ވިންޑޯޒް 11ގެ ޓާސްކްބާއަށް އާ ފީޗާއެއް އިތުރުކުރާނެވާހަކަ މައިކްރޯ ސޮފްޓުން ބުނެފައިވާއިރު، އެކަމަކު އެއީ އަހަރެމެން އުންމީދުކުރި ފީޗާއެއް ނޫން ކަމަށް ވެދާނެ އެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު އުންމީދުކުރީ، ޑްރެގް އެންޑް ޑްރޮޕް، އަދި ސައިޒް ބަދަލުކޮށް މޫވް ކުރުމުގެ ގާބިލްކަން ވިންޑޯޒް 11ގެ ޓާސްކްބާއަށް އިތުރުވާ ފީޗަރގައި ލިބިގެންވާނެކަމަށެވެ. ނަމަވެސް، އޭގެ ބަދަލުގައި މައިކްރޮސޮފްޓުން ނިންމާފައިވަނީ ވިންޑޯޒް 10 ގައި ހުރިކަހަލަ ސަރޗް ބޮކްސްއެއް އިތުރަންކަން މިހާރުވަނީ އެނގިފައެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ވިންޑޯޒް 11ގެ ޓާސްކް ބާރއަށް އިތުރުވާ ސަރޗްބޮކްސް އިންނާނީ ޓާސްކް ބާރގެ ކަނާތް ފަރާތުގައެވެ. އެއީ ވިންޑޯޒް 10 ގެ ސަރޗް ބޮކްސްއަށް ވުރެ ކުޑަ، އަދި ވިންޑޯޒް 11 ގެ މައިގަނޑު ސިފަތަކާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ފީޗަރއެއް ނަމަވެސް، އަޅުގަނޑުމެން އުންމީދު ކުރަނީ ގާތްގަނޑަކަށް އޭގެ މަސައްކަތްވެސް ވިންޑޯ 10 ގެ ސަރޗް ބޮކްސްއާއި އެއްގޮތަކަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެހެންކަމުން، ކޮމްޕިއުޓަރުގައި އެޕް ނުވަތަ ޑޮކިއުމަންޓެއް ހޯދުމަށް، ނުވަތަ އިންޓަރނެޓްގައި ވެބްސައިޓެއް ނުވަތަ ޓާމެއް ހޯދުމަށް އެ ފީޗަރގެ ބޭނުންކުރެވިދާނެއެވެ. ވިންޑޯޒް ލޭޓެސްޓް އިން ބުނާ ގޮތުގައި އަލަށް އިތުރުކުރާ ސަރޗް ބޮކްސް ވިންޑޯޒް 11 އިން ފެންނާނީ ކޮން އިރަކުން ކަމެއް އަދި ނޭންގެއެވެ.
ވިންޑޯޒް 11 ގައި ހަނިކޮށްފައިވާ ޓާސްކްބާއާ ގުޅޭ ގޮތުން ކުރަމުންދާ މީހުންގެ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ބަދަލުގައި މައިކްރޮސޮފްޓުން މަސައްކަތް ކުރަނީ ގިނަބަޔަކު ބޭނުން ނުވާ އާ ފީޗާތަކާއި ބޭކާރުކަންކަން އިތުރުކޮށްގެން އެކަން ފޫބެއްދުމަށް ކަމަށް ގިނަބަޔަކު ބުނެއެވެ.
އެގޮތުން ވިންޑޯޒް 11 ޓާސްކްބާގައި ކުރީގެ ވަރޝަންތަކުގައި ހުރި ބައެއް ފީޗާސްތައް ނެތްކަން ވަނީ ފާހަގަ ކުރެވިފައެވެ. އޭގެ ތެރޭގައި ޕިން ކޮށްފައިވާ އެޕް އަކަށް ފައިލްތައް ދަމާފައި ގެނެސް ވައްޓާލައިގެން ހުޅުވޭނެ ގޮތް ފަދަ ފީޗާސްތަކެއް ނެތެވެ. އަދި ޓާސްކްބާގެ ސައިޒުވެސް ބަދަލު ނުކުރެވެއެވެ. ނުވަތަ ސްކްރީންގެ އެއްފަރާތަށް ބަދަލު ނުކުރެވޭނެއެވެ. މިއީ ވިންޑޯޒް 11 ނެރުނު ފަހުން މީހުން ބައެއް މީހުން ކުރަމުން އަންނަ ޝަކުވާތަކެވެ.
ނަމަވެސް ފަހުގެ ސަރޗް ބޮކްސް އަކީ އެފަދަ މީހުންވެސް އެދިފައި ނުވާ ފީޗަރ އެކެވެ. ވިންޑޯޒް 10 ގައި ހުރި ސަރޗް ބޮކްސް އަށް މާ ބޮޑު މަގުބޫލު ނުލިބުނީ ގިނަ ފަހަރަށް އޮންލައިން ނަތީޖާ ނުފެންނާތީއެވެ. އޭގެ ބަދަލުގައި އޭގެން ކޮށްދިން ކަމަކީ ޕީސީގައި ސޭވްކޮށްފައިވާ ލިޔުމެއް ހޯދުމެވެ.
ވިންޑޯޒް 11ގެ ޓާސްކްބާއަށް ސަރޗް ބޮކްސްއެއް އިތުރުކުރުމަކީ ވެސް ކޮންމެހެން ބޭނުން ނުވާ ކަމެއް ކަމުގައި ޤަބޫލު ކުރެވެނީ މިހާރުވެސް ސަރޗް އައިކޮންއެއް ހުރުމުންނެވެ. އެއަށް ކްލިކް ކުރުމުން ވިންޑޯޒް 11 ސަރޗް ހުޅުވޭނެއެވެ. އަދި އޭގެއިތުރުން ސަރޗް ބޮކްސްއެއް ވެސް ހުޅުވޭނެ ކަމަށެވެ. އަދި ވިންޑޯޒް 11 ގެ ސްޓާޓް މެނޫއިން ވެސް ސަރޗް ކުރެވޭނެއެވެ.
އެހެންވީމާ، ޓާސްކްބާރ އިން ސަރޗް ކުރެވޭނެ އެހެން އިތުރު އާފިޗަރއެއް އިތުރު ކުރާއިރު މިއަށްވުރެ ފަންކްޝަން ރަނގަޅުވާން ޖެހޭނެކަމަށް ޓެކް މީހުން ދަނީ ބުނަމުންނެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.