ލައިޓްއިޔަރގެ ސޯލާ ޕަވަރޑް ކާރު މި އަހަރުގެ ފަހުކޮޅު އުފައްދާނެކަމަށް އެކުންފުންފުނިން ބުނެފިއެވެ.
ލައިޓްއިޔަރ އިން ބުނީ އެ ކުންފުނީގެ 263،000 ޑޮލަރުގެ ސޯލާ ޕަވަރޑް ކާރު މި އަހަރުގެ ފަހުކޮޅު އުފެއްދުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ
2016 ވަނަ އަހަރުގެ ފަހުކޮޅު އުފެދުނު ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ އީވީ ސްޓާޓްއަޕް ލައިޓްއަޔަރ އިން ނެދަލެންޑްސްގައި މި ހަފްތާގައި ބޭއްވި އިވެންޓެއްގައި ސޯލާ ޕަވަރޑް އިލެކްޓްރިކް ވެހިކަލްގެ ނަމުން ނަންދީފައިވާ އެމީހުންގެ ފުރަތަމަ އިލެކްޓްރިކް ވެހިކަލް އާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، ލައިޓްއިޔަރ އިން ސިފަކުރާ ގޮތުގައި މި އުޅަނދުގެ ރޭންޖް 388 މޭލު ހުންނައިރު އޭގެ ތެރެއިން 44 މޭލު ނަގާފައިވަނީ ހަމައެކަނި އިރުގެ ހަކަތައިންނެވެ.
ލައިޓްއިޔަރ 0 އަކީ އެ ކުންފުނީގެ އިންޖިނިއަރިން ޓީމުން ހަ އަހަރު ދުވަހުގެ ދިރާސާތަކާއި ތަރައްގީގެ އުފެއްދުމެކެވެ. އެހެން ނަމަވެސް، 2019 ވަނަ އަހަރު އެ ކުންފުނިން ފުރަތަމަ ހާމަކުރި ސްލީކް ސެޑާން ޕްރޮޓޯޓައިޕާ މާ ބޮޑު ތަފާތު ގޮތްތަކެއް ހުރިކަމަކަށް ނުފެނެއެވެ.
މި އުޅަނދުގެ މުހިންމު ބައެއް ސިފަތަކަށް ބަލައިލާއިރު، އޮޓޯމޯޓިވް ސްޕޭސްގައި މަދުން ނޫނީ ނުފެންނަ ސޯލާ ޕެނަލް ހިމެނުމަކީ މި އުޅަނދުގެ ފާހަގަކޮށްލެވޭ ކަމެކެވެ.
ލައިޓްއަޔަރ 0 ގައި ފަސް އަކަމީޓަރު (53.8 އަކަފޫޓް) ގެ "ޕޭޓެންޓް ކޮށްފައިވާ، ޑަބަލް ކަރވް ސޯލާ އެރޭސް" ގެ ސަބަބުން އުޅަނދު ދުއްވާއިރު އިރުގެ އަލިން ޗާޖު ކުރެވޭނެ އެވެ. ދުވާލަކު 35 ކިލޯމީޓަރަށް (21 މޭލު) އަށް ވުރެ ދިގު ދަތުރުތައް ނުކުރާނަމަ ، ރީޗާޖް ކުރުމަށް އުޅަނދު ޕްލަގް ކުރަން ނުޖެހި މަސްތަކެއް ވަންދެން ދުއްވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ލައިޓްއިޔަރ 0 ގައި 60 ކިލޯވޮޓްގެ ބެޓެރީ ޕެކެއް ހިމެނޭއިރު، އިލެކްޓްރިކް ހަތަރު މޯޓަރެއްވެސް ވެއެވެ. އަދި 174 ހޯސްޕަވަރާއި 1،269 ޕައުންޑް-ފޫޓްގެ ޓޯކް ފޯރުކޮށްދެއެވެ. ލައިޓްއަޔަރ އިން ބުނާ ގޮތުގައި މި އުޅަނދު 10 ސިކުންތުގެ ތެރޭގައި ސުމަކުން 62 މޭލަށް ދުއްވައި، 100 މޭލުގެ ސްޕީޑަށް ދުވެލި ބާރުވާނެއެވެ.
އުޅަނދު އުފައްދަން ބޭނުންކޮށްފައިވާ ހުރިހާ މެޓީރިއަލްތަކަކީ ވެސް 100 ޕަސެންޓް ވީގަން އެއްޗެހި ކަމަށާއި އޭގެ ތެރޭގައި މައިކްރޯފައިބަރ އަޕްހޯލްސްޓަރީ، ޕްލާންޓް ބެސްޓް ލެދަރ، ރީސައިކަލް ކޮށްފައިވާ ފުޅިތަކުން ހަދާފައިވާ ފޮތިގަނޑާއި، ރެޓަން ޕާމް ވުޑް ޓްރިމް، އަދި އިންސުލޭޓެޑް ޕާޓިކަލް ފޯމް ހިމެނެއެވެ.
10.1 އިންޗީގެ ސެންޓަރ ޓަޗްސްކްރީން ހިންގަނީ އެންޑްރޮއިޑް އޮޓޯމޯޓިވް އިންނެވެ. މިއީ ގޫގުލްގެ ނެޓިވް އޮޕަރޭޓިން ސިސްޓަމަކަށް ވާއިރު، މިއީ ވޮލްވޯ އަދި ޕޯލްސްޓާގެ ގިނަ އަދަދެއްގެ އުޅަނދުތަކުން ވެސް ފެންނަ ސިސްޓަމެކެވެ. އަދި ލައިޓްއިޔަރ 0 ގައި ފޯނު-އޭސް-ކީ ކެޕޭސިޓީ، އޯވަރ ދަ އެއާ ސޮފްޓްވެއާ އަޕްޑޭޓްސް، އަދި އެންޑްރޮއިޑް އޮޓޯ އަދި އެޕަލް ކާޕްލޭ ފަދަ އެހެން ހުރިހާ ހައިޓެކް ޑޫޑަޑްސް ވެސް ހިމެނެ އެވެ.
އިލެކްޓްރިކް ވެހިކަލަކަށް ކަރަންޓް ދިނުމަށް ސޯލާ ސެލް ބޭނުން ކުރުމަކީ އާދައިގެ ކަމަކަށް ނުވާއިރު، ލައިޓްއަޔަރ އިން ފެންނަނީ މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާ ގިނަ ކުންފުނިތަކަށް ވުރެ މާ ކުރީގައި އުޅޭތަނެވެ.
އެހެން ނަމަވެސް، ބައެއް މާހިރުން ދެކޭގޮތުގައި އަދިވެސް އޮތީ ކުރިއަށް ދުރުރާސްތާއެކެވެ. ލައިޓްއަޔަރ އަށް އެމީހުންގެ ހުވަފެން ހަޤީޤަތަކަށް ހެދޭނެކަމުގެ ޔަގީންކަމެއް ނެތެވެ. ކުރުކޮށް ބުނާނަމަ، ކާރު އުފެއްދުމަކީ ވަރަށް ވަރަށް އުނދަގޫ ކަމެކެވެ. އަދި ލައިޓްއަޔަރ މި މަސައްކަތަކީ އިންގިލާބީ އާ ފޯމް ފެކްޓަރެއް ހޯދުމަށް ކުރާ އައު މަސައްކަތެއްވެސް ނޫނެވެ.
ލައިޓްއިޔަރ އަކީ އަވިން ހަކަތަ އުފައްދާ ހަމައެކަނި ކުންފުންޏެއް ނޫނެވެ. ޖަރުމަނުގެ ސްޓާޓްއަޕް ސޮނޯ މޮޓޯސް އިން ވެސް އަންނަނީ ސޯލާ ޕަވަރޑް އިލެކްޓްރިކް ކާރެއްގެ މަސައްކަތް ކުރަމުންނެވެ. މާސެޑެސް ބެންޒްގެ ވިޝަން އީކިއުއެކްސް ކޮންސެޕްޓްގައި 117 ސެލް ހިމެނޭ ސޯލާ ރޫފް އެރޭއެއް ހިމެނެ އެވެ. އަދި ޓޮޔޯޓާ އިން ވަނީ ދާދި ފަހުން ނެރުނު ބީޒެޑް4އެކްސް އިލެކްޓްރިކް އެސްޔޫވީ އަށް އިޚްތިޔާރީ ސޯލާ ރޫފް އެއް ދިނުމަށް ވައުދުވެފަ އެވެ.
ލައިޓްއިޔަރ މި ކުންފުނި އުފެއްދީ 2016 ވަނަ އަހަރު ވޯލްޑް ސޯލާ ޗެލެންޖްގައި ވާދަކުރި އިންޖިނިއަރުންގެ ޓީމަކުންނެވެ. ފުރަތަމަ އެ ކުންފުނި އެކުލެވިގެންވަނީ ފަސް މުވައްޒަފުންގެ މައްޗަށެވެ.
ލައިޓްއިޔަރ އިން ބުނާ ގޮތުގައި އެ ކުންފުނިން އުފައްދާނީ އެންމެ 946 ޔުނިޓް ކަމަށާއި، ކޮންމެ ޔުނިޓެއް ވިއްކާނީ 250،000 ޔޫރޯ (ގާތްގަނޑަކަށް 263،262 ޔޫއެސް ޑޮލަރު) އަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.