކީ ކޮންމެ އަހަރަކު އެ ކުންފުނިން އުފައްދާފައިވާ އެކި ޕްރޮޑަކްޓް ލައިންތަކަށް ތައްޔާރުކޮށްފައިވާ ކަންކަން ބަލާލެވޭ މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ. އެޕަލް އިން ބުނެފައިވާ ގޮތުގައި ޑަބްލިޔުޑަބްލިޔުޑީސީ 2022 ގައި އަލަށް ތަޢާރަފްކުރި އެމީހުންގެ ފީޗާސްތައް ކުރިއަށް އޮތް ތާންގައި ހިއްސާކޮށް، އެ ފީޗާސްތައް ޓެސްޓްކޮށް، އޭގެ ފަހުން މިއަހަރުގެ ފަހުކޮޅު އައިއޯއެސް، އައިޕެޑްއޯއެސް، މެކްއޯއެސް، ވޮޗްއޯއެސް، އަދި ޓީވީއޯއެސް އަށް އެ ފީޗާސްތައް ރޯލް ކުރާނެ އެވެ.

އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި މިއިން ބައެއް ފީޗާސްތައް މިހާރުވެސް އެންޑްރޮއިޑްގައި ތިންވަނަ ފަރާތެއްގެ އެޕްތައް ނުވަތަ އެންޑްރޮއިޑްގެ އެކި ސްކިންތައް މެދުވެރިކޮށް ލިބެން ހުރެއެވެ. އެހެންނަމަވެސް މީގެ ތެރެއިން ގިނަ ފީޗާސްތަކަކީ ބިލްޓް-އިންކޮށް ސްޓޮކް އެންޑްރޮއިޑް ރިލީޒް ނުވަތަ ޑިފޯލްޓް ގޫގުލް އެޕްސްއެއް ނޫނެވެ. އެހެންކަމުން އެފަދަ އެޕްތައް އެއީ އިންޓަގްރޭޓް ކުރަން ޖެހޭނެ އެއްޗެއްސެވެ. މާނައަކީ އެއީ އެންމެންނަށްވެސް، އެއްގޮތަކަށް، އަދި އިތުރު އެއްޗެއް ޑައުންލޯޑް ކުރަން ނުޖެހި ލިބޭނެ އެޕްތަކެއް ނޫންކަމެވެ.

1.ލޮކް ސްކްރީން ރަނގަޅުކުރުން

އެޕަލް އައިއޯއެސް 16 ލޮކްސްކްރީން

އެޕަލްގެ އާ ލޮކް ސްކްރީން އިމްޕްރޫވްމަންޓްތަކުގެ ސަބަބުން އެ ފޯނަށް ޝައުގުވެރިކަން އިތުރުވެއްޖެ އެވެ. އިމޭޖާއި ގަޑިއާ ދެމެދު އޮންނަ މަލްޓި ލޭޔަރޑް އެޕްރޯޗް ރީތިކޮށް ފެންނަ އިރު، އަޅުގަނޑުމެން އެންމެބޮޑަށް ޝައުގުވެރިވަނީ ތަފާތު ގަޑި ސްޓައިލްތަކާއި، ނޮން އިންޓްރޫސިވް އަދި ރަނގަޅަށް އިންޓަގްރޭޓް ކުރެވިފައިވާ ވިޖެޓްތަކާއި، ސްކްރީންގެ ތިރިން އަންނަ ނޮޓިފިކޭޝަންތަކާއި،... އެތައް ލޮކް ސްކްރީންތަކެއް އުފައްދައި އެކި ފޯކަސް ޕްރޮފައިލްތަކާ ގުޅުވައިލުމަށް ފުރުސަތު ލިބިގެންދާތީއެވެ.

މީގެ އިތުރުން ކަލެންޑަރުގެ ކުރިމަތިންނާއި މެދުން އެއް ޕްރޮފެޝަނަލް ވޯކް މޯޑް ލޮކް ސްކްރީނާއި، މިއުޒިކާއި އެކްޓިވިޓީ ރިންގް ކުރާ ޑިޒައިން އާއި، ދުއްވާއިރު ނުވަތަ ދަތުރުކުރާއިރު އަނެއް ލޮކް ސްކްރީން ހުރުމުންނެވެ. މިފަހަރުގެ އަޕްޑޭޓްސްގައި ލިބިފައިވާ އިޚްތިޔާރުތަކަށް ނިމުމެއް ނެތޭ ބުންޏަކަށް ދޮގަކަށް ނުވާނެއެވެ. ބޭނުން ގޮތަކަށް ހުރިހާ ކަމެއް ސެޓް އަޕް ކުރެވޭނެ ގޮތް އެވަނީ ހަދާފަ އެވެ.

އެންޑްރޮއިޑްގެ ލޮކް ސްކްރީން، އެޕަލްގެ މި ލޮކްސްކްރީނާއި އަޅާބަލާއިރު، ފެންނަނީ އެންޑްރޮއިޑްގައި ވަރަށް ބޮޑަށް ލިމިޓް ވެފައިވާ މަންޒަރެވެ. އެންޑްރޮއިޑް 12 އަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމުގެ އަޑު ފެތުރިފައިވާ އިރު، އެ ޑިޒައިންތައް އަދިވެސް އެއްވެސް ގޮތަކަށް ފެނިފައެއް ނުވެއެވެ. އަދި އެންޑްރޮއިޑްގެ ލޮކް ސްކްރީންތަކުން ގިނަ ސްކިންތަކުގެ ވިޖެޓްތައް ނެތިގެން ގޮސްފައިވާއިރު، ކަސްޓަމައިޒޭޝަން އިންތިހާއަށް ވަނީ ލިމިޓްވެފައި އެވެ. އެޕަލް އިން ލޮކް ސްކްރީނަށް ސަމާލުކަމެއް ދީފައިވާއިރު، ގޫގުލް އިން ވެސް އެގޮތަށް ކަންތައް ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ބެލެވެ އެވެ.

2.ފޮޓޯއެއްގެ މައުޟޫޢު ސްޓިކާއެއްގެ ގޮތުގައި ހިއްސާކުރުން

އެޕަލް އައިއޯއެސް 16 ކޮޕީ އިމޭޖް ސަބްޖެކްޓް

އެޕަލް އިން ސްކްރީންގައި ޓެކްސްޓް އަދި އިމޭޖް ޑިޓެކްޓް ކުރުމުގެ ފީޗާސް ގެނެސްދިންލެއް ލަސްވި ނަމަވެސް، ގޫގުލް އާއި އޭގެ ލެންސް އިމްޕްލިމެންޓޭޝަން އާއި އަޅާބަލާއިރު އެޕަލް އިން ވަނީ ވަރަށް އަވަހަށް ކުރިއަށް ޖެހިލާފަ އެވެ. އައިއޯއެސް16 އިން ތަރުޖަމާކުރުމާއި ޔުނިޓް ބަދަލުކުރުން ފަދަ ބައެއް ކުރިއެރުންތައް ގެނެސްދީފައިވާއިރު، އަހަރެމެންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ފޮޓޯއެއްގެ ޓެކްސްޓް ކޮޕީ ކޮށް މެސެޖަކަށް ބަދަލުކުރުމުގެ ގާބިލްކަމެވެ.

3.އޯޑަރާއި ޝިޕްމަންޓް ޓްރެކިންގ

ޖީމެއިލް އިން ޕެންޑިންގ ހުރިހާ އޯޑަރެއް ގޫގުލް ނައު އިން ދައްކައިދީ ތިބާއަށް ޓްރެކް ކުރެވުނު ދުވަސް ހަނދާން ނެތޭ ހެއްޔެވެ؟ އާދެ، އެ ފީޗާ އެންޑްރޮއިޑްގައި މިހާރު ނެތެވެ. އަދި އެ ފީޗާ އޮތް ނަމަ، ގޫގުލް އެސިސްޓެންޓުން ނުވަތަ އެހެން ގޮތަކުންވެސް ނުފެއންނަންވީ ސަބަބެއެއްނެތެވެ. އެކަމަކު އެޕަލް އިން މިހާރު ވަނީ އެ ފީޗާ ރޯލް އައުޓްކޮށްފަ އެވެ.

4. ޝެއަރ ކުރެވިފައިވާ ބްރައުޒާ ޓެބް ގްރޫޕްތައް

ބްރައުޒާ ގޭމްގައި ލިބިފައިވާ ހުރިހާ ލީޑަކަށް ބަލާއިރު، ގޫގުލް އިން އަދިވެސް ދެ ޔޫޒަރަކަށް ބައެއް ބުކްމާކްތައް ހިއްސާކޮށް ނުވަތަ ޓެބްތައް ހުޅުވާލާނެ ގޮތެއް ހޯދިފައެއް ނުވެއެވެ. އެކުވެރިންނާއި، ޓީމް މެމްބަރުންނާއި، ރައްޓެހިންނާއި، ނުވަތަ އާއިލާގެ މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާނަމަ، އެމީހުން ޗެކްއައުޓް ކުރަން ބޭނުންވާ ކޮންމެ ސައިޓަކަށް ލިންކް ފޮނުވުމަށް މެސެޖިން އެޕް ބޭނުން ކުރަން ޖެހެ އެވެ.

އެޕަލް އިން މި މައްސަލަ މުޅިން ހައްލުކުރީ ސަފާރީގެ އާ ޝެއަރޑް ބްރައުޒާ ޓެބްތަކުންނެވެ. ސައިޓްތައް ބަންޑްލްކޮށް ގްރޫޕަކަށް ފޮނުވުމުމުގެ އިތުރުން އެއިން ކޮންމެ ސައިޓެއް ކޮލަބަރޭޓް ކޮށް ބަލައިލެވޭނެއެވެ. އަދި ބޭނުންވެއްޖެނަމަ އެ ގްރޫޕަށް ޓެބްތައް އިތުރުކޮށް ނުވަތަ މަދުކޮށް ހެދޭނެ އެވެ. އެއީ ގޫގުލް ޑްރައިވްގެ ލައިވް ޑޮކިއުމެންޓް ކޮލަބަރޭޝަން ބްރައުޒާފަދަ ފީޗަރއެކެވެ.

5.އަޑު ޑިކްޓޭޝަން ރަނގަޅުކުރުން

އެޕަލް އައިއޯއެސް 16 އަޑު ޑިކްޓޭޝަން

ގޫގުލް އިން ތަކުރާރުކޮށް މި ފީޗަރ ރޯލް އައުޓް ކުރުމަށްފަހު، ޖީބޯޑުން އެސިސްޓެންޓް ވޮއިސް ޓައިޕިން އަނބުރާ ނަގަން ފެށިތާ ދެތިން އަހަރު ވެއްޖެ އެވެ. މި ފީޗާއިން ވައުދުވަނީ ވޮއިސް ޑިކްޓޭޝަން އާއި ޓަޗް ޓައިޕިން އާއި އިމޯޖީ އިންސަރޝަން އާއި އޮޓޮމެޓިކް ޕަންކްޗުއޭޝަން އަދި އެހެނިހެން ކަންކަމާ ދެމެދު ސީމްލޭސް ޓްރާންސިޝަންތަކެއް ކުރެވޭނެ ކަމަށެވެ.

އެޕަލް އިން މިހާރުވަނީ އެ ފީޗަރ އިތުރުކޮށްފައެވެ. އައިއޯއެސް16 ރަސްމީކޮށް ނެރުމާއެކު އެ ފީޗަރ ރޯލް އައުޓް ވާނެކަން އަޅުގަނޑުމެންނަށް ޔަގީން ކުރެވޭނެ އެވެ.

6.ބިލްޓް-އިން މެޑިކޭޝަން ޓްރެކިންގ

އެޕަލް އައިއޯއެސް 16 2022 މެޑިކޭޝަން

އެޕަލްގެ އާ މެޑިކޭޝަން ޓްރެކިން ހެލްތު އެޕްގެ ތެރޭގައި ބިނާކޮށްފައިވެ އެވެ. އެއީ އޮޓޮމެޓިކުން އެކްޓިވް އިންގްރިޑިއެންޓް ދެނެގަނެ، އެތައް ބޭހެއް ބޭނުންކުރާނަމަ މުއާމަލާތް ކުރާނެ ކަމުގެ އިންޒާރުދީ، ކަނޑައެޅިފައިވާ ޝެޑިއުލެއްގައި ބޭސް ބޯން ހަނދާންކޮށްދީ، ބޭނުންކުރާ ގޮތް ޓްރެކް ކުރާ އެއްޗެކެވެ. އަދި އެކުވެރިންނާއި، އާއިލާގެ މީހުންނާ ވެސް ހިއްސާ ކުރެވިދާނެ ކަމަށާއި، މިއީ ކުޑަކުދިންނާއި، ފުރާވަރުގެ ކުދިން ނުވަތަ އުމުރުން ދުވަސްވީ ބަލިމީހުން މޮނިޓަރ ކުރުމަށް ވަރަށް ރަނގަޅު ފީޗާއެކެވެ.

7.ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ސޭފްޓީ ޗެކްކުރުން

އެޕަލް އައިއޯއެސް 16 ސޭފްޓީ ޗެކް

ސްމާޓްފޯނަކީ ޖިންސީ ގޯނާ ނުވަތަ ގެވެށި އަނިޔާކުރާ މީހުންނަށް ހުރި ނުރައްކާތެރި ވަސީލަތަކަކަށް ވެދާނެ އެވެ. އެމީހުންނަށް މުޅި ދުވަހު އެމީހުންގެ ޝިކާރައަކަށްވާ މީހުންނަށް ލޯހުޅުވައި، އެމީހުން ތިބި ތަން ޓްރެކްކޮށް، އެމީހުން ބަލާ ފޮޓޯ ތަކާއި ވީޑިއޯތައް ދެނެގަނެ، ބްރައުޒްކޮށް، އެމީހުން ވާހަކަ ދައްކަނީ ކާކާތޯ ބަލައި، އަދިވެސް އެތައް ކަމެއް ކުރެވޭނެއެވެ.

އައިއޯއެސް16 ގައި އާ ސޭފްޓީ ޗެކް ޑޭޝްބޯޑުގެ ސަބަބުން ފޯނުގެ ޔޫޒަރުން އެއްފަހަރާ ހުރިހާ މީހުންނާއި އެޕްތަކަށް އެކްސެސް ރީސެޓްކޮށް، އެހެން ޑިވައިސްއެއްގައި އައިކްލައުޑުން ސައިން އައުޓްކޮށް، މިހާރު ބޭނުންކުރާ ފޯނަށް މެސެޖުތައް ލިމިޓް ކުރެވޭނެ އެވެ. އަނިޔާކުރާ މީހަކު ފިލައިގެންދާ ކޮންމެ މީހަކަށްވެސް އެމީހަކާ ގުޅުން ކަނޑާލައި، ލޮކޭޝަނާއި ފޮޓޯ ނުވަތަ އެހެން އެޕްތަކަށް އެކްސެސް ބާތިލްކޮށް، ދޫކޮށްލާފައިވާ ކޮމްޕިއުޓަރެއް ނުވަތަ އައިޕެޑެއް ބޭނުންކުރުން ހުއްޓުވޭނެ އެވެ.

8.ވީޑިއޯ ކޯލް ހެންޑް އޮފް ކުރުން

އެޕަލް އައިއޯއެސް 16 ވީޑިއޯ ހެންޑްއޮފް

އެޕަލްގެ އެކި ޑިވައިސްތަކުގެ ގުޅުން ވަރުގަދަ ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު، ކޮންމެވެސް ތަނެއްގައި މަސައްކަތެއް ފަށައި އެހެން ތަނެއްގައި ކުރިއަށް ގެންދިއުމުގެ އިޚްތިޔާރުތައް އޮވެއެވެ. އެންމެ ފަހުން އިތުރުކުރި ޓްރިކަކީ ވަރަށް ބޭނުންތެރި ޓްރިކެކެވެ. އެއީ ފޯނުން ފޭސްޓައިމް ކޯލެއް ފެށުމަށްފަހު ނަގައިގެން މެކް ކޮމްޕިއުޓަރުން ކުރިއަށް ގެންދެވޭނެއެވެ.

ގޫގުލް މީޓް އިން މިހާރުވެސް ދެ އިންސްޓޭންސް މެދުވެރިކޮށް ކޯލް ޖޮއިން ކުރެވޭނެއެވެ. އެއް އިންސްޓޭންސް ފޯނުން، އަނެއް އިންސްޓޭންސް ކޮމްޕިއުޓަރުން ކުރެވުނަސް ޓްރާންސިޝަން ސީމްލޭސްއެއް ނޫނެވެ. މީޓިން ލިންކް ހޯދައި، ޖޮއިންކޮށް، ދެން ފޯނުން ލޮގް އައުޓް ވާންޖެހެ އެވެ. މިކަމަށް އެޕަލްގެ ހައްލު މާ އޮމާން ކަމަށް ފެންނައިރު، ގޫގުލް އިން ވެސް މީޓް އާއި ޑިއޯ އެއްކޮށްލުމުން މިފަދަ ގޮތަކަށް ކުރިއަށް ގެންދެވެއެވެ.

9.މުޅި ބޯޑުގައި އިކޯސިސްޓަމް އިންޓަގްރޭޝަންތައް ރަނގަޅުކުރުން

ފޯނާއި ކޮމްޕިއުޓަރާ ދެމެދު ވީޑިއޯ ކޯލްތައް ފަސޭހައިން ހޭންޑް އޮފް ކުރުމަކީ އެޕަލްގެ އަޕްޑޭޓްގެ އެންމެ ޚާއްޞަ އެއް ފީޗާއެވެ. ކޮންމެ އަހަރަކުވެސް އެ ކުންފުނިން އިއުލާން ކުރަނީ އެ ކުންފުނީގެ އުފެއްދުންތަކަށް ފުރިހަމައަށް އިންވެސްޓް ކޮށްފިނަމަ އެ ފަސޭހަތައް ގެނެވޭނެ އެތައް ފީޗާތަކެކެވެ.

އެޕަލް ޑިވައިސްތައް އެކުއެކީގައި މަސައްކަތް ކުރަނީ ހައިރާންވާހާ މޮޅަށެވެ. އެގޮތުން މެކްގައި ވީޑިއޯ ކޯލްތަކަށް ރަނގަޅު ވެބްކެމެއްގެ ގޮތުގައި އައިފޯން ބޭނުން ކުރުން ފަދަ ސްމާޓް ގޮތްތަކަކަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.