ހިލޭ ބޭނުން ކުރެވޭ ޕޮޓޯޝޮޕްގެ ވެބްވާޝަން އެއް އެޑޯބުން ޓެސްޓްކުރަމުން ދާކަމަށް އެޑޯބުން ބުނެފިއެވެ.
އެޑޯބުން ވެބްގައި ހިލޭ ބޭނުންކުރެވޭ ފޮޓޯޝޮޕްގެ ވަރޝަނެއް ޓެސްޓް ކުރަން ފަށާފައިވާއިރު، ފޮޓޯ ޝޮޕް އެޕް ޔޫޒަރުންނަށްވެސް އިތުރު ފީޗަރތަކެއް ތައާރަފް ކުރެވޭނެ ގޮތެއްގެ މަތިން އެ ހިދުމަތް އެންމެންނަށް ހުޅުވާލުމަށް ވަނީ ރާވާފައެވެ.
އެ ކުންފުނިން މިހާރު ކެނެޑާގައި ހިލޭ ލިބޭ ވަރޝަން ޓެސްޓް ކުރަމުންދާއިރު، އެޑޯބް އެކައުންޓެއް މެދުވެރިކޮށް ވެބްގައި ހިލޭ ކޮންމެ މީހަކަށްވެސް މިހާރު ފޮޓޯޝޮޕް ބޭނުން ކޮށްލެވޭނެ އެވެ. މި ހިދުމަތަކީ "ފްރީމިއަމް" ނަމުގައި އެޑޯބުން ދޭ ޚިދުމަތަކަށް ވާއިރު، އެމީހުން ރާވާފައިވަނީ ވެބްގެ ބައެއް ޕްރިމިއަމް ޚިދުމަތް ފައިސާ ދައްކައިގެން ބޭނުން ކުރެވޭ ގޮތަށް ހެދުމަށެވެ. ނަމަވެސް އެޑޯބުން ބުނެފައިވަނީ ފޮޓޯޝޮޕްގެ މައިގަނޑު ފަންކްޝަންތައް މިހާރުވެސް ހިލޭ ވެބުން ލިބޭނެކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ [ފޮޓޯޝޮޕް] އަށް ފަސޭހަކޮށް، ގިނަ ބަޔަކަށް ޓްރައިކޮށް ޕްރޮޑަކްޓް ތަޖުރިބާ ކުރެވޭނެ ގޮތް ހެދުމަށް،" އެޑޯބްގެ ޑިޖިޓަލް އިމޭޖިންގެ ވީޕީ މާރިއާ ޔަޕް ވިދާޅުވި އެވެ.
އެޑޯބުން ފުރަތަމަ ނެރުނު ފޮޓޯޝޮޕްގެ ވެބް ވާޝަން އޮކްޓޯބަރު މަހު ނެރުނުއިރު، އެޕްގެ އަސާސީ އެޑިޓްތައް ތަޖްރިބާ ކޮށްލުމަށް ބޭނުން ކުރެވޭނެ އެވެ. ލޭޔަރސް އާއި ކޯ އެޑިޓިން ޓޫލްސްގެ އިތުރުން އިތުރު ފީޗާސްތައް ހިމަނާ ފައިވެ އެވެ. އަދި ކޮލަބަރޭޝަން ޓޫލެއްގެ ގޮތުގައި ފަންނާނަކު އެހެން ފަންނާނަކާ އެކު ތަސްވީރެއް ހިއްސާކޮށް އެޑިޓް ކޮށްލެވޭނެ ގޮތްވެސް ވަނީ ހަދާފައެވެ.
އޭގެ ފަހުން ފާއިތުވެދިޔަ މަސްތަކުގެ ތެރޭގައި އެޑޯބުން ވަނީ އެ ހިދުމަތަށް އަޕްޑޭޓްތަކެއް ގެނެސްދީފައެވެ. އަދި ކޮލަބަރޭޝަން ޔޫސް ކޭސްތަކުން ބޭރުގައި ވެސް އެ ޚިދުމަތް ހުޅުވާލަން ފަށާފަ އެވެ. ކުރިން ޑެސްކްޓޮޕް އެޕް އިން ނޫނީ ޑޮކިއުމަންޓެއް ހިއްސާ ނުކުރެވުނު ނަމަވެސް މިހާރު ކޮންމެ ފޮޓޯޝޮޕް ސަބްސްކްރައިބަރަކަށް ވެސް ލޮގްއިން ވެގެން އާ ޑޮކިއުމަންޓެއް ސީދާ ވެބް އިން ސްޓާޓް ކުރެވޭނެ އެވެ.
އެޑޯބްގެ އަމާޒަކީ ފޮޓޯޝޮޕްގެ ވެބް ވާޝަން ބޭނުންކޮށްގެން އެޕް މާ ފަސޭހައިން ލިބޭނެ ގޮތް ހެދުމާއި ފުލް ވާޝަނަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެމަގުވެސް ތަނަވަސް ކޮށްދިނުމެވެ.
އެ ކުންފުނިން ވަނީ ފްރެސްކޯ އާއި އެކްސްޕްރެސް ފަދަ ގިނަ އަދަދެއްގެ މޯބައިލް އެޕްތަކާ އެކު އެއްބަސްވުން ހަދާފަ އެވެ. ފޮޓޯޝޮޕްގެ ވެބް ވަރޝަނަކީ ސްކޫލްތަކުގައި ގިނައިން ބޭނުންކުރާ ކްރޯމްބުކްސް އާއި ހަމައަށް ކުންފުނީގެ އެންމެ ވަރުގަދަ އެއް ޓޫލް ހުޅުވާލާތީ ވަކިން މުހިންމު ހުށަހެޅުމެކެވެ.
ފްރީމިއަމް ވަރޝަން އިތުރަށް ފުޅާކޮށް ލޯންޗް ކުރާނެ ވަގުތެއްގެ ޓައިމްލައިނެއް އެޑޯބުން ނުދެ އެވެ. މިދެމެދުގައި އެކުންފުނިން ދަނީ ވެބްއަށް ފޮޓޯޝޮޕް އަޕްޑޭޓް ކުރަމުންދާއިރު، އޭގެ ތެރޭގައި ރިފައިން އެޖް، ކަރވްސް، ދަ ޑޯޖް އަދި ބާން ޓޫލްސް، އަދި ސްމާޓް އޮބްޖެކްޓްސް ބަދަލުކުރުމުގެ ގާބިލްކަން އިތުރު ކުރަމުންނެވެ. އަދި ތަސްވީރުތައް ރިވިއުކޮށް ކޮމެންޓް ކުރުމަށް މޯބައިލް ސަޕޯޓް ވެސް ވެބް ވާޝަނަށް ދަނީ ލިބެމުންނެވެ.
އެޑޯބުން ވަނީ މިއަދު އޭއައި ޕަވަރޑް ނިއުރަލް ފިލްޓަރެއް ވެސް ޕްރިވިއުކޮށްފަ އެވެ. “ފޮޓޯ ރިސްޓޯރޭޝަން” ފިލްޓަރުގެ ސަބަބުން ނުސާފު ވެފައިވާ ފޮޓޯއެއް ނަގައިގެން އޮޓޮމެޓިކުން ސްކްރެޗްތައް ސާފުކޮށް އޭގެ ބައެއް ކުލަ އަލުން ގެނެސްދެ އެވެ. ބްލެކް އިން ވައިޓް ފޮޓޯތަކަށް ކުލަ އިތުރު ކުރުމަށް އެޑޯބްގެ މިހާރު ހުރި ކަލަރައިޒް ފިލްޓަރާއި ގުޅުވައިލުމުން، ފޮޓޯއަށް ލިބޭ ނަތީޖާ ތަންކޮޅެއް ކާޓޫނީ ގޮތަކަށް ފެނުނު ނަމަވެސް، މި ދެ ފިލްޓަރުން މުސްކުޅި ފޮޓޯއެއް ހަދައިލެވޭނެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.